ކުއްލި ޚަބަރު

ދަރަވަންދޫ އެއާޕޯޓުގެ ޓާމިނަލް އިތުރަށް ތަރައްޤީކުރުމުގެ ޑިޒައިންގެ މަސައްކަތް ބަޔަކާ ހަވަލުކޮށްފި

ހުޅުމާލޭގެ ސެކިޔުރިޓީ ވަރުގަދަ ކުރަން އެސްޓޭޓް ސެކިޔުރިޓި ތައާރަފްކޮށްފި

ސިޑްނީގެ މަޝްހޫރު ބޮންޑައި ބީޗުގައި ދިން ހަމަލާ ސަރުކާރުން ކުށްވެރިކޮށްފި

އީރާނަށް ހަމަލާދިނުމަކީ ބަޔަކު ރުއްސަން ކުޅުނު ޑްރާމާއެއް، ޓްރަމްޕް ވާހަކަ ދައްކަނީ މާބޮޑުކޮށްލައިގެން: ޚާމަނާއީ

Img 20250626 wa0176

އީރާނުގެ ނިއުކްލިއަރ ސައިޓްތަކަށް އެމެރިކާއިން ދިން ހަމަލާތަކަކީ، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ބަޔަކު ރުއްސައި ހެއްވާލަން ކުޅުނު ޑްރާމާއެއް ކަމަށް، އީރާނުގެ ރޫހީ ލީޑަރު އާޔަތުﷲ ސައްޔިދު އަލީ ޚާމަނާއީ ވިދާޅުވެއްޖެއެވެ.

މިއީ، އީރާނާއި އިސްރާއީލާ ދެމެދު ބަދަލުކުރަމުންދިޔަ ހަމަލާތައް ހުއްޓާލިފަހުން އީރާނުގެ ލީޑަރު ދެއްވި ފުރަތަމަ އާންމު ބަޔާނެވެ.
އީރާނުގެ ޓީވީތަކުން މިއަދު އާންމުކުރި ވީޑިއޯ މެސެޖެއްގައި ޚަމަނާއީ ވިދާޅުވީ، އެމެރިކާއިން އީރާނުގެ ނިއުކްލިއަރ ސައިޓްތަކަށް ބޮންއެޅީ ޓްރަމްޕަށް އެކަންކުރަން މަޖުބޫރުވެގެން ކަމަށެވެ.
އެމެރިކާ ސިފައިން އީރާނުގެ ނިއުކްލިއަރ ސައިޓްތަކަށް ބޮންއެޅި ކަމަށާއި، ނަމަވެސް އެމެރިކާއަށް މާބޮޑު ކަމެއް ހާސިލް ނުކުރެވުނު ކަމަށް ޚާމަނާއީ ވިދާޅުވިއެވެ.

އީރާނުގެ ނިއުކްލިއަރ ސައިޓްތަކަށް ހަމަލާދީ، އީރާނުގެ ނިއުކްލިއަރ ޕްރޮގްރާމް އެއްކޮށް ހަލާކުކޮށްލެވުނު ކަމަށް ވިދާޅުވެ، އެމެރިކާގެ ރައީސް ޓްރަމްޕް ވާހަކަ ދައްކަވަނީ މާ ބޮޑުކޮށްލައިގެން ކަމަށް ޚާމަނާއީ ވިދާޅުވިއެވެ.
އިސްރާއީލުން އިސްވެ އީރާނަށް ހަމަލާދިނުމުން އީރާނުން އަމިއްލަ ދިފާއުގައި ދެމުންގެންދިޔަ ހަމަލާތަކުގެ ތެރެއަށް އެމެރިކާ ވަނީ، ޒަޔަނިސްޓުންގެ ދިފާއުގައި ކަމަށާއި، ނަމަވެސް އެމެރިކާގެ ހަމަލާތަކުން ހާސިލްވި އެއްވެސް ކަމެއް ނެތް ކަމަށް، އީރާނުގެ ރޫހީ ލީޑަރު އަޔަތުﷲ އަލީ ޚާމަނާއީ ވިދާޅުވެފައި ވެއެވެ.

ވީޑިއޯ މެސެޖް އާންމުކުރުމުގެ ކުރިން އާޔަތުﷲ ސައްޔިދު އަލީ ޚާމަނާއީގެ އެކްސް އެކައުންޓުގައި ކުރި ޕޯސްޓެއްގައި، ޒަޔަނިސްޓު އިސްރާއީލާއި އެމެރިކާއިން އީރާނާ ދެކޮޅަށް ކުރި ހަނގުރާމައިގައި ލިބުނު ކާމިޔާބީއަށް އީރާނުގެ ރައްޔިތުންނަށް މަރްހަބާ ވިދާޅުވެފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

އީރާނުގެ ކަނޑުގެ ސިފައިންގެ ލަޝްކަރަށް އަލަށް އިތުރު ކުރެވުނު އެއް އުޅަނދަކީ ފްލޯޓިންގ ބޭސްއެއް

ހަނގުރާމައިން ބަލިވެ ޒަޔަނިސްޓުން އެނބުރި ދިޔައީ ނަގޫފިތި، ހުސްއަތާ: ޚާމަނާއީ

ދުޝްމަނުން އުޅުނު ޚަބަރާއެކު އީރާނުގެ ޖެޓުތައް އީރާން-އިރާގު ބޯޑަރަށް

މަމްދާނީ އަށް އަހަރެން އެއްބާރުލުން ދޭނަން: ޓްރަމްޕް

TTH_advertisement