ކުއްލި ޚަބަރު

ޑރ. ޒާހިރު ކޮށްދެއްވި ޚިދުމަތްތައް ފާހަގަކުރައްވައި ރައީސް ޝުކުރުއަދާކުރައްވައިފި

ބިދޭސީ މީހާގެ މަރާ ގުޅިގެން މީހަކު ހައްޔަރުކޮށްފި

އެކި ފިހާރަތަކަށް ސައްހަނޫން ސުލިޕް ފޮނުވައިގެން ވިޔަފާރިކުރި މީހަކު ހައްޔަރުކޮށްފި

އެމްޑަބްލިޔުއެސްސީއަށް ލިބުނު ސާފު ފައިދާ %92 އިތުރު

mwsc

2023 ވަނަ އަހަރާ އަޅާބަލާއިރު، މާލޭ ވޯޓަރ އެންޑް ސުވަރޭޖް ކޮންޕެނީ (އެމްޑަބްލިޔުއެސްސީ) އަށް 2024 ވަނަ އަހަރު ލިބުނު ސާފު ފައިދާ 92 އިންސައްތަ އިތުރުވެފައިވާކަން އޮޑިޓަރ ޖެނެރަލްގެ އޮފީހުން އާންމުކުރި އޮޑިޓު ރިޕޯޓުން ހާމަވެފައިވެއެވެ.

އެމްޑަބްލިޔުއެސްސީގެ 2024 ވަނަ އަހަރުގެ މާލީ ހިސާބުތައް އޮޑިޓުކުރުމަށްފަހު އާންމުކުރެވުނު ރިޕޯޓުގައި، ކުންފުނީގެ މާލީ މުޢާމަލާތްތައް ހުރީ އެކަށީގެންވާ ގޮތެއްގައި ކަމަށް ފާހަގަކޮށްފައިވެއެވެ. އަދި މި މުޢާމަލާތްތައް ހިންގާފައިވަނީ ބައިނަލްއަޤްވާމީ މާލީ ރިޕޯޓިންގ މިންގަނޑުތަކާ (އައިއެފްއާރުއެސްރުއެސް) އެއްގޮތްވާ ގޮތުގެމަތިން ކަމަށްވެސް ރިޕޯޓުގައި ބަޔާންކޮށްފައިވެއެވެ.

ނަމަވެސް، މާލީ ބަޔާންތައް ތައްޔާރުކުރުމުގައި ދިމާވެދާނެ ބައެއް ގޮންޖެހުންތައް ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ. މީގެ ތެރޭގައި، އެއްފަހަރާ ގިނަ އަދަދެއްގެ މާލީ މުޢާމަލާތްތައް ހިންގުމުން ކުށްތައް ދިމާވުމުގެ ފުރުޞަތު އޮތްކަމާއި، ބިލިންގ ނިޒާމުން އެކައުންޓިންގ ނިޒާމަށް މަޢުލޫމާތު ބަދަލުކުރުމުގައި އޮޓޮމޭޓެޑް ނިޒާމެއް ނެތުމުން ކުށްތައް ދިމާވުމުގެ ފުރުޞަތު ބޮޑުކަން ހިމެނެއެވެ.

އޮޑިޓު ރިޕޯޓުގައި ހާމަކޮށްފައިވާ މާލީ ހިސާބުތަކަށް ބަލާއިރު، 2023 ވަނަ އަހަރު އެމްޑަބްލިޔުއެސްސީއަށް 113,501,276 ރުފިޔާގެ ސާފު ފައިދާ ލިބުނު އިރު، 2024 ވަނަ އަހަރު މި އަދަދު 217,481,635 ރުފިޔާއަށް އިތުރުވެފައިވެއެވެ. މިއީ 92 އިންސައްތައިގެ ކުރިއެރުމެކެވެ.

ކުންފުނީގެ ޖުމުލަ އާމްދަނީއަށް ބަލާއިރު، 2023 ވަނަ އަހަރު 1.54 ބިލިއަން ރުފިޔާ ލިބުނު އިރު، 2024 ވަނަ އަހަރު މި އަދަދު 1.57 ބިލިއަން ރުފިޔާއަށް އިތުރުވެފައިވެއެވެ. އަދި ކުންފުނީގެ ޖުމުލަ މުދަލުގެ އަގު 3.6 ބިލިއަން ރުފިޔާއަށް އަރާފައިވާކަން ފާހަގަކުރެވެއެވެ.

އެމްޑަބްލިޔުއެސްސީއަކީ މާލެ ސަރަހައްދަށް ފެނާއި ނަރުދަމާގެ ޚިދުމަތް ފޯރުކޮށްދޭ ސަރުކާރުގެ މައި ކުންފުންޏެވެ. މާލެ ސަރަހައްދުގެ އިތުރުން، އިތުރު ތިން ރަށަކަށް ފެނާއި ނަރުދަމާގެ ޚިދުމަތް ފޯރުކޮށްދޭ މި ކުންފުނިން، އެއް ރަށަކަށް ކަރަންޓުގެ ޚިދުމަތްވެސް ފޯރުކޮށްދެއެވެ. މިގޮތުން، ގާތްގަނޑަކަށް 200,000 މީހުންގެ އާބާދީއަކަށް އެމްޑަބްލިޔުއެސްސީން ޚިދުމަތް ފޯރުކޮށްދެމުން ގެންދެއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

mwsc

ހުޅުމާލޭގައި ޤާއިމުކުރާ 5000 ޓަނުގެ އައު ފެން ޕްލާންޓް އަންނަ މަހު ޚިދުމަތް ދޭން ފެށޭނެ

މާލެއާއި ހުޅުމާލޭގެ ފެނުގެ ވިއުގަ: އެމަރޖެންސީގައި ދުވާލަކު ކޮޅަކަށް 2000 ޓަނުގެ ފެން

Matheen Mwsc

މާލޭގައި 13،000 ޓަނުގެ 2 ތާނގި ބެހެއްޓުމަށްވަނީ ނިންމާފައި: މަތީން

Matheen Mwsc

އެމްޑަބްލިއުއެސްސީ، ހަރަދުން 160 މިލިއަން ސަލާމަތްކޮށް ފައިދާ %90 މައްޗަށް

TTH_advertisement