ކުއްލި ޚަބަރު

ޑރ. ޒާހިރު ކޮށްދެއްވި ޚިދުމަތްތައް ފާހަގަކުރައްވައި ރައީސް ޝުކުރުއަދާކުރައްވައިފި

ބިދޭސީ މީހާގެ މަރާ ގުޅިގެން މީހަކު ހައްޔަރުކޮށްފި

އެކި ފިހާރަތަކަށް ސައްހަނޫން ސުލިޕް ފޮނުވައިގެން ވިޔަފާރިކުރި މީހަކު ހައްޔަރުކޮށްފި

އެމްޑަބްލިއުއެސްސީ އިން ހުޅުމާލޭގައި ޤާއިމުކުރާ ފެން ރައްކާކުރާ ޕްލާންޓު އަންނަ ހަފްތާގައި ބޭނުން ކުރަން ފެށޭނެ: މަޠީން

ފެން ރައްކާކުރުމުގެ ޤާބިލްކަން އިތުރުކުރުމަށް ހުޅުމާލޭގައި ޤާއިމުކުރާ ފެން ޕްލާންޓު އަންނަ ހަފްތާގައި ބޭނުންކުރަން ފެށޭނެކަމަށް މާލޭ ވޯޓަރ އެންޑް ސްވަރޭޖް ކޮމްޕެނީ، އެމްޑަބްލިއުއެސްސީގެ މެނޭޖިން ޑިރެކްޓަރ އަބްދުލް މަޠީން މުޙައްމަދު ވިދާޅުވެއްޖެވެ.

ހުޅުމާލޭގައި 10000 ޓަނުގެ ފެން ރައްކާކުރެވޭ ނިޒާމު ޤާއިމްކުރުމުގެ މަސައްކަތް ފެށީ މިދިޔަ އަހަރުގެ ފަހުކޮޅުއެވެ. އަދި މިހާރު އެ ތާނގީގެ މަސައްކަތް ވަނީ ނިންމާފައެވެ.

އެމްޑަބްލިއުއެސްސީގެ މެނޭޖިން ޑިރެކްޓަރ އަބްދުލް މަޠީން ވިދާޅުވީ ހުޅުމާލޭގައި 10000 ޓަނުގެ ފެން ތާނގި އަންނަ ހަފްތާގެ ތެރޭގައި ބޭނުން ކުރަން ފެށޭނެކަމަށެވެ. މިއީ ރާއްޖޭގައި މިހާތަނަށް ބަހައްޓާ އެންމެ ބޮޑު ފެން ތާނގީއެވެ. މިއާއެކު ހުޅުމާލޭގައި ފެން ރައްކާކުރެވޭ މިންވަރު 22600 ޓަނަށް އިތުރުވެގެންދާނެއެވެ.

މީގެ އިތުރުން ހުޅުމާލޭގައި 10000 ޓަނުގެ ފެން އުފެއްދުމުގެ ޤާބިލުކަން އިތުރުކުރުމަށްޓަކައި ބަޔަކާ ހަވާލުކޮށްފައިވާކަމަށް މަޠީން ވިދާޅުވިއެވެ. އެގޮތުން އެ މަސައްކަތް ކުރުމަށް ހަވާލުކޮށްފައިވަނީ ހިޓާޗީއާކަމަށް މަޠީން ވިދާޅުވިއެވެ.

“ޕްރޮޑަކްޝަން ކެޕޭސިޓީގެ ބޭނުންވާ ފެސިލިޓީ އިންސްޓޯލްކުރުމަށް ބޭނުންވާ އިމާރާތުގެ މަސައްކަތް ފަށައިގެން ކުރިއަށްގެންދަނީ. އަމާޒަކީ މި މަސައްކަތްތައްވެސް މިއހަރުގެ ތެރޭގައި ނިންމުމުން.” މަޠީން

ހުޅުމާލޭގެ އިތުރުން މާލޭގައިވެސް ފެން ރައްކާކުރެވޭ ނިސްބަތް އިތުރުކުރުމަށް ޚާއްސަ މަސައްކަތްތަކެއް ކުރައްވާކަން މަތީން ފާހަގަކުރެއްވިއެވެ. އެގޮތުން 13000 ޓަނުގެ ފެން ރައްކާކުރެވޭ 2 ތާނގީގެ މަސައްކަތް އެކުންފުނިން އަންނަނީ ކުރަމުންނެވެ.

މާލެ ސަރަހައްދުގެ ފެން ރައްކާކުރުމާއި އުފެއްދުމުގެ ޤާބިލުކަން އިތުރުކުރުމަށް ސަރުކާރުން ވަނީ ގިނަ މަސައްކަތްތަކެއް ފަށްޓަވާފައެވެ. އޭގެ ތެރޭގައި ސިނަމާލެ ބުރިޖު މެދުވެރިކޮށް މާލެ-ހުޅުމާލޭ ފެނުގެ ވިއުގައަކުން ގުޅާޅުމުގެ މަސައްކަތް ހިމެނެއެވެ.

މި މަސައްކަތާ ގުޅޭގޮތުން މަޠީން ވިދާޅުވީ މާލެ-ހުޅުމާލޭ ފެނުގެ ވިއުގަ ވަގުތީ ގޮތުން ބޭނުން ކުރަން ފަށާފައިވާކަމަށެވެ. އަދި އަމާޒަކީ މިއަހަރުގެ ތެރޭގައި ދާއިމީކޮށް ބޭނުން ކުރަން ފެށުންކަމަށް މަޠީން ވިދާޅުވިއެވެ. މަޠީން ވިދާޅުވީ ދާއިމީ ގޮތެއްގައި މި ނިޒާމް ބޭނުން ކުރަން ފެށުމާއެކު ދުވާލެއްގެ މައްޗަށް 20،000 ޓަނުގެ ފެން އުފުލޭނެކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

mwsc

ހުޅުމާލޭގައި ޤާއިމުކުރާ 5000 ޓަނުގެ އައު ފެން ޕްލާންޓް އަންނަ މަހު ޚިދުމަތް ދޭން ފެށޭނެ

މާލެއާއި ހުޅުމާލޭގެ ފެނުގެ ވިއުގަ: އެމަރޖެންސީގައި ދުވާލަކު ކޮޅަކަށް 2000 ޓަނުގެ ފެން

Matheen Mwsc

މާލޭގައި 13،000 ޓަނުގެ 2 ތާނގި ބެހެއްޓުމަށްވަނީ ނިންމާފައި: މަތީން

Matheen Mwsc

އެމްޑަބްލިއުއެސްސީ، ހަރަދުން 160 މިލިއަން ސަލާމަތްކޮށް ފައިދާ %90 މައްޗަށް

TTH_advertisement