ކުއްލި ޚަބަރު

ރަސްފަންނު މޫދަށް އެރޭ ސަރަހައްދުގައި ތޫނު އިތާތަކެއް

ތިނަދޫ ސިޓީގެ މޭޔަރު ކަމުގެ އެމްޑީޕީ ޓިކެޓް ކާމިޔާބު ކުރެއްވީ ސައުދު އަލީ

ލޯކަލް ކައުންސިލު އިންތިހާބުގައި ވާދަކުރުމަށް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލއިފި

ފަނޑިޔާރުންނަށް ހެލްތު އިންޝުއަރެންސް ދޭނެ ފަރާތެއް ހޯދަނީ

ފިނ

ފަނޑިޔާރުންނާއި އެބޭފުޅުންގެ ޑިޕެންޑެންޓުންނަށް ހެލްތު އިންޝުއަރެންސް ފޯރުކޮށްދޭނެ ފަރާތެއް ހޯދަން އިއުލާނުކޮށްފިއެވެ.

މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޕްލޭނިންގ އިން ކުރި އިޢުލާނެއްގައި ބުނީ ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) ގެ އެދިލެއްވުމުގެ މަތިން ފަނޑިޔާރުންނާއި، ފަނޑިޔާރުކަން ކުރެއްވި ބޭފުޅުންނާއި، އެ ބޭފުޅުންގެ ޑިޕެންޑެންޓުން އަދި މައިން ބަފައިންނަށް ހެލްތު އިންޝުއަރެންސްގެ ޚިދްމަތް 3 އަހަރުގެ މުއްދަތަށް ފޯރުކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވާ ކަމަށެވެ.

އެގޮތުން މި ޚިދުމަތަށް ބިޑު ހުށަހެޅުމުގެ ފުރުޞަތު މިކަމަށް ޝަރުޠުހަމަވާ ހުރިހާ ފަރާތްތަކަށް ހުޅުވާލާފައިވާ ކަމަށް އެ މިނިސްޓްރީން ބުނެފައިވެއެވެ.

އެ ބީލަމުގައި ބައިވެރިވުމަށް  -/500 ރުފިޔާ (ފަސްސަތޭކަ ރުފިޔާ) ގެ ނޮން-ރިފަންޑަބަލް ރަޖިސްޓްރޭޝަން ފީއެއް ދައްކަންޖެހޭއިރު، ފައިސާ ބަލައިގަންނާނީ 30 ޖޫން 2025 އިން 13 ޖުލައި 2025 އަށް ބަންދު ނޫން ކޮންމެ ދުވަހެއްގެ 8:30 އިން 14:00އަށް، ފިނޭންސް މިނިސްޓްރީގެ އޮންލައިން ޕޭމަންޓް ޕޯޓަލް – ބަނޑޭރި ޕޭ  (https://bandeyripay.finance.gov.mv) މެދުވެރި ކޮށް ކަމަށް އެ އިއުލާނުގައި ބުނެފައިވެއެވެ.

އަދި ފައިސާ ދެއްކުމަށްފަހު، ބީލަމަށް ރަޖިސްޓްރީވުމަށް އެދޭ ފަރާތުގެ ނަމާއި އެޑްރެސް، ގުޅޭނެ ނަންބަރާއި އީ-މެއިލް އެޑްރެސް އަދި ފައިސާ ދެއްކި ރަސީދުގެ ކޮޕީ މެއިލް ކުރަން ޖެހޭނެ ކަމަށް އެ މިނިސްޓްރީން ހާމަކުރެއެވެ.

މި މަސައްކަތްތަކާއި ގުޅޭގޮތުން އާއްމުކުރާނެ އެންމެހައި ލިޔެކިޔުންތައް 01ޖުލައި 2025 އިން ފެށިގެން ސޮފްޓް ކޮޕީ ފޯރމެޓުގައި އެ މިނިސްޓްރީގެ ވެބްސައިޓް www.finance.gov.mv އިން ޑައުންލޯޑް ކުރެވެން ހުންނާނެ ކަމަށާއި އެ ބީލަމާއި ގުޅިގެން ދޫކުރެވޭ އެންމެފަހުގެ މަޢުލޫމާތުތަށް ވެބްސައިޓް މެދުވެރިކޮށް ހޯދުމަކީ ބީލަމަށް ކުރިމަތިލާ ފަރާތުގެ ޒިންމާއެއް ކަމަށް ފިނޭންސް މިނިސްޓްރީން ހާމަކުރެއެވެ.

މި ޕްރޮޖެކްޓުގެ ބިޑްސެކިޔުރިޓީގެ ގޮތުގައި 170,550.00ރ ހުށަހަޅަން ޖެހޭނެ ކަމަށާއި ބިޑް ސެކިޔުރިޓީގެ މުއްދަތަކީ ބިޑް ހުޅުވާ ތާރީޚުން ފެށިގެން 148 ދުވަސް ކަމަށް ފިނޭންސް އިން ހާމަކުރެއެވެ.

ފިނޭންސް މިނިސްޓްރީން ބުނީ މި ޕްރޮޖެކްޓުގެ ބިޑު ހުށަހަޅަންޖެހޭނީ ބީލަން ޕޯޓަލް މެދިވެރިކޮށް 10 ޖުލައި 2025 ވާ ބުރާސްފަތި ދުވަހުގެ 10:00 ގެ ކުރިން ކަމަށެވެ.

މި ޕްރޮޖެކްޓުގެ ބިޑު ހުޅުވުން އޮންނާނީ 10 ޖުލައި 2025 ވާ ބުރާސްފަތި ދުވަހުގެ 13:00:00ގައެވެ.

ފިނޭންސް މިނިސްޓްރީން ވަނީ މި ޕްރޮޖެކްޓާ ގުޅޭ ގޮތުން އެއްވެސް ސުވާލެއްވާނަމަ 06 ޖުލައި 2025 ވާ އާދީއްތަ ދުވަހުގެ 13:00 ކުރިން އެ މިނިސްޓްރީއަށް ފޮނުވުމަށް އެދިފައެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Zameer budget 2025 1 1024x683

ޕީއެސްއައިޕީއަށް 7.4 ބިލިއަން ހަރަދުވެއްޖެ

finance

ޓީ.ޖީ.އެސް.ޓީ. އިތުރުވެ ދައުލަތަށް ލިބޭ އާމްދަނީ މައްޗަށް

finance

ދަރަނި އަދާކުރުމަށް 10 ބިލިއަނާ ގާތްކުރާ އަދަދެއް ހަރަދުކޮށްފި

މޫޑީޒްއިން ރާއްޖޭގެ ކްރެޑިޓް ރޭޓިންގގެ އައުޓްލުކް “ސްޓޭބަލް” އަށް ބަދަލުކޮށްފި

TTH_advertisement