ކުއްލި ޚަބަރު

ޑރ. ޒާހިރު ކޮށްދެއްވި ޚިދުމަތްތައް ފާހަގަކުރައްވައި ރައީސް ޝުކުރުއަދާކުރައްވައިފި

ބިދޭސީ މީހާގެ މަރާ ގުޅިގެން މީހަކު ހައްޔަރުކޮށްފި

އެކި ފިހާރަތަކަށް ސައްހަނޫން ސުލިޕް ފޮނުވައިގެން ވިޔަފާރިކުރި މީހަކު ހައްޔަރުކޮށްފި

ވަގު ގޯތީގެ މައްސަލާގައި އެމްޑަބްލިޔުއެސްސީގެ ޑީއެމްޑީކަމުން ފަޒީލް ވަކިކޮށްފި

121

ބިންވެރިޔާ ސްކީމްގެ ދަށުން ގޯތި ލިބިފައިނުވަނީސް ގޯތި ލިބުނު ކަމުގެ ސައްޙަ ނޫން ލިޔުމެއް ތައްޔާރުކޮށްގެން އެޗްޑީސީ މެދުވެރިކޮށް ގޯތި ހޯދި މައްސަލާގައި ސަސްޕެންޑް ކުރި އެމްޑަބްލިއުއެސްސީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުހައްމަދު ފަޒީލް ރަޝީދު، މިއަދު މަގާމުން ވަކިކޮށްފިއެވެ.

ވަގު ގޯތީގެ މައްސަލައާ ގުޅިގެން ފަޒީލް މަގާމުން ސަސްޕެންޑުކުރީ މިދިޔަ ޑިސެމްބަރު މަހުގެ 19 ވަނަ ދުވަހުއެވެ.

އެ މައްސަލައާ ގުޅިގެން އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރުކަމުގައި އޭރު ހުރި ފަޒީލްގެ ކޮއްކޮ އިބްރާހީމް ފަޒުލް ރަޝީދު ވަނީ އިސްތިއުފާދެއްވާފައެވެ.

އެމްޑަބްލިޔުއެސްސީގެ ބޯޑުން އޭރު އެގޮތަށް ނިންމާފައި ވަނީ އެޗްޑީސީއާ ގުޅޭގޮތުން ދިވެހި ފުލުހުންގެ ހިދުމަތުން ކުރިއަށްގެންދާ ތަހުގީގަކަށް ގުޅިގެން ތަހުގީގަށް ޖާގަދީ ފުރިހަމައަށް އެހީތެރިވުމުގެ ގޮތުންނެވެ.

އެކަމަކު އޭރު އޭނާ ސަސްޕެންޑް ކުރީ މުސާރަ ހިނގާ ގޮތަށެވެ. އެހެންކަމުން ޕެންޝަނާއި އިންކަމް ޓެކްސް އަށް ކެނޑުމަށް ފަހު ކޮންމެ މަހަކު ފަޒީލް އަށް 63،000 ރުފިޔާ ލިބިވަޑައިގަންނަވެއެވެ.

އެމްޑަބްލިއުއެސްސީން މިއަދު އެކްސްގައި ހިއްސާ ކުރި ޕޯސްޓެއްގައި ބުނީ، އެ ކުންފުނީގެ ޑީއެމްޑީގެ މަގާމުން ފަޒީލް ވަކިކުރަން ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުން ނިންމާފައިވާ ކަމަށެވެ. އަދި އެގޮތަށް ނިންމީ ކުންފުނީގެ މަސްލަހަތުތައް ރައްކާތެރިކުރުމުގެ ގޮތުން އެޅި ފިޔަވަޅެއްގެ ގޮތުގައިކަމަށް އެ ކުންފުނިން ބުނެއެވެ.

މީގެ އިތުރުން ވެސް ފަޒީލުގެ މައްޗަށް ކުރިއަށް ގެންދާ ތަހުގީގާއެކު އިސް މަގާމެއްގައި މުސާރައާއި އެކު ދިގު މުއްދަތަކަށް ބެހެއްޓުމަކީ ކުންފުނީގެ މަސްލަހަތު ހިމެނޭ ކަމެއް ނޫން ކަމަށްވެސް އެ ކުންފުނިން މިއަދު ބުނެފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

mwsc

ހުޅުމާލޭގައި ޤާއިމުކުރާ 5000 ޓަނުގެ އައު ފެން ޕްލާންޓް އަންނަ މަހު ޚިދުމަތް ދޭން ފެށޭނެ

މާލެއާއި ހުޅުމާލޭގެ ފެނުގެ ވިއުގަ: އެމަރޖެންސީގައި ދުވާލަކު ކޮޅަކަށް 2000 ޓަނުގެ ފެން

Matheen Mwsc

މާލޭގައި 13،000 ޓަނުގެ 2 ތާނގި ބެހެއްޓުމަށްވަނީ ނިންމާފައި: މަތީން

Matheen Mwsc

އެމްޑަބްލިއުއެސްސީ، ހަރަދުން 160 މިލިއަން ސަލާމަތްކޮށް ފައިދާ %90 މައްޗަށް

TTH_advertisement