ކުއްލި ޚަބަރު

ކެންޑިޑޭޓުންގެ ނަންތައް ތަރުތީބުކުރުން ހުރިހާ ރަށެއްގައި މާދަމާ އޮންނާނެ: އީސީ

މޯލްޑިވްސް- ޖަރމަނީ ބިޒްނަސް ރައުންޑްޓޭބަލްގައި ރައީސް މުއިއްޒު ބައިވެރިވެވަޑައިގަންނަވައިފި

ނާރުގެ ބަލިތަކަށް ފަރުވާދޭ ސެންޓަރެއް އައިޖީއެމްއެޗްގައި ހުޅުވައިފި

ޓްރީ ޓޮޕް ހޮސްޕިޓަލުގެ މިއަހަރުގެ ފުރަތަމަ ހިތާނީ ކޭމްޕަށް ރަޖިސްޓްރީ ކުރުމަށް ހުޅުވާލައިފި

Cc image

ޓްރީ ޓޮޕް ހޮސްޕިޓަލުން 2025 ވަނަ އަހަރުގެ ފުރަތަމަ ހިތާނީ ކޭމްޕްގައި ރަޖިސްރީ ކުރުމަށް ވަނީ ހުޅުވާލައިފިއެވެ.

މި ކޭމްޕުގައި ބައިވެރިވުމަށް ޝައުގުވެރިވާ ފަރާތްތަކަށް 2 ޖުލައި 2025 އިން ފެށިގެން 3 އޮގަސްޓް 2025 ގެ ނިޔަލަށް ނަން ނޯޓުކުރުމުގެ ފުރުސަތު ވަނީ ހުޅުވާލައިފިއެވެ.


ކޭމްޕްގެ ތަފްސީލް:

ޕެކޭޖް އަގު: 5،500 ރުފިޔާ (އަސަންދައަށް ފަހު)

ރަޖިސްޓްރީ ކުރުމުގެ މުއްދަތު: 2 ޖުލައި 2025 އިން 3 އޯގަސްޓް 2025 ގެ ނިޔަލަށް

ޕްރޮސީޖަރ ތާރީހުތައް: 20 ޖުލައި 2025 އިން 9 އޯގަސްޓް 2025 އަށް

ހިތާނީ ޕެކޭޖުގައި ހިމެނެނީ:

  • ޔޫރޮލޮޖިސްޓް އަދި އެނެސްތީސިއޮލޮޖިސްޓުންގެ އޮޕަރޭޝަނުގެ ކުރީގެ ކޮންސަލްޓޭޝަން
  • ޕްރޮސީޖާއާ ގުޅޭ އާންމު ލެބޯޓަރީ ޓެސްޓްތައް
  • ލޯކަލް ނުވަތަ ޖެނެރަލް އެނެސްތީސިއާގެ ދަށުން ހިތާނުކުރުން
  • އޮޕަރޭޝަނަށް ބޭނުންވާ ހުރިހާ ތަކެއްޗާއި ބޭސް
  • އޮޕަރޭޝަނަށްފަހު ޑޭކެއާގައި މޮނިޓާ ކުރުން
  • ފޮލޯއަޕް ކޮންސަލްޓޭޝަން
  • އޮޕަރޭޝަނަށްފަހު ލުއި ކެއުން
  • ހާއްސަ އަގެއްގައި ޕްރައިވެޓް ރޫމަށް އަޕްގްރޭޑް ކުރުމުގެ ފުރުސަތު

އެ ކޭމްޕުގައި ހިދުމަތް ދެއްވުމަށް ހަމަޖެހިފައިވަނީ އޮޕަރޭޝަނަށް ފަރުވާއަށް ހާއްސަވެފައިވާ ޑޮކްޓަރުންނާއި، ކުޑަކަމުދާ ނިޒާމުގެ ހާއްސަ ޑޮކްޓަރުން ހިމެނޭ ގޮތަށް ތަޖުރިބާކާރު މެޑިކަލް ޓީމެކެވެ. މި ޓީމުގައި ހިމެނިވަޑައިގަންނަވަނީ ޑރ. ހުސައިން ހަދީވް، ޑރ. އުކްތަމް އަބްދުއްލާޔެވް، ޑރ. މައުމޫން އާސިމް، ޑރ. އިބްރާހީމް މުއުމިން، ޑރ. މުހައްމަދު ޝަރީފް، ޑރ. އަބްދުﷲ އުބައިދު އަދި ކުޑަކަމުދާ ނިޒާމުގެ ހާއްސަ ޑޮކްޓަރު ޑރ. މެހްމެތު އޮޑަރެވެ.

ޓްރީ ޓޮޕް ހޮސްޕިޓަލުން ބުނީ ބުކިން އަދި އިތުރު މައުލޫމާތު ހޯދުމަށް 3351610 އަށް ގުޅުއްވުން ނުވަތަ [email protected] އަށް އީމެއިލް ކުރެއްވުން އެދޭ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ޓްރީ ޓޮޕް ގައި IMERC 2025 ގެ ޕްރީ-ކޮންފަރެންސް ވޯކްޝޮޕްތައް ބާއްވައިފި

tree top

ޓްރީ ޓޮޕް ހޮސްޕިޓަލުން ކުރެއްދޫ ރިސޯޓުގައި ހޭލުންތެރިކުރުމުގެ ސެޝަނެއް ކުރިއަށް ގެންގޮސްފި

މ. މުލީގައި ޓްރީ ޓޮޕް ހޮސްޕިޓަލުގެ ޚާއްސަ ހެލްތް ކޭމްޕް ބާއްވަނީ

ހިތުގެ ދުޅަހެޔޮކަމާއި ހިތުގެ ބަލިތަކަށް ކެމްޕެއިނެއް ޓްރީ ޓޮޕުން ފަށަނީ

TTH_advertisement