ކުއްލި ޚަބަރު

ޑރ. ޒާހިރު ކޮށްދެއްވި ޚިދުމަތްތައް ފާހަގަކުރައްވައި ރައީސް ޝުކުރުއަދާކުރައްވައިފި

ބިދޭސީ މީހާގެ މަރާ ގުޅިގެން މީހަކު ހައްޔަރުކޮށްފި

އެކި ފިހާރަތަކަށް ސައްހަނޫން ސުލިޕް ފޮނުވައިގެން ވިޔަފާރިކުރި މީހަކު ހައްޔަރުކޮށްފި

ނަޝީދުގެ ހިސާބު: ކައުންސިލު އިންތިހާބު އެމްޑީޕީން ނަގާނީ ބޮޑުކޮށް!

Gujjg9hasaavzra
ރައީސް ނަޝީދަށް މަރުހަބާ ދެންނެވުމަށް އެމްޑީޕީން ބޭއްވި ޖަލްސާގައި ނަޝީދު ވާހަކަދައްކަވަނީ — ފޮޓޯ: އެމްޑީޕީ

ކުރިއަށްއޮތް ލޯކަލް ކައުންސިލު އިންތިހާބު އެމްޑީޕީން ބޮޑުކޮށް ކާމިޔާބުކުރާނެ ކަމަށް ސަރުކާރަށް ލިބޭނީ 20 އިންސައްތަ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރައީސް ނަޝީދަށް މަރުހަބާ ދެންނެވުމަށް އެމްޑީޕީން ސަލްޓަން ޕާކުގައި މިރޭ ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން ނަޝީދު ވިދާޅުވީ ރާއްޖޭގެ ރަށްތައް ބިނާނުކޮށް، ރާއްޖޭގެ ތަރައްގީއެއް އަޅުގަނޑުމެންނަކަށް ނުހޯދޭނެ ކަމަށާއި ހިއްކައި ބުރިޖު އަޅައިގެން ގުޅުވިޔަސް މިއީ ޖަޒީރާ ގައުމެއް ކަމަށެވެ. މި ރަށްތަކުގެ ތަރައްގީގެ ތަސައްވަރު އެއީ އެމްޑީޕީގެ ހިތްތަކުގައި ބިންވަޅު ނެގިފައި އޮތް ކަމެއް ކަމަށް ވިދާޅުވިއެވެ.

“އެނގިވަޑައިގަންނަވާނެ އެއީ ސީދާ އެމްޑީޕީގެ ފަލްސަފާއެއް. ލޯކަލް ކައުންސިލުގެ އިންތިހާބު އަޅުގަނޑުމެން މިފަހަރު އިރާދަކުރެއްވިއްޔާ ހޯދާނީ ބޮޑުކޮށް. ރައީސް މުއިއްޒު އަޅުގަނޑު މިރޭ ދެންނެވީމާ ހިސާބު ޖައްސަވާތި، މަނިކުފާނަށް 20 ޕަސަންޓު. މި އިންތިހާބު، ކައުންސިލުތަކުގެ އިންތިހާބު މާލެ ސިޓީ ކައުންސިލަށް ވިޔަސް، އައްޑޫ ސިޓީ ކައުންސިލަށް ވިޔަސް، ކުޅުދުއްފުށީ ކައުންސިލަށް ވިޔަސް، ތިނަދުއަށް ވިޔަސް، ފުވައްމުލަކަށް ވިޔަސް، އަދި ރާއްޖޭގައި މިއޮތް ތުރާކުނުން އައްޑޫ ގަމަށް މިއޮތް ހުރިހާ ރަށެއް، 194 ރަށުގެ ރަށު ކައުންސިލު އަޅުގަނޑުމެން ނަގާން ޖެހިއްޖެ،” އެ މަނިކުފާނު ވިދާޅުވިއެވެ.

ނަޝީދު ވިދާޅުވީ އެމްޑީޕީން ކައުންސިލު އިންތިހާބު ކާމިޔާބުކުރާން ޖެހިއްޖެ ކަމަށާއި ރާއްޖެ އަލުން އަނބުރާ ދިވެހީންނަށް ހޯދައިދޭން ޖެހިއްޖެ ކަމަށެވެ. އަދި ރާއްޖޭގެ ދަރަނީގެ މައްސަލައަށް ހައްލު ހޯދައި އެނގޭނީ ވެސް އެމްޑީޕީއަށް ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Amaan

ފުލުހުންނަށް އިންޒާރުދިން މައްސަލައަކާ ގުޅިގެން ޒާޔާ ފުލުސް އޮފީހަށް ހާޒިރުކުރަނީ

Amaan

ޗާގޯސްގެ ސިޔާދަތީ ބެލެނިވެރިކަން ރާއްޖެއަށް ލިބުމުގެ ފުރުސަތު އަދި އެބައޮތް: ނަޝީދު

Izaam

ތިނަދޫ ސިޓީގެ މޭޔަރު ކަމުގެ އެމްޑީޕީ ޓިކެޓް ކާމިޔާބު ކުރެއްވީ ސައުދު އަލީ

Mm

މާލޭގެ މޭޔަރު ކަމުގެ އެމްޑީޕީ ޓިކެޓް އާދަމް އާޒިމް ކަށަވަރުކުރައްވައިފި

TTH_advertisement