ކުއްލި ޚަބަރު

ތުޅާދުއަށް އެތެރެކުރަން އުޅުނު މަސްތުވާތަކެތި އަތުލައިގެންފި

އެމްޑީޕީ ސަރުކާރުން ވަޒީފާއިން ވަކިކުރި ޖަމްޝީދާއި އަހްމަދު މުހައްމަދަށް ފުލުހުންގެ ވަޒީފާ ދީފި

ދެ ރަށެއްގައި ކުނި މެނޭޖްކުރާ ސެންޓަރުތައް އަޅަން ހަވާލުކޮށްފި

އެމްޑީޕީގެ ޗެއާޕާސަނާއި ރައީސްގެ މަގާމަކީ އެއް މަގާމެއްގެ ގޮތުގައި ހަދަނީ

Guyt h9beaeg0rg
އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް — ފޮޓޯ: އެމްޑީޕީ

އެމްޑީޕީގެ ޗެއާޕާސަނާއި ރައީސްގެ މަގާމަކީ އެއް މަގާމެއްގެ ގޮތުގައި ބަދަލުކުރުމަށް ޕާޓީގެ އަސާސީ ގަވާއިދަށް އިސްލާހު ހުށަހެޅުމަށް ނިންމާފައިވާ ކަމަށް އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް ވިދާޅުވެއްޖެއެވެ.

ސަންގު ޓީވީގެ ޕްރޮގްރާމެއްގައި ރޭ ވާހަކަދައްކަވަމުން ފައްޔާޒް ވިދާޅުވީ އެއީ އެމްޑީޕީގެ މަގުޗާޓުގައި ހިމަނާފައިވާ އިސްލާހެއް ކަމަށާއި ބައެއް މެންބަރުންނަށް އެއީ އުނދަގޫ ބަދަލެއް ނަމަވެސް، އެއީ އެމްޑީޕީގެ ކުރިމަގަށް ވަރަށް މުހިންމު ބަދަލަކަށްވާނެ ކަމަށެވެ.

“އެއް ކަމެއްގެ ގޮތުގައި އަޅުގަނޑަށް ފާހަގަވަނީ މިހާރަކުއެއް ޕާޓީގެ ޗެއާޕާސަންއަކާއި ޕާޓީގެ ރައީސްއަކާ ހުރުމުގެ ބޭނުމެއް ނެތޭ. ކޮންމެވެސް އެއް މަަގާމެއް އޮތީމަ ނިމުނީއޭ. އެއީ ޕާޓީގެ ރައީސް ކަމަށްވަންޏާ ޕާޓީގެ ރައީސް، ޕާޓީގެ ޗެއާޕާސަން ކަމަށްވަންޏާ ޕާޓީގެ ޗެއާޕާސަން. ޕާޓީ ބާރަށް ގެންދިއުމުގައި އެފިޝަންސީތަކެއް، ފަސޭހަތަކެއް އޭރުން ގެނެވޭނެ،” އޭނާ ވިދާޅުވިއެވެ.

ފައްޔާޒް ވިދާޅުވީ އެ ބަދަލުގެ އިތުރުން ޕާޓީގެ ލީޑަރަކަށް ހުންނަވާ ބޭފުޅަކަށް ރިޔާސީ ޕްރައިމަރީގައި ވާދަނުކުރެވޭ ގޮތަށް ވެސް އިސްލާހު ހުށަހަޅަން ނިންމާފައިވާ ކަމަށާއި އޭރުން ފެކްޝަންތަކުގެ ތެރޭގައި ޖެހޭ މައްސަލަތައް ހައްލުކުރުމުގައި ޕާޓީގެ ލީޑަރަށް އިތުރު އުނދަގޫތަކެއް ކުރިމަތިނުވާނެ ކަމަށެވެ.

“އަޅުގަނޑުމެން ވިސްނައި ފިކުރުކުރީ ޕާޓީގެ ގޮތުގައި ޕާޓީ ހިންގުމަށްޓަކައި ޕާޓީގެ ލީޑަރަށް ހުންނަ މީހާއަކީ އެ ކަންކަމުގައި ސަލާމަތްވެފައި، އެއްކިބާވެފައި ހުންނަ މީހެކޭ. އެމީހެއްގެ މަސައްކަތަކީ ޕާޓީ ބާރަށް ކުރިއަށްގެންދިއުމޭ. އޭނާ ޕާޓީ ހިންގައި ވަރުގަދަކޮށްފައި، އޭނާގެ ގާބިލުކަން ޕާޓީގެ މެންބަރުންނަށް ހާމަކޮށްދީފައި، އޭގެ ފަހުން އަންނަ ރިޔާސީ އިންތިހާބަކަށް އޭނާއަށް ޖާގަ ލިބޭނެ. މިއީ ރާއްޖޭގެ އެންމެ މަތީ ހަރުފަތަށް އެރުމަށް ރައްޔިތުންނަށް ޕްރޫފް ދައްކާ ޕްލެޓްފޯމަކަށް ވެސް ވެދާނެ،” އޭނާ ވިދާޅުވިއެވެ.

ފައްޔާޒް އިތުރަށް ވިދާޅުވީ ޕާޓީގެ ލީޑަރަކަށް ހުންނަވާ ބޭފުޅަކަށް ދައުލަތުގެ ވަޒީފާއެއް ވެސް އަދާނުކުރެވޭނެ ކަމަށާއި އެ މަގާމުގައި ހުންނަވާތީ، ޕާޓީން ރަނގަޅު މުސާރައެއް ދޭނެ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

macl

ނޮޅިވަރަމް ސްޕޯޓްސް ކޮމްޕެލްކްސްގެ އެއްބަސްވުމުގައި ސޮއިކޮށް، ކޮމްޕްލެކްސްގެ ބިންގާ އަޅައިފި

B 202509030730381756909838.3502

މޯލްޑިވިއަންގެ ދަތުރުތަކުގައި ލުއިކާނާ ވިއްކަން ފަށައިފި

112

ތުޅާދުއަށް އެތެރެކުރަން އުޅުނު މަސްތުވާތަކެތި އަތުލައިގެންފި

112

އެމްޑީޕީ ސަރުކާރުން ވަޒީފާއިން ވަކިކުރި ޖަމްޝީދާއި އަހްމަދު މުހައްމަދަށް ފުލުހުންގެ ވަޒީފާ ދީފި

TTH_advertisement ELL Mobile Advertisement