ކުއްލި ޚަބަރު

ކެންޑިޑޭޓުންގެ ނަން ތަރުތީބުކުރުމަށް ގުރުއަތުލުން ފަށައިފި

ހުއިފިލަނޑާގެ މައްސަލައިގައި ހިމެނޭ ފުލުސް އޮފިސަރު ސަސްޕެންޑްކޮށްފި

ޓައިމް މެގަޒިންގެ ސިއްހީ ދާއިރާގެ އެންމެ ނުފޫޒު ގަދަ 100 މީހުންގެ ލިސްޓަށް ރައީސް މުއިއްޒު

އޭޖީ އޮފީހުގެ ވަކީލުންނާ ގުޅޭ ބިލަށް ހިޔާލު ހުށަހަޅަން ހުޅުވާލައިފި 

Gvpklfrwmaari f

މަގާމުން ވަކިވުމަށްފަހު ވެސް ބަންޑާރަނައިބުގެ އޮފީހުގެ ގާނޫނީ ވަކީލުން ސިއްރު ހިފަހައްޓަން ޖެހޭގޮތަށް ބަންޑާރަނައިބުގެ އޮފީހުގެ ގާނޫނަށް އިސްލާހު ގެނައުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ބިލަށް އާންމުކޮށް ހިޔާލު ހުށަހަޅަން ހުޅުވާލައިފިއެެވެ.

މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީގެ މިއަދުގެ ބައްދަލުވުމުގައި އެ ބިލަށް އާންމުންގެ ހިޔާލު ހުށަހެޅުމުގެ ފުރުސަތު މިމަހު 17 ގެ ނިޔަަލަށް އާންމުކޮށް ހުޅުވާލަން ހުށަހެޅުއްވީ ހުރާ ދާއިރާގެ ޕީއެންސީ މެންބަރު އަނާރާ ނައީމެވެ. ތާއީދު ކުރެއްވީ ފަރެސްމާތޮޑާ ދާއިރާގެ މެންބަރު އަޝްރަފް ރަޝީދެވެ.

މިމަހުގެ 31ގެ ނިޔަލަށް މުޅި ބިލު ކޮމިޓީން ނިންމުމަށް ވެސް އަނާރާ ހުށަހެޅުއްވިއެވެ. ކޮމިޓީން އެގޮތަށް ފާސްކޮށްފައިވާތީ އެ ބިލަށް ހުށަހަޅަން ބޭނުންްވާ ހިޔާލުތައް މަޖިލިސް އިދާރާއަށް ފޮނުވުމާއި، ކޮމިޓީއަށް މެއިލް ކުރުމުގެ ފުރުސަތު ވަނީ ހުޅުވާލައިފައެވެ.

ސަރުކާރުގެ ފަރާތުން އެ ބިލު މަޖިލީހަށް ހުށަހެޅުއްވީ ފުވައްމުލަކު މެދު ދާއިރާގެ މެންބަރު އަލީ ފަޒާދެވެ. ބިލް މަޖިލީހަށް ބަލައިގަނެ އިތުރަށް ދިރާސާކުރުމަށް ކޮމިޓީއަށް ފޮނުވީ މިދިޔަ ޖޫން މަހުގެ 31 ގައެވެ.

ބިލު ހުށަހަޅުއްވާ ބޭނުމެއްގެ ގޮތުގައި ފަޒާދު ވިދާޅުވެފައިވަނީ، ގާނޫނުގައި ބަޔާންކުރާ ބަންޑާރަނައިބުގެ އޮފީހުގެ މަސްއޫލިއްތުތައް މުރާޖައާކުރުމަށާއި، ބަންޑާރަނައިބުގެ އޮފީހުގެ ގާނޫނީ ވަކީލުން ވަޒީފާ އަދާކުރުމުގެ ހަމަތައް ގާނޫނުގައި ބަޔާންކުރުމަށް، އަދި އެ އޮފީހުގެ މުވައްޒަފުންގެ މުސާރައާއި އިނާޔަތްތަކާ ބެހޭ ބައެއް އުސޫލުތައް އިސްލާހުކުރުމަށްޓަކައި ކަމަށެވެ.

ބިލުގައި އެންމެ ބޮޑަށް ފާހަގަކޮށްލެވެނީ ބަންޑާރަނައިބުގެ އޮފީހުގެ ގާނޫނީ ވަކީލުންނާ ގުޅޭ މާއްދާއެއް އިތުރުކުރުމަށް ހުށަހަޅާ އިސްލާހެވެ.

އެ މާއްދާގައި ބުނެފައިވަނީ ބަންޑާރަނައިބުގެ އޮފީހުގެ ގާނޫނީ ވަކީލުން އެ މީހުންގެ މަސްއޫލިއްޔަތުތައް އަދާކުރަންވާނީ، ބަންޑާރަނައިބު ދޭ އިރުޝާދުގެ ދަށުން ގާނޫނުއަސާސީ އާއި ގާނޫނާ އެއްގޮތްވާ ގޮތުގެ މަތިން، އަދި ގާނޫނުގެ ވެރިކަން ނަގަހައްޓައި ހިމާޔަތްކޮށް ކުރިއެރުވުމަށް އިސްކަންދީގެން ކަމަށެވެ.

އެ ބިލުގައިވާ ގޮތުން އޭޖީގެ ވަކީލުން މަގާމުގައި ދެމިހުންނައިރު އަދި މަގާމުން ވަކިވުމަށްފަހުގައިވެސް، އެމީހެއްގެ މަގާމު އަދާކުރުމުގައި އެމީހަކަށް ލިބިފައިވާ މައުލޫމާތުތަކާއި ބަންޑާރަނައިބުގެ އޮފީހުގެ މަސައްކަތަކާ ގުޅިގެން ލިބިފައިވާ މައުލޫމާތުތައް ސިއްރުގެ ގޮތުގައި ހިފަހައްޓަން ޖެހޭނެއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

majilis

ދަރިފުޅުގެ އުމުރުން 2 އަހަރު ވަންދެން ޑިއުޓީ ވަގުތުން ވަގުތު ދޭން ޤާނޫނަށް އިސްލާހެއް

Mp Falah

ޓެރަރިޒަމް ގާނޫނަށް އެމްޑީޕީން ހުށަހެޅި އިސްލާހަށް ސަރުކާރުގެ ތާއީދު އެބައޮތް: ފަލާހު

ފެންޝަން ފައިސާ ނެގޭ އިސްލާހަށް ލަފާ ހޯދަނީ

66

ބޮޑު ދެ އިންތިޚާބު އެކުގައި ބާއްވާގޮތް ހަދަން ގާނޫނުއަސާސީ އިސްލާހުކުރަން ކޮމިޓީން ފާސްކޮށްފި

TTH_advertisement