ގައުމީ އެއާލައިން، މޯލްޑިވިއަންގެ ވައިޑް-ބޮޑީ އެއާކްރާފްޓު، އޭ-330 ގެ ދަތުރުތައް ދެކުނު އެފްރިކާއަށް ފެށުމަށް ތައްޔާރުވާން ފަށައިފިއެވެ.
މޯލްޑިވިއަންގެ އެ ދަތުރުތައް ފެށުމަށް މިހާރު ވަނީ ޖެނެރަލް ޕެސެންޖާ ސޭލްސް އޭޖެންޓް (ޖީއެސްއޭ) އެއް ހޯދަން ވެސް އިއުލާންކޮށްފައެވެ.
ދެކުނު އެފްރިކާގައި ޖީއެސްއޭއެއްގެ ގޮތުގައި މަސައްކަތްކުރުމަށް ޝައުގުވެރިވާ ފަރާތްތަކުން، އިއުލާނާއެކު އެއްކުރެވިފައިވާ އެކްސްޕްރެޝަން އޮފް އިންޓެރެސްޓް (އީއޯއައި) ފޯމު ފުރިހަމަކުރުމަށްފަހު، އެ ކުންފުނީގެ އީމެއިލް އެޑްރެހަށް އަންނަ މަހުގެ ހަތަރުވަނަ ދުވަހުގެ ނިޔަލަށް ފޮނުވުމަށް އެދޭ ކަމަށް މޯލްޑިވިއަނުން ބުންޏެވެ.
މޯލްޑިވިއަން އޭ-330 ގެނެސްފައިވަނީ މިއަހަރުގެ ޖެނުއަރީ މަހުގެ ހަ ވަނަ ދުވަހުއެވެ. އެ ބޯޓުގައި މޯލްޑިވިއަނުން މިހާރު ޗައިނާގެ ބެއިޖިން، ޝަންހާއީ އަދި ޗެންޑޫއަށް ދަތުރުތައް ކުރެއެވެ.
ކިޔުންތެރިންގެ ހިޔާލު