ކުއްލި ޚަބަރު

ބަރުބަރީ މިސްކިތް އަންނަ ހަފްތާގައި ހުޅުވަނީ

މޯލްޑިވިއަން ބްލަޑް ސާވި ސަސްގައި ތެލަސީމިއާއަށް ތަހްލީލު ހަދާ ޑީއެންއޭ ލެބޯރެޓަރީ ހުޅުވައިފި

އާންމު މުޖުތަމައުގެ ތެރޭގައި ވެސް ފަނޑިޔާރުންގެ އަޚްލާގު ހިފަހައްޓަންޖެހޭ: ހުސްނީ

ބައިނަލްއަގްވާމީ ސުވިމިންޕޫލުގެ މަސައްކަތްތައް ހިނގަމުންދާގޮތް ވަޒީރު ބައްލަވާލައްވައިފި

3

ސުވިމިން އެސޯސިއޭޝަން އޮފް މޯލްޑިވްސްއިން ހުޅުމާލޭގައި ގާއިމުކުރަމުންދާ ބައިނަލްއަޤްވާމީ ސުވިމިން ޕޫލުގެ މަސައްކަތްތައް ހިނގަމުންދާގޮތް ކުޅިވަރާ ހަށިހެޔޮކަމާ ބެހޭ ވަޒީރު އަބްދުﷲ ރާފިއު މިއަދު ބައްލަވާލައްވައިފިއެވެ.

މިއަހަރުގެ އޭޕްރިލް 10 ވަނަ ދުވަހު ބިންގާ އެޅުނު މި ސުވިމިން ޕޫލަކީ ހުޅުމާލޭ ސުވިމިން ކޮންޕްލެކްސްގައި އިމާރާތްކުރަމުންދާ ބައިނަލްއަޤްވާމީ ފެންވަރުގެ ޕޫލެކެވެ. މި ޕޫލުގެ ބިންގާ އެޅުއްވީ ކުޅިވަރު ވަޒީރު ޢަބްދުﷲ ރާފިޢުއާއި، ސުވިމިން އެސޯސިއޭޝަންގެ ރައީސް މުޙައްމަދު އަބްދުލް ސައްތާރު (ޗަމްޕީ)ގެ އިތުރުން ޗަމްޕާ ހުސައިން ޢަފީފު އަދި ބައިނަލްއަޤްވާމީ ފެތުމުގެ މުބާރާތަކުން ރާއްޖެއަށް ފުރަތަމަ މެޑެލް ހޯދައިދިން އާމިނަތު ސަޖަންއެވެ.

މަސައްކަތް ހިނގަމުންދާގޮތް ބެއްލެވުމަށްފަހު ވަޒީރު ރާފިޢު ވިދާޅުވެފައިވަނީ ބިންގާ އެޅުނު ދުވަހުން ފެށިގެން މަސައްކަތް ދަނީ ހަލުވި ދުވެއްޔެއްގައި ކުރިއަށް ކަމަށެވެ. އަދި ކަނޑައެޅިފައިވާ ތާވަލާ އެއްގޮތަށް މަސައްކަތް ކުރިއަށްދާ ކަމަށާއި، ކަނޑައެޅުނު ތާރީޚަށް މަސައްކަތް ނިންމާލެވޭނެ ކަމަށް އޮތް އުއްމީދު ވަޒީރު ފާޅުކުރެއްވިއެވެ.

“ބިންގާ އެޅި ދުވަހުން ފެށިގެން، ސުވިމިން ޕޫލުގެ މަސައްކަތް ވަރަށް ބާރު ސްޕީޑެއްގައި ކުރިއަށް އެބަދޭ. މިހާރު މި ޕްލެޓްފޯމަކީ ސުވިމިން ޕޫލުގެ ބޭސް އަންނާނެ ތަން،” ވަޒީރު ވިދާޅުވިއެވެ.

ހަތަރު ބުރިއަށް އިމާރާތްކުރެވޭ މި ކޮމްޕްލެކްސްގައި 50 މީޓަރާއި 25 މީޓަރުގެ ދެ ޕޫލު ހިމެނޭނެއެވެ. މި ޕޫލަކީ އެއްފަހަރާ 1500 މީހުންނަށް ބޭނުންކުރެވޭ ގޮތަށް ފަރުމާކުރެވޭ، އެންމެ ޒަމާނީ ވަސީލަތްތަކާއި ހައިޖަމްޕުގެ ވަސީލަތްތައް ހިމެނޭ ބިނާއެކެވެ. މި މަޝްރޫޢުގެ މަސައްކަތް ކުރަމުންދަނީ މާލާ ހައިރައިޒް ކޮންސްޓްރަކްޝަން ކުންފުނިންނެވެ.

މަޝްހޫރު ވިޔަފާރިވެރިޔާ ޗަމްޕާ ހުސައިން އަފީފް ސުވިމިން އެސޯސިއޭޝަނަށް ހަދިޔާކުރައްވާފައިވާ މި ބިނާގެ މަސައްކަތް ނިމޭނެކަމަށް ލަފާކުރެވެނީ މި އަހަރުގެ ނޮވެންބަރު މަހުގެ ތެރޭގައެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

އިންޑޯ ކޯޓުތައް ގާއިމުކުރުމުގެ މަސައްކަތް އަވަސްކުރާނަން: ރާފިއު

Galolhu dhandu

ރަސްމީ ސްޓޭޑިއަމް ހުޅުމާލެއަށް ބަދަލުކޮށް، ގަލޮޅު ދަނޑު ތަޅާލަނީ

ހުޅުމާލެ ފޭސް 1، ފޭސް 2 އަދި ވިލިމާލޭގައި ސްޕޯޓްސް ކޮމްޕްލެކްސް ގާއިމްކުރުމަށް ސޮއިކޮށްފި

ނައިފަރުގެ ވޮލީބޯޅަ ކޯޓު ހުޅުވައި ދެއްވައިފި

TTH_advertisement