ކުއްލި ޚަބަރު

ފުލުހުންނަށް އިންޒާރުދިން މައްސަލައަކާ ގުޅިގެން ޒާޔާގެ ފޯނު ހިފަހައްޓައިފި

މީޑިއާ ކޮމިޝަނަށް މެންބަރުން އިންތިހާބުވެއްޖެ

ހަންޏާމީދޫ ގެސްޓްހައުސް ހިންގާ ފަރާތްތަކާ ރައީސް ބައްދަލުކުރައްވައިފި

އައިވީއެފް ދުވަހާ ގުޅުވައިގެން ޓްރީ ޓޮޕްގެ ފާޓިލިޓީ ސްޕެޝަލިސްޓުންނާއެކު ހިލޭ ކޮންސަލްޓޭޝަން 

Fertility offer photo

ދުނިޔޭގެ އައިވީއެފް ދުވަހާ ގުޅުވައިގެން ދަރިމައިވުމުގެ ފަރުވާގެ (ފާޓިލިޓީ ސްޕެޝަލިސްޓް) ޑޮކްޓަރުންނަށް ހިލޭ ޑޮކްޓަރަށް ދެއްކޭ ހާއްސަ ޕްރޮގްރާމަށް ރެޖިސްޓްރީ ކުރުމަށް މިއަދު ޓްރީ ޓޮޕް ހޮސްޕިޓަލުން ހުޅުވާލައިފިއެވެ.

މި ޕްރޮގްރާމުގެ ދަށުން 75 ފަރާތަކަށް ޓްރީ ޓޮޕް ހޮސްޕިޓަލުގެ ހިލޭ ކޮންސަލްޓޭޝަން ދިނުމަށް ހަމަޖެހިފައިވެއެވެ.

މި ޕްރޮގްރާމްގެ ދަށުން ޓްރީ ޓޮޕް ހޮސްޕިޓަލުގެ ފާޓިލިޓީ ކްލިނިކްގައި މަސައްކަތްކުރައްވާ ތަޖުރިބާކާރު ތިން ކޮންސަލްޓަންޓުން، ޑރ. ޒާކިޔާ އަހްމަދު، ޑރ. ވަރްޝާ ރެންގަރާޖް އަދި ޑރ. އަނީތާ ގޯރް އަށް ހިލޭ ޑޮކްޓަރަށް ދެއްކޭނެއެވެ.

ޓްރީ ޓޮޕް ހޮސްޕިޓަލުން ބުނީ މި ފަރުވާއާ ބެހޭ މައުލޫމާތާއި، މިހާރުގެ ހާލަތަށް ބަލައި ޑޮކްޓަރުންގެ ލަފާ އިތުރު އެއްވެސް ހަރަދެއް ނުކޮށް ހޯދޭނެ ކަމަށާއި އެ ތިން ޑޮކްޓަރުންނަކީވެސް އަންހެނުންގެ ބަލިތަކާއި ދަރިމައިވުމުގެ ބަލިތަކުގެ ދާއިރާއިން ދިވެހިންގެ އިތުބާރު ހޯދައިފައިވާ ކޮންސަލްޓަންޓުން ކަމަށެވެ.

މިދިޔަ 2023 ވަނަ އަހަރު ޓްރީ ޓޮޕް ހޮސްޕިޓަލުން ފާޓިލިޓީ ސެންޓަރެއް ހުޅުވައި، އައިވީއެފް އަދި އައިޔޫއައި ހިދުމަތް ދޭން ފެށުމަށްފަހު، މިހާތަނަށް 13 ފަރާތެއްގެ ފަރުވާ ކާމިޔާބުވެ ދަރިން ލިބިފައިވާ ކަމަށް އެ ހޮސްޕިޓަލުން މައުލޫމާތުދެއެވެ. މީގެ ތެރޭގައި ދެ ފަރާތަކަށް އެއްމާބަނޑު ދެ ކުދިން ލިބިފައިވާކަންވެސް ފާހަގަކޮށްފައިވެއެވެ.

ޓްރީ ޓޮޕް ހޮސްޕިޓަލުގެ ވިމެން އެންޑް ޗައިލްޑް ސެންޓަރުން ދަރިމައިވުމުގެ ފަރުވާގެ އިތުރުން، މާބަނޑު މީހުންގެ ފަރުވާ އަދި ކުޑަކުދިންގެ ހާއްސަ ފަރުވާވެސް ލިބެއެވެ. ރާއްޖޭގައި މި ފަރުވާ ލިބެން ހުރުމުން، ބޭރަށް ދަތުރުކުރުމުގެ ހަރަދު ސަލާމަތްވެ، އާއިލާ އަދި ގާތްތިމާގެ މީހުންގެ ގާތުގައި ތިބެގެން ފަރުވާ ހޯދުމުގެ ފުރުސަތު ލިބިގެންދާކަމަށް އެ ހޮސްޕިޓަލުން ބުނެއެވެ.

ޓްރީ ޓޮޕް ހޮސްޕިޓަލުން ބުނީ އެ ހޮސްޕިޓަލުގެ އަމާޒަކީ މި ފަރުވާ ބޭނުންވެފައިވާ ދިވެހީންނަށް އަތްފޯރާ އަގެއްގައި މި ފުރުސަތު ހޯދައިދިނުން ކަމަށާއި، އެ ހޮސްޕިޓަލުގެ ފާޓިލިޓީ ސެންޓަރުން ލިބޭ ކާމިޔާބީގެ ނިސްބަތް ބައިނަލްއަގުވާމީ މިންގަނޑުތަކާ އެއްވަރުގައި ހިފެހެއްޓިފައިވާ ކަމަށެވެ.

ދުނިޔޭގެ އައިވީއެފް ދުވަސް ފާހަގަކުރަނީ ކޮންމެ އަހަރެއްގެ ޖުލައި 25 ވަނަ ދުވަހުއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

16 އަހަރު ފަހުން ދިވެހިރާއްޖޭގެ ރައީސަކު ފުރަތަމަ ފަހަރަށް ކުނބުރުދޫއަށް ވަޑައިގެންފި

އަރިއަތޮޅު ދެކުނުބުރީ ކުނބުރުދޫގައި ބީއެމްއެލް އޭޓީއެމްގެ ޚިދުމަތް ފަށައިފި

މަހިބަދޫ މަގުތައް ތަރައްޤީ ކުރުމުގެ ދެވަނަ ފިޔަވަހި ރައީސް ފައްޓަވައިދެއްވައިފި

އދ. އަތޮޅު ހޮސްޕިޓަލްގައި ޑަޔަލިސިސް ޚިދުމަތް ފަށައިފި

TTH_advertisement