ކުއްލި ޚަބަރު

އެމްޕީއެލްގެ އެޕާޓްމަންޓެއްގައި މީހަކު ރަހީނުކޮށްގެން ފައިސާ ހޯދި ބަޔަކު ހައްޔަރުކޮށްފި

މާލޭ ވިޔަފާރި ބަނދަރުގައި މުދާ ހުސްކުރުމަށް މަސައްކަތްކުރާ ކުންފުނިތަކުގެ ވެރިންނާ ރައީސް ބައްދަލުކުރައްވައިފި

ވިޔަފާރި ބަނދަރުގައި މުދާ އުފުލާ ލޮރީ ޑްރައިވަރުންނާއި ރައީސް ބައްދަލުކުރައްވައިފި

މޯލްޑިވިއަންގެ ދަތުރުތައް ޗައިނާގެ އިތުރު ސިޓީއަކަށް މިއަދު ފަށަނީ

ގައުމީ އެއަރލައިން މޯލްޑިވިއަންގެ ދަތުރުތައް ޗައިނާގެ އިތުރު ސިޓީއަކަށް މިއަދު ފަށާނެއެވެ. ދަތުރުތައް ފެށުމަށް ހަމަޖެހިފައިވަނީ ޗައިނާގެ ޝެންޒެންއަށެވެ. މި ދަތުރުތައް ފަށާނީ މިރެއެވެ.

މޯލްޑިވިއަނުން ދަނީ އެ ކުންފުނީގެ ބައިނަލްއަޤްވާމީ ދަތުރުތައް ފުޅާކުރުމަށް މަސައްކަތް ކުރަމުންނެވެ. މިއަހަރުގެ ޖަނަވަރީ މަހުގެ ތެރޭގައި މޯލްޑިވިއަނުން ވަނީ ޗައިނާގެ 3 މަންޒިލަކަށް ދަތުރުތައް ފަށާފައެވެ. އެއީ ޗެންޑޫ، ބެއިޖިން އަދި ޝެންހާއީއަށެވެ.

ޝެންޒެންއަށް މޯލްޑިވިއަނުން ފަށަނީ ސީޒަނަލް ދަތުރުތަކެކެވެ. އެގޮތުން 21 އޮގަސްޓާ ހަމައަށް ހަފްތާއަކު އެއް ދަތުރު ކުރާނެކަމަށް އެ ކުންފުނިން ވަނީ ވިދާޅުވެފައެވެ.

މޯލްޑިވިއަންގެ ދަތުރުތައް ޗައިނާގެ މަންޒިލްތަކަށް ފަށާފައިމިވަނީ ޖަނަވަރީ މަހު އެ ކުންފުނީގެ ފްލީޓަށް ގެނައި ވައިޑް-ބޮޑީ މަތިންދާ ބޯޓާ އެކުގައެވެ. މޯލްޑިވިއަންގެ ފްލީޓަށް ވައިޑް-ބޮޑީ މަތިންދާ ބޯޓު ބޭނުންކުރަން ފެށުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ވައުދުފުޅެކެވެ. މިއަހަރުގެ ތެރޭގައި އިތުރު ވައިޑް-ބޮޑީ މަތިންދާ ބޯޓެއް ގެނައުމަށް ދަނީ މަސައްކަތް ކުރަމުންނެވެ.

ޗައިނާއަކީ މިހާރު ރާއްޖެއަށް އެންމެ ގިނަ އަދަދަކަށް ފަތުރުވެރިން އަންނަ ޤައުމެވެ. ފަތުރުވެރިކަމާއި ބެހޭ ވުޒާރާގެ ތަފާސްހިސާބުތައް ދައްކާގޮތުން މިމަހުގެ 5 ވަނަ ދުވަހުގެ ނިޔަލަށް ޗައިނާއިން ރާއްޖެއަށް 148،951 ފަތުރުވެރިން ވަނީ އައިސްފައެވެ.

މޯލްޑިވިއަނުން ޗައިނާގެ މާކެޓް އިތުރަށް ފުޅާކުރުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން، ދާދިފަހުން ވަނީ ޗައިނާގެ މަޝްހޫރު ކުންފުންޏެއްކަމަށްވާ ޓްރެވަލް ސްކައި ގްލޯބަލް ޑިސްޓްރިބިއުޝަން ސިސްޓަމާ ރަސްމީކޮށް ގުޅިފައެވެ. މިއީ ވައިގެ ދަތުރުފަތުރުގެ ޚިދުމަތްތައް ފޯރުކޮށްދޭ، ޗައިނާގެ ކުންފުންޏެކެވެ.

މީގެ މައިގަނޑު މަޤްޞަދަކީ ޗައިނާގެ ޓްރެވަލް އެޖެންޓުންނަށާއި ބައިނަލްއަޤްވާމީ ޕާޓްނަރުންނަށް މޯލްޑިވިއަންގެ ޚިދުމަތްތައް ފަސޭހައިން ލިބެން ހުރުމާއި، ޓިކެޓް ހޯދުމުގެ ފަސޭހަކަން އިތުރުކުރުންކަމަށް މޯލްޑިވިއަނުން ވިދާޅުވެއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Maldivian

މޯލްޑިވިއަންގެ ސީޕްލޭން ދަތުރުތައް ތޮއްޑޫއަށް ފަށަނީ

މޯލްޑިވިއަނުން ޑާކާއަށް އަލުން ދަތުރުތައް ފެށުމަށް ނިންމައިފި

ފުނަދޫ އެއަރޕޯޓަށް ރޭގަނޑު ދަތުރުތައް ފެށުމަށް ޓެސްޓް ފްލައިޓް ޖައްސައިފި

B 202507231026431753248403.0421

މޯލްޑިވިއަނުން ޖިއްދާއަށް 20 ފްލައިޓް

TTH_advertisement