ކުއްލި ޚަބަރު

ސްޓެލްކޯގެ ވިއުގަ އަޕްގްރޭޑް ކުރާތީ މިއަދުވެސް މާލެއިން ކަރަންޓް ދާނެ

އައްޑޫ ސިޓީގައި ވަޤުފް އިމާރާތެއް ބިނާކުރަން އަމިއްލަ ކުންފުންޏަކާ ހަވާލުކޮށްފި

ފޭދޫގައި 500 މީހުންގެ ޖާގައިގެ މިސްކިތެއް އިމާރާތް ކުރުމުގެ އަމަލީ މަސައްކަތް ފަށައިފި

މޯލްޑިވިއަންގެ ބޯޓުތަކުގައި ޕަވަރ ބޭންކް ބޭނުން ނުކުރެވޭ ގޮތަށް އުސޫލު ބަދަލުކޮށްފި

maldivian

ޤައުމީ އެއަރލައިން މޯލްޑިވިއަންގެ ބޯޓުތަކުގައި ޕަވަރ ބޭންކުތައް ބޭނުން ނުކުރެވޭ ގޮތަށް އުސޫލު ބަދަލުކޮށްފައިވާ ކަމަށް އެއެއަރލައިނުން ހާމަކޮށްފިއެވެ.

މޯލްޑިވިއަންއިން މިކަން ހާމަކޮށް ނެރެފައިވާ ނޫސްބަޔާނުގައިވަނީ ދަތުރު މަތީގައި ޕަވަރ ބޭންކުތައް ގެންގުޅުމުގެ އުސޫލު ހާމަކޮށްފައެވެ. އެގޮތުން އައު އުސޫލަށް ޢަމަލުކުރަން ފަށަނީ، އިންޓަރނޭޝަނަލް ސިވިލް އެވިއޭޝަން އޯގަނައިޒޭޝަން (އައިކާއޯ)، އިންޓަނޭޝަނަލް އެއަރ ޓްރާންސްޕޯޓް އެސޯސިއޭޝަން (އަޔާޓާ) އަދި ޔޫރަޕިއަން ޔޫނިއަން އޭވިއޭޝަން ސޭފްޓީ އޭޖެންސީގެ މިންގަނޑުތަކަށް ތަބާވުމަށް ކަމަށް ވަނީ ވިދާޅުވެފައެވެ. އަދި އެއެއަރލައިނަކީ ބައިނަލްއަޤްވާމީ ވައިގެ ދަތުރުފަތުރުގެ މިންގަނޑުތަކާއި އެއްގޮތަށް މިފަދަ އުސޫލްތަކެއް ތަޢާރަފްކުރި ދިވެހިރާއްޖޭގެ ފުރަތަމަ އެއަރލައިން ކަމަށް ވިދާޅުވިއެވެ.

އައު އުސޫލުގައި މައިގަނޑު 7 ކަމެއް ހިމަނާފައިވެއެވެ. އޭގެތެރޭގައި ދަތުރުކުރާ އިރު ގެންދެވޭނެ ޕަވަރބޭންކުތަކުގެ ސައިޒާއި އަދި ގެންގުޅުމުގައި ސަމާލުކަން ދޭންޖެހޭ ކަންކަން ހިމެނެއެވެ.

މޯލްޑިވިއަންއިން ޢަމަލުކުރަން ފެށި އުސޫލުގައި ހިމެނޭކަންކަން
* ކޮންމެ ދަތުރުވެރިއަކަށް ގެންދެވޭނީ 2 ޕަވަރ ބޭންކް
* ޕަވަރ ބޭންކުގެ ކެޕޭސިޓީ 100 ވަޓް-އަވާ އަށް ވުރެ އިތުރުވެގެން ނުވާނެ
* ފްލައިޓު މަތީ ޕަވަރ ބޭންކް އޮންނަން ވާނީ އަތުގައި، ނުވަތަ ސީޓު ޖީބުގައި ނުވަތަ ސީޓު ދަށުގައި
* ޕަވަރ ބޭންކް ލަގެޖް ތެރޭގައި ފޮނުވުން މަނާ، އަދި ފްލައިޓުތެރޭ ކަލިވަތްތަކުގައި ބޭއްވުންވެސް މަނާ
* ފްލައިޓުތެރޭ ޕަވަރބޭންކް ބޭނުންކޮށްގެން ޗާޖު ކުރުން ނުވަތަ ޕަވަރ ބޭންކް ޗާޖުކުރުން މަނާ
* ޕަވަރ ބޭންކުގެ ކަރަންޓު ކޮޅެއް ހާމައަށް ނުވަތަ ކަރަންޓު މައްސަލައެއް ދިމަވެދާނެ ގޮތަށް އޮވެގެން ނުވާނެ
* ހުރިހާ ޕަވަރ ބޭންކެއްވެސް އދ.ގެ ކަރަންޓު ސާމާނުގެ މިންގަނޑުތަކަށް ފެތެންވާނެ

މޯލްޑިވިއަންއިން ވިދާޅުވީ މި އައު އުސޫލާއެކު އެއެއަރލައިނުން ދަތުރުކުރާ ފަރާތްތަކާއި، ބޯޓުތަކުގެ ސަލަމާތާއި ރައްކާތެރިކަމަށް އެއަރލައިނުން ދޭ ސަމާލުކަން ހާމަވާ ކަމަށެވެ.

ޕަވަރ ބޭންކުތައް ދަތުރުމަތީ ގެންދިއުމުގެ އުސޫލު މޯލްޑިވިއަންއިން ހަރުދަނާ ކޮށްފައިވާއިރު، މިހާރުވެސް ޕަވަރ ބޭންކް ނުވަތަ ބެޓަރި ހުރި އެއްޗެއް ލަގެޖުގެ ގޮތުގައި ދޫކުރުމަކީ މަނާ ކަމެކެވެ. އެފަދަ ތަކެތި ގެންދެވެނީ އަތްދަބަހުގައެވެ.

މޯލްޑިވިއަންއިން ވައިގެ ދަތުރުފަތުރުގައި ބޭނުންކުރާ އުސޫލުތައް ހަރުދަނާ ކުރަމުންދާއިރު، ދާދި ފަހުން އިންޓަރނޭޝަނަލް ސިވިލް އެވިއޭޝަން އޯގަނައިޒޭޝަން (އައިކާއޯ) އިން ވަނީ ރާއްޖޭގެ އޭވިއޭޝަން ސޭފްޓީ އޮޑިޓެއްވެސް ހަދާފައެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Maldivian

މޯލްޑިވިއަންގެ ދަތުރުތައް ބަންގްލަދޭޝަށް އަލުން ފަށަނީ

Maldivian

ކުއާލަ ލަންޕޫރަށް މޯލްޑިވިއަނުން ޚާއްޞަ ފެއާއެއް ތަޢާރަފުކޮށްފި

maldivian

އައްޑޫ އާއި ފުވައްމުލަކާ ދެމެދު މޯލްޑިވިއަންގެ ދަތުރުތައް ފަށަނީ

Maldivian

ޑިސެމްބަރ ބަންދުގައި މޯލްޑިވިއަންގެ ދަތުރުތައް މެލޭޝިއާއާއި ބެންކޮކަށް ޚާއްސަ ދަތުރުތަކެއް ބޭއްވުމަށް ނިންމައިފި

TTH_advertisement