ކުއްލި ޚަބަރު

މަންޑޭ ޝަރީއަތް ނިމެންދެން ބަންދަށް ގެންގޮސްފި

ހާފިޒުންގެ އެލަވަންސް ދެގުނައަށް ބޮޑުކުރަން ސަރުކާރުން ނިންމައިފި

ޣައްޒާއާ ދެކޮޅަށް ހިންގާ އުދުވާނު ނުހުއްޓަނީސް، ހަމަލާތައް ހުއްޓާނުލާނޭ ކަމަށް ޔަމަނުން ބުނެފި

އަޕްގްރޭޑިންގ މަސައްކަތަކަށް މިއަދު މާލެއިން ކަރަންޓު ކެނޑިދާނެ: ސްޓެލްކޯ

stelco

ސްޓެލްކޯގެ ކަރަންޓު ވިއުގައިގެ މަސައްކަތެއް ކުރަމުންދާތީ މިއަދު މެންދުރުފަހު މާލެއިން ކަރަންޓު ކެނޑިދާނެ ކަމަށް ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ، ސްޓެލްކޯއިން ހާމަކޮށްފިއެވެ.

ސްޓެލްކޯއިން ބުނީ އެކުންފުނީގެ ކަރަންޓު ވިއުގަ އަޕްގްރޭޑް ކުރުމުގެ މަސައްކަތްތަކެއް މިއަދު ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ކަމަށެވެ.
އެހެންކަމުން މިއަދު މެންދުރުފަހު 14:00 އިން 16:30 އަށް މާލެ ސިޓީ، ސާރިއުވަރުދީ އަދި ޗަނބޭލީ މަގު ހިމެނޭ ސަރަޙައްދުން ކަރަންޓުގެ ޚިދުމަތް މެދުކެނޑިދާނެ ކަމަށް އެކުންފުނިން ވަނީ ބުނެފައެވެ.

ސްޓެލްކޯއިން ބުނީ ކަރަންޓު ވިއުގަ އަޕްގްރޭޑް ކުރުމުގެ މަސައްކަތް ނިންމުމަށްފަހު ވީ އެންމެ އަވަހަކަށް ކަރަންޓު އަލުން ދިނުމުގެ މަސައްކަތް އެ ކުންފުނިން ކުރާނެ ކަމަށެވެ.
ހަމައެއާއެކު ކަރަންޓުގެ ‏‏ހިދުމަތް މެދުކެނޑިގެންދާ ވަގުތުގައި ކަސްޓަމަރުންނަށް ދިމާވާނެ ދަތިތަކަށް މާފަށް އެދޭކަމަށް ސްޓެލްކޯއިން ހާމަކޮށްފައިވެއެވެ

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Whatsapp image 2025 06 24 at 11.15.02 (1)

ލޯންޗަކާއި ޑިންގީއެއް ޖެހި އެެކްސިޓެންޑެއް: ތިން މީހަކަށް ފަރުވާދެނީ

ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޒިރުކުރުމަށް މީހަކު ހޯދަނީ

3

އެޗްއާރްސީއެމްގެ މެންބަރުކަމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

3

ޚިދުމަތާ އަލަށް ގުޅުނު ފުލުހުން ހުވާކޮށްފި

ELL Mobile Advertisement TTH_advertisement