ކުއްލި ޚަބަރު

ޑްރަގް އެތެރެ ކުރި މައްސަލައެއްގައި ޕާކިސްތާން މީހަކު އުމުރަށް ޖަލަށް

ކެންޑިޑޭޓުންގެ ނަންތައް ތަރުތީބުކުރުން ހުރިހާ ރަށެއްގައި މާދަމާ އޮންނާނެ: އީސީ

މޯލްޑިވްސް- ޖަރމަނީ ބިޒްނަސް ރައުންޑްޓޭބަލްގައި ރައީސް މުއިއްޒު ބައިވެރިވެވަޑައިގަންނަވައިފި

އެލްޖީއޭއިން ހަދާ ކައުންސިލްތަކުގެ އިންކުއަރީގެ ސަމަރީ ރިޕޯޓްތައް ޢާންމު ކުރަނީ

minister adam shareef

ލޯކަލް ގަވަރމަންޓް އޮތޯރިޓީ (އެލްޖީއޭ) އިން ހަދާ ކައުންސިލްތަކުގެ އިންކުއަރީގެ ސަމަރީ ރިޕޯޓްތައް ޢާންމު ކުރާ ގޮތަށް ހަމަޖައްސާފައިވާ ކަމަށް ސިޓީސްތަކާއި އިދާރީ ދާއިރާތައް ހިންގުމާއި ގުޅޭ ވަޒީރު އާދަމް ޝަރީފް ޢުމަރު ވިދާޅުވެއްޖެ އެވެ.

ވަޒީރު ވަނީ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި އެކަން ހާމަ ކުރައްވާފަ އެވެ. ވަޒީރު ވިދާޅުވި ގޮތުގައި އެލްޖީއޭ އިން ހަދާ ކައުންސިލްތަކުގެ އިންކުއަރީގެ ސަމަރީ ރިޕޯޓްތައް ޢާންމު ކުރާ ގޮތަށް ހަމަޖައްސާފައިވަނީ މުހިންމު ބޭނުންތަކެއްގައި ކަމަށެވެ.

އެއް ބޭނުމެއްގެ ގޮތުގަައި ވަޒީރު ފާހަގަ ކުރެއްވީ އެލްޖީއޭގެ ޓްރާސްޕޭރަންސީ އިތުރު ކުރުމެވެ. މީގެ އިތުރުން ކައުންސިލްތަކުން ޖަވާބުދާރީވުމާއި ޒިންމާދާރުވުން އިތުރު ކުރުމަށް މަގުފަހިކޮށް ދިނުން ވެސް ފާހަގަ ކުރެއްވި އެވެ. މީގެ އިތުރުން ގޫޑް ގަވަރނަސްގެ ހަމަތައް ދަމަހައްޓަން މަގު ފަހި ކޮށް ދިނުން ވެސް ހިމެނެ އެވެ.

އެލްޖީއޭ އިން ހަދާ ކައުންސިލްތަކުގެ އިންކުއަރީގެ ސަމަރީ ރިޕޯޓްތައް މިހާތަނަށް ޢާންމެއް ނުކުރެ އެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

990

ރެކޯޑް ނުބަލަހައްޓާނަމަ މާލޭގައި ދިރިއުޅުނު ކަމުގެ ލިޔުން ދޫނުކުރަން އެލްޖީއޭ އިން ކައުންސިލްތަކަށް އަންގައިފި

ލޯކަލް ކައުންސިލްތަކުގެ އިންޓަރނަލް އޮޑިޓް ކޮންފަރެންސް ފަށައިފި

ފެރިދޫ ކައުންސިލްގެ ރައީސް ސަސްޕެންޑްކޮށްފި

Whatsapp image 2025 06 25 at 10.24.55

މާލޭގައި ދިރިއުޅެމުން ތިނަދޫ އަންހެނުންގެ ކޮމިޓީގެ ރައީސާ ދައުލަތުން ގިނަ އަދަދެއްގެ ފައިސާ ނެގިކަން ހާމަވެއްޖެ

TTH_advertisement