ކުއްލި ޚަބަރު

މާދަމާރޭ ހިފާ ހަނދުކޭތައާއި ގުޅިގެން ހުރިހާ ރަށެއްގައި ކޭތަ ނަމާދުކުރާނެ

ފުވައްމުލަކު އެއާޕޯޓް ތަރައްގީކުރަން މަޝްވަރާކޮށްފި

ކައުންސިލްތަކަށް ބްލޮކް ގްރާންޓު ދިނުމުގައި ރަށުގެ ބޮޑުމިނަށް ބަލަން ނިންމައިފި

ކޮލަމާފުއްޓަށް މަސްތުވާތަކެތި އެތެރެކުރި މީހަކު ހައްޔަރުކޮށްފި

Whatsapp image 2025 06 27 at 05.22.16

ގއ. ކޮލަމާފުއްޓަށް މަސްތުވާތަކެތި އެތެރެކުރި މީހަކު ފުލުހުން ހައްޔަރުކޮށްފިއެވެ.

އެ މައްސަލާގައި ހައްޔަރުކޮށްފައި ވަނީ ގއ. ކޮލަމާފުށި، ދޮންވެލި، ޝިފާއުﷲ ސައީދު44، އެވެ.

ފުލުހުންގެ މިޑިއާ އޮފިޝަލް ވިދާޅުވީ ކޮލަމާފުއްޓަށް މަސްތުވާތަކެތި އެތެރެކުރަން އުޅޭ ކަމަށް ލިބުނު މައުލޫމާތަކާ ގުޅިގެން މިދިޔަ ބުދަ ދުވަހު އެ ރަށު ޕޮލިސް ސްޓޭޝަނުން ހިންގި އޮޕަރޭޝަނެއްގައި ޝިފާއުﷲ ހައްޔަރުކުރީ އާރްޓީއެލް ފެރީން އެ ރަށަށް މަސްތުވާތަކެތި ގެންދިޔުމުން ކަމަށެވެ.

އާރްޓީއެލް ފެރީން ކޮލަމާފުއްޓަށް އައުމުން އޭނާ ބަލައި ފާސްކުރިއިރު، އޭނާގެ ގެނައި ފޮށިގަނޑެއްގެ ތެރެއިން މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއް ހުރި ޕެކެޓެއް ފެނިފައިވާ ކަމަށް އޮފިޝަލް ވިދާޅުވިއެވެ.

ފުލުހުން ބުނީ އެ އޮޕަރޭޝަންގައި ޝިފާއުﷲ ހުއްޓުވަން އުޅުމުން މަޑުނުކޮށް ސައިކަލަށް އަރައިގެން ދާން އުޅުމުގެ ތެރޭގައި ވެއްޓި ކަނާތު ކަކުލާއި އުޅަނބޮށި މަށައިގެން ގޮސްފައިވާ ކަމަށެވެ.

އޭނާ މިހާރު ހުރީ ކޯޓު އަމުރެއްގެ ދަށުން 11 ދުވަހަށް ބަންދުކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

އެމްޔޫ މަނިކުގެ ހަނދާނުގައި މަޓީން ތަޢުޒިޔާގެ ދަފްތަރެއް

ސިއްޙީ ދާއިރާގެ ސިޔާސަތުތައް ތަންފީޒުކުރުމުގައި މުޅި މުޖުތަމަޢުގެ ބައިވެރިވުން މުހިންމު: ނާޡިމް

މޯލްޑިވްސް ޖޫނިއަރ އޯޕަން 2025 ނިންމުމުގެ ރަސްމިއްޔާތު ރައީސް ޝަރަފުވެރިކޮށްދެއްވައިފި

shiyaza

މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި ފުލުސް އޮފިސަރު ވަޒީފާއިން ވަކިކުރަން ނިންމައިފި

ELL Mobile Advertisement TTH_advertisement