ކުއްލި ޚަބަރު

ތިނަދޫގެ މޭޔަރާއި ޑެޕިޔުޓީ މޭޔަރު މުސާރަ ނުލިބޭގޮތަށް ސަސްޕެންޑުކޮށްފި

ލޭންޑިންގ ކްރާފްޓް ބަންޑުން ޖަހާލި ހާދިސާގައި ނިޔާވީ ވޮރަންޓް އޮފިސަރ 2 ޢަލީ ޙާމިދު

އދގެ އެޓޮމިކް ހަކަތައާބެހޭ އިދާރާއަށް އެއްބާރުލުން ދިނުން ސަސްޕެންޑްކުރަން އީރާނު ޕާލަމެންޓުން ފާސްކޮށްފި

މަސްވެރިންގެ ދަފުތަރުގައި ރަޖިސްޓަރީ ވެފައިވާ 14 މަސްވެރިއަކަށް ލޯނު ދޫކޮށްފި

މަސްވެރިކަމުގެ ޤައުމީ ދަފުތަރުގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން މިހާތަނަށް 14 މަސްވެރިއަކަށް ލޯނު ދޫކޮށްފައިވެއެވެ. ބީއެމްއެލްއިން މަސްވެރިންނަށް ލޯނު ދޫކުރަން ފަށާފައިވަނީ 2023 ވަނަ އަހަރުގެ މެއި މަހުގެ 1 ވަނަ ަ ދުވަހުން ފެށިގެންނެވެ.

މަސްވެރިންނަށް ބޭންކިންގ ނިޒާމުގެ ތެރެއިން ލުއިލޯނާއި އެސްޓީއޯ ކްރެޑިޓް ފެސިލިޓިލިޓީއަށް އެދުމުގެ ފުރުޞަތު ފަހިކުރުމަށް ސަރުކާރުން ގިނަގުނަ މަސައްކަތްތަކެއް ކުރް ކުރަމުން ގެންދެއެވެ.

މި މަސައްކަތުގެ ތެރެއިން މަސްވެރިންނަށް ފަސޭހަކަމާއެކު ފައިނޭންސް ލިބޭނެ މަގު ތަނަވަސްކޮށްދިނުމަށް ބޭންކް އޮފް މޯލްޑިވްސްއާއި މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާއާ ދެމެދު އެއްބަސްވުމެއްގައި ސޮއިކުރެވިފައިވަނީ 2023 ވަނަ އަހަރުގެ އެޕްރީލް މަހުގެ 28 ވަނަ ދުވަހުއެވެ. މި އެއްބަސްވުމުގެ ދަށުން މަސްވެރިންނަށް ލޯނު ދޫކުރަން ފެށިފައިވަނީ މެއި މަހުގެ 1 ވަނަ ދުވަހުން ފެށިގެންނެވެ.

މަސްވެރިކަމުގެ ޤައުމީ ދަފުތަރުގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކުގެ ތެރެއިން މިހާތަނަށް 38 މަސްވެރިއަކު ލޯނަށް އެދި ހުށަހަޅާފައިވާކަމަށް ބީއެމްއެލްއިން މަޢުލޫމާތު ދެއްވާފައިވެއެވެ. މި 38 އެޕްލިކޭޝަންގެ ތެރެއިން 8 އެޕްލިކޭޝަނެއް މިހާރު ވަނީ ޕްރޮސެސިންގ މަރުޙަލާގައެވެ. އަދި ބީއެމްއެލްއިން ވަނީ މިހާތަނަށް 14 މަސްވެރިއަކަށް ލޯނު ދޫކޮށްފައެވެ.

މަސްވެރިންގެ ޤައުމީ ދަފުތަރުގައި ރަޖިސްޓްރީވެފައިވާ މަސްވެރިންނަށް އެ ފަރާތްތަކުގެ އާމްދަނީއަށް ބިނާކޮށް ޕަރސަނަލް ފައިނޭންސިންގ، ކްރެޑިޓް ކާޑު އަދި ގެދޮރު ގަތުމާއި އިމާރާތްކުރުމާއި މަރާމާތު ކުރުން ފަދަ އެކި ބޭނުންތަކަށް ކްރެޑިޓް ފެސިލިޓީއަށް ފަސޭހައިން ވާސިލުވުމުގެ ފުރުޞަތު މިހާރު ދަނީ ލިބެމުންނެވެ.

މި އިންތިޒާމުގެ ދަށުން، ޝަރުތު ހަމަވާ މަސްވެރިންނަށް ރަހުނަކާ ނުލައި އަދި އިކުއިޓީ (އަމިއްލައަށް ޚަރަދުކުރަންޖެހޭ ފައިސާ) ނެތި 300,000 ރުފިޔާއާ ހަމައަށް ޕަރސަނަލް ފައިނޭންސިންގ ނެގުމުގެ ފުރުޞަތު ލިބިގެންދެއެވެ. އަދި މަސްވެރިކަމުގެ މޫސުމަށް އަންނަ ބަދަލުތަކާއެކު އާމްދަނީއަށް ރިޢާޔަތްކޮށް އަނބުރާ ފައިސާ ދެއްކުމަށް ލުއިފަސޭހަ ގޮތްތަކެއްވެސް ބޭންކުން ވަނީ ހަމަޖައްސައިދީފައެވެ.

ބީއެމްއެލް އިންޓަރނެޓް ބޭންކިންގ ނުވަތަ މޮބައިލް ބޭންކިންގ އެޕްލިކޭޝަން މެދުވެރިކޮށް ކޮންމެ ތަނަކުން ވެސް ޕަރސަނަލް ފައިނޭންސިންގ އަދި ލުއި ލޯނަށް އެދި ހުށަހެޅޭނެ އިންތިޒާމްތައްވެސް ވަނީ ހަމަޖައްސާފައެވެ. މިކަމުގެ ސަބަބުން ދިވެހިރާއްޖޭގެ ކޮންމެ ހިސާބަކުން ވެސް މި ޚިދުމަތަށް އެދި ހުށަހެޅުމުގެ ފުރުޞަތު ފަހިވެގެންދާނެއެވެ.

މި ސަރުކާރުން ދަނީ ދިވެހިރާއްޖޭގެ މަސްވެރިކަމުގެ ސިނާޢަތް ކުރިއަރުވައި ސިންދަފާތުކުރުމަށް ގިނަގުނަ މަސައްކަތްތަކެއް ކުރަމުންނެވެ. މަސްވެރިކަމުގެ ސިނާޢަތް އިތުރަށް ފުޅާކޮށް، ރާއްޖެއަށް އެންމެ ބޮޑު އާމްދަނީއެއް ލިބޭ އެއް ސިނާޢަތަކަށް މަސްވެރިކަން ހެދުމަކީ ސަރުކާރުގެ މައިގަނޑު އަމާޒުތަކުގެ ތެރޭގައި ހިމެނޭ ކަމެކެވެ.

އެގޮތުން މަސްވެރިންނަށް މިހާރު ދަނީ ޤަވާޢިދުން 48 ގަޑިއިރުގެ ތެރޭގައި ފައިސާ ދޫކުރަމުންނެވެ. މިކަމުގެ ސަބަބުން މަސްވެރިންނަށް ވަނީ މަސްވެރިކަމަށް ނިކުތުމަށް އިތުރު ހިތްވަރަކާއި ފުރުޞަތުތަކެއް ލިބިގެން ގޮސްފައެވެ.

މި އައު އިންތިޒާމުގެ ދަށުން މަސްވެރިންނަށް ލިބޭ ފައިނޭންޝަލް އެހީތެރިކަމަކީ މަސްވެރިކަމުގެ ދާއިރާ ތަރައްޤީކޮށް، މަސްވެރިންގެ ދިރިއުޅުމުގެ ފެންވަރު މަތިކުރުމަށް ލިބިގެންދާނެ ވަރަށް މުހިންމު ބާރެކެވެ. މީގެ އިތުރުން، މި ފުރުޞަތުތަކުގެ ސަބަބުން ޒުވާނުން މަސްވެރިކަމުގެ ދާއިރާއަށް ޝައުޤުވެރިވެ، އިތުރު ވަޒީފާގެ ފުރުޞަތުތައް އުފެދިގެންދާނެކަމަށް ބެލެވެއެވެ.

ސަރުކާރުގެ މި މަސައްކަތްތަކުގެ ސަބަބުން މަސްވެރިކަމުގެ ސިނާޢަތުގައި އައު ޓެކްނޮލޮޖީ ތަޢާރަފުވެ، މަސްވެރިކަމުގެ އުފެއްދުންތެރިކަން އިތުރުވެ، އަދި މަހުގެ އަގު ހިފެހެއްޓުމަށް އެހީތެރިވެދޭނެކަމަށް އުންމީދު ކުރެވެއެވެ. މިއީ ޖުމްލަކޮށް ދިވެހިރާއްޖޭގެ އިޤްތިޞާދަށް ވަރަށް ބޮޑު ކުރިއެރުމެއް ގެނެސްދޭނެ ކަމެއްކަމުގައި ފާހަގަކުރެވެއެވެ.

މަސްވެރިންނަށް މި ލިބިގެންދާ ފައިނޭންޝަލް އެހީތެރިކަމަކީ ދިވެހިރާއްޖޭގެ މަސްވެރިކަމުގެ ސިނާޢަތަށް އައު ފުރުޞަތުތަކެއް ހުޅުވިގެންދާނެ ކަމެކެވެ. މިކަމުގެ ސަބަބުން މަސްވެރިކަމުގެ ދާއިރާ އިތުރަށް ކުރިއަރައި، ޤައުމީ އިޤްތިޞާދަށް ފައިދާކުރަނިވި ބަދަލުތަކެއް އަންނާނެކަމަށް އުންމީދު ކުރެވެއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

3

ބަންޑުން ޖަހާލި ލޭންޑިންގ ކްރާފްޓުގެ ބައެއް ސާމާނު އޮޔާ ދާތީ ސަމާލުވާން އިލްތިމާސްކޮށްފި

Whatsapp image 2025 06 25 at 09.47.56

ފުލުހެއްގެ ގައިގައި ސައިކަލުން ޖެއްސި މީހަކު ހައްޔަރުކޮށްފި

3

މިނިވަން 60ގެ ލޯގޯ އާންމުކޮށްފި

Whatsapp image 2025 06 25 at 10.24.55

މާލޭގައި ދިރިއުޅެމުން ތިނަދޫ އަންހެނުންގެ ކޮމިޓީގެ ރައީސާ ދައުލަތުން ގިނަ އަދަދެއްގެ ފައިސާ ނެގިކަން ހާމަވެއްޖެ

ELL Mobile Advertisement TTH_advertisement