ކުއްލި ޚަބަރު

ވިލިމާލޭ މާރުކޭޓް ހެދި ކުންފުންޏަށް ނުދައްކާހުރި ފައިސާ ދައްކަން ހުކުމްކޮށްފި

މިއަދުވެސް އިމިގްރޭޝަނުން ޕާސްޕޯޓުގެ ޚިދުމަތް ލިބޭނެ

ތުޅާދުއަށް އެތެރެކުރަން އުޅުނު މަސްތުވާތަކެތި އަތުލައިގެންފި

ސީއެސްސީގެ މެންބަރުކަމަށް ކުރިމަތިލާން ހުޅުވާލައިފި

PO
ރައީސް އޮފީސް —

ސިވިލް ސާވިސް ކޮމިޝަނު (ސީއެސްސީ)ގެ ތިން މެންބަރެއްގެ މުއްދަތު ހަމަވާތީ، އެ ކޮމިޝަނަށް މެންބަރުން އައްޔަންކުރެއްވުމަށްޓަކައި މެންބަރުކަމުގެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު، ރައީސް އޮފީހުން މިއަދު ހުޅުވާލައްވައިފިއެވެ.

ސީއެސްސީގެ މެންބަރުކަމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލާފައިވަނީ، މިއަދުން ފެށިގެން މިމަހުގެ 20 ވާ އާދީއްތަ ދުވަހުގެ 12:00 ގެ ނިޔަލަށެވެ.

ސީއެސްސީ މިހާރު ތިއްބެވި މެންބަރުންގެ ތެރެއިން ދައުރުގެ މުއްދަތު ހަމަވާ މެންބަރުންނަކީ އެ ކޮމިޝަނުގެ ރައީސް މުހައްމަދު ނާސިހާއި މުހައްމަދު ފަރުޝަތު އަދި ފާތިމަތު ޝަރީފެވެ. ސީއެސްސީގެ މެންބަރުކަމަށް އެ ބޭފުޅުން އައްޔަންކުރައްވާފައިވަނީ 2020 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުއެވެ.

ރައީސް އޮފީހުން މިއަދު ބުނީ މަގާމަށް އެދި ހުށަހަޅާ ފޯމު ބަލައިގަތުމަށް ހަމަޖެހިފައިވަނީ، އެކަމަށް ކުރިމަތިލުމަށް ދީފައިވާ މުއްދަތުގައި، ރަސްމީ ބަންދު ދުވަސްތައް ފިޔަވައި އެހެން ދުވަސްދުވަހުގެ ހެނދުނު 8:30 އިން މެންދުރު 12:00 އަށް އެ އޮފީހުން ކަމަށެވެ.

ސީއެސްސީގެ މެންބަރުކަމަށް ކުރިމަތިލުމަށް އެދޭ ފޯމު ރައީސް އޮފީހުގެ ވެބްސައިޓުން ޑައުންލޯޑް ކުރެވޭނެ ކަަމަށް ރައީސް އޮފީހުން ބުންޏެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

stelco

އައިމިނާރަނި ހިނގުމާއި، އަމީނީ މަގުން ކަރަންޓް މެދުކެނޑިދާނެ: ސްޓެލްކޯ

Big 8lju7h3hq9zqun2oytmtyoxd2

ސީއެޗްއެސްއީ ދަރިވަރުންނަށް ކެރިއާ ގައިޑެންސް ޕްރޮގްރާމެއް ބާއްވައިފި

moosun

ދެކުނުގެ އަތޮޅުތަކަށް މިއަދު ވިއްސާރަކުރުމާއެކު ގުގުރާނެ: މެޓް

112

ވިލިމާލޭ މާރުކޭޓް ހެދި ކުންފުންޏަށް ނުދައްކާހުރި ފައިސާ ދައްކަން ހުކުމްކޮށްފި

TTH_advertisement ELL Mobile Advertisement