ކުއްލި ޚަބަރު

އެންސިސްގެ ގުދަނުގައި ރޯވެ ބޮޑެތި ގެއްލުންތަކެއް ވެއްޖެ

ރާއްޖޭގެ ކަނޑުގެ ސަރަޙައްދުގައި ހަރަކާތްތެރިވަމުންދިޔަ ބޭރުގެ މަސްބޯޓެއް އަތުލައިގެންފި

ތިނަދޫ އެކްސިޑެންޓްގައި ސީރިއަސް އަނިޔާތަކެއް ލިބުނު ޒުވާނާ ނިޔާވެއްޖެ

ސްކޮލާޝިޕްތަކުގެ ދަރިވަރުންނަށް މެލޭޝިއާގެ ޓެކްސް ފައިސާ ސަރުކާރުން ހަމަޖައްސައިދޭނެ: މިނިސްޓްރީ  

Guejgtcwiaacfss
“މަތީ އަރުތަވެރީންގެ އިނާމު 2024” ދިނުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން — ފޮޓޯ: އެޑިއުކޭޝަން މިނިސްޓްރީ

މެލޭޝިއާއިން އަލަށް ނަގަން ނިންމި ޓެކްސްއާ ގުޅިގެން، އެ ގައުމުގައި ކިޔަވާ ދިވެހި ދަރިވަރުންގެ ތެރެއިން ސްކޮލާޝިޕްތަކުގެ ދަށުން ކިޔަވާ ދަރިވަރުންނަށް އެ ފައިސާ ސަރުކާރުން ދޫކުރާނެ ކަމަށް ހަޔާ އެޑިއުކޭޝަން މިނިސްޓްރީން ބުނެފިއެވެ.

މެލޭޝިއާގައި ކިޔަވާ ބޭރު ގައުމުތަކުގެ ދަރިވަރުން ދައްކާ ކޮލެޖު ފީ އިން ހަ ޕަސަންޓުގެ ޓެކްސްއެއް މިމަހުން ފެށިގެން ނަގަން ވަނީ ނިންމައިފައެވެ. އެ ޓެކްސް ދައްކަން ޖެހެނީ ބޭރު ގައުމުތަކުގެ ދަރިވަރުންނަށް ފުުރުސަތުދޭ އަމިއްލަ ސްކޫލުތަކާއި ކޮލެޖު އަދި ޔުނިވާސިޓީތަކުންނެވެ.

ހަޔާ އެޑިއުކޭޝަން މިނިސްޓްރީން އެކްސްގައި މިއަދު ކުރި ޕޯސްޓެއްގައި ބުނީ މެލޭޝިއާގައި ކިޔަވާ ކުދިންނާއި އެހެން ގައުމުތަކުގައި ކިޔަވަމުންދާ ކުދިންނަށް ވެސް ހަމަޖެހިފައިވާ އުސޫލުން ފައިސާ ފޮނުވަމުންދާ ކަމަށެވެ.

މެލޭޝިއާގައި ކިޔަވާ ބޭރުގެ ދަރިވަރުންގެ ތެރެއިން އަހަރަކު 60،000 މެލޭޝިއަން ރިންގިޓަށްވުރެ ބޮޑު ކޯސް ފީއެއް ދައްކަން ޖެހޭ ކުދިންގެ އަތުން އަލަށް ނަގަން ހަމަޖެއްސި ޓެކްސް ވެސް ސްކޮލާޝިޕްގައި ތިބި ދިވެހި ކުދިންގެ އިންވޮއިސްގައި ހިމެނިގެން ލިބުމުން އެ ފައިސާ ގެންދާނީ ދޫކުރަމުން ކަމަށް މިނިސްޓްރީން ބުންޏެވެ.

މިނިސްޓްރީން ބުނީ ސަރުކާރުން ލޯނު ނަގައިގެން މެލޭޝިއާގައި ކިޔަވަމުންދާ ދަރިވަރުންނަށް ވެސް އެ ޓެކްސްގެ ކަންކަން ހަމަޖައްސައިދޭން މަސައްކަތްކުރަމުންދާ ކަމަށެވެ.

މެލޭޝިއާގައި ކޮލެޖު ޓިއުޝަން ފީގެ ގޮތުގައި އަހަރަކު 60،000 ރިންގިޓް ކަނޑައަޅާފައިވާ ތައުލީމީ މަރުކަޒުތަކާއި ބޭރުގެ ދަރިވަރުންނަށް ފުރުސަތުދޭ ހުރިހާ ތައުލީމީ މަރުކަޒުތަކުން އެ ޓެކުހަށް ރަޖިސްޓްރީކުރަން ވަނީ ލާޒިމުކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Hs

ކެނޯއެއްގައި ކަނޑުމައްޗަށް ނުކުތް މީހަކު ގެއްލިގެން ހޯދަމުންދަނިކޮށް ފެނިއްޖެ

islamic-markazu

އިސްލާމީ މަރުކަޒުގެ ފުރާޅުން ފެން ލީކުވާތީ މައްސަލަ ހައްލުކުރަނީ 

Large 1469550305377m2h

ޑިންގީއެއްގައި ގދ. ގަމުން ދަތުރުކުރަމުންދިޔަ މީހަކު ގެއްލިގެން ހޯދަނީ 

121

އެންސިސްގެ ގުދަނުގައި ރޯވެ ބޮޑެތި ގެއްލުންތަކެއް ވެއްޖެ

TTH_advertisement ELL Mobile Advertisement