ކުއްލި ޚަބަރު

ކުދިންނަށް ބުލީކުރަން ހިންގާ ޕޭޖްތަކެއް ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފި

ކުޅުދުއްފުށީ އެއާޕޯޓުގެ އެސިސްޓެންޓު މެނޭޖަރު ހައްޔަރުކޮށްފި

ސީއެސްސީގެ މެންބަރުކަމަށް ކުރިމަތިލާން ހުޅުވާލައިފި

ކުދިންނަށް ބުލީކުރަން ހިންގާ ޕޭޖްތަކެއް ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފި

121

ސްކޫލްތަކަށް ނިސްބަތްވާ ކޮންފެޝަން ޕޭޖްތަކެއް ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް، އެފަދަ ޕޭޖްތައް ހުއްޓުވުމަށް ފުލުހުން ހާއްސަ މަސައްކަތެއް ފަށައިފިއެވެ.

ފުލުހުން ބުނީ ސްކޫލްތަކުގެ ދަރިވަރުންގެ މެދުގައި، ސޯޝަލް މީޑިއާ ޕްލެޓްފޯމްތައް ބޭނުންކޮށްގެން ހިންގާ ސައިބަރބުލީގެ އަމަލުތައް އިތުރުވަމުންދާތީ، މިކަން ހުއްޓުވުމަށް ފުލުހުންގެ ސައިބަ ކްރައިމް ސެންޓަރުގެ ފަރާތުން ހާއްސަ ފިޔަވަޅުތަކެއް އަޅަންފަށާފައި ވާކަމަށެވެ.

އެގޮތުން، ފާއިތުވެދިޔަ ހަފްތާގައި މާލޭގެ 22 ސްކޫލަކަށް ނިސްބަތްވާ އިންސްޓަގްރާމް ކޮންފެޝަން ޕޭޖްތަކެއް ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް މައްސަލަ ތަހުގީގު ކުރަން ފަށާފައިވާ ކަމަށް ފުލުހުން ބުނެފައިވެއެވެ. އަދި މިފަދަ އިތުރު 20 ކޮންފެޝަން ޕޭޖެއްގެ މައްސަލަ ފެމިލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަން (އެފްސީޕީ) އާއި ސައިބާ ކްރައިމް ސެންޓަރު ގުޅިގެން ބަލަމުން ދާކަމަށް ފުލުހުން މައުލޫމާތުދެ އެވެ.

ފުލުހުން ބުނި ގޮތުގައި މިއީ، ދުވަހުން ދުވަހަށް ބޮޑުވަމުން އަންނަ މައްސަލައެކެވެ.

މީގެއިތުރުން، ސްކޫލް ދަރިވަރުންގެ ތެރެއިން ގިނަ ދަރިވަރުންތަކެއް މިކަމުގެ ޝިކާރައަކަށް ވެފައިވާއިރު، ގިނަ ފަހަރު މިފަދަ ޕޭޖްތައް އުފައްދައި ހިންގަމުންދަނީ ވެސް ސްކޫލް ދަރިވަރުން ކަމަށް ފުލުހުން ބުނެއެވެ.

ކޮންފެޝަން ޕޭޖްތައް އުފައްދައި ހިންގާ ދަރިވަރުންގެ މައުލޫމާތު ވަންހަނާކޮށް، އެހެން ދަރިވަރުންނާއި ޓީޗަރުންނާ ބެހޭ ގޮތުން ދޮގު މައުލޫމާތު ފެތުރުމާއި، މަލާމާތް ކުރުމާއި ފުރައްސާރަ ކުރުމުގެ އިތުރުން، ނަފްސާނީ ގޮތުން އަނިޔާ ލިބޭ ފަދަ އެތައް ލިޔުންތަކެއް މިފަދަ ޕޭޖްތަކުގައި ޝާއިއުކުރަމުން ދާކަމަށް ފުލުހުން ބުންޏެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

minister ameen

އައިލޭންޑް އޭވިއޭޝަން އަމިއްލަ ކެޕޭސިޓީގައި ކުރިއަށް ގެންދެވޭނެ ކުންފުންޏަކަށް ހެދުމަކީ އަމާޒް: އަމީން

ގެއްލިފައިވާ އިތުބާރު އަލުން އެފްއޭއެމްއަށް ހޯދައިދޭނަން: ޠާރިޤު

ހުއަހިން ސިކްސެސް ކްރިކެޓް މުބާރާތުގައި ވާދަކުރާ ރާއްޖޭގެ ޓީމުތައް ތައިލެންޑަށް

އުތުރުގެ ބާރަ ރަށެއްގައި ގްރީން ހައުސް ގާއިމްކޮށްފި

ELL Mobile Advertisement TTH_advertisement