ކުއްލި ޚަބަރު

ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ މާލީ ބަޔާންތައް އާންމުކޮށްފި

ޔަމަނުން މިސައިލެއް އުދުއްސާލުމާއެކު މުޅި އިސްރާއީލުގައި ނުރައްކަލުގެ ޑަނޑޫރާ ޖަހަން ފަށައިފި

މައްސަލަ ހައްލުކޮށް ފުވައްމުލަކު އެއާޕޯޓަށް ދަތުރުތައް ފަށައިފި

ސެން ޓީޗަރުން ތަމްރީނު ކުރުމުގެ ޕްރޮގްރާމެއް މިއަހަރު ފަށާނަން: މިނިސްޓަރު

minister Dr ismail
މަތީ އަރުތަވެރިންގެ އިނާމުދިނުމުގެ ޖަލްސާގައި އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު ވާހަކަދައްކަވަނީ — ފޮޓޯ: އެޑިއުކޭޝަން މިނިސްޓްރީ

ނުކުޅެދުންތެރިކަން ހުންނަ ކުދީންނަށް ކިޔަވައިދޭ ސެން ޓީޗަރުން ލިބުމުގެ ދަތިކަން ހުރި ކަމަށާއި އެކަމަށްޓަކައި ސެން ޓީޗަރުން ތަމްރީނުކުރުމުގެ ޕްރޮގްރާމެއް މިއަހަރު ފެށިގެންދާނެ ކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު ވިދާޅުވެއްޖެއެވެ.

މަތީ އަރުތަވެރިންގެ އިނާމުދިނުމުގެ ޖަލްސާތަކުގެ ތެރެއިން މިއަދު ހެނދުނުގެ ސެޝަންގައި ވާހަކަދައްކަވަމުން މިނިސްޓަރު ވިދާޅުވީ 600 އެއްހާ ސެން ޓީޗަރުން ބޭނުންވާ ކަމަށާއި 200 އެއްހާ ޕްރައިމަރީ ޓީޗަރުން ވެސް ބޭނުންވާ ކަމަށެވެ.

މެނިފެސްޓޯގައި ހިމަނާފައިވާ ގޮތަށް ޓީޗަރުން ތަމްރީނު ކުރުމުގެ ގައުމީ ޕްރޮގްރާމް މިދިޔަ އަހަރު ފަށާފައިވާ ކަމަށާއި އެގޮތުން މިއަހަރު ވެސް އިތުރު ޕްރޮގްރާމްތައް ފެށުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ މިއަހަރު ތެރޭގައި ރާއްޖޭގެ ހައި އެޑިއުކޭޝަން އިންސްޓިޓިއުޓްތަކާ ގުޅިގެން ސެން ޓީޗަރުން ތަމްރީން ކުރުމުގެ ހާއްސަ ޕްރޮގްރާމެއް ފަށާނެ ކަމަށެވެ.

ސެން ޓީޗަރުން ތަމްރީން ކުރުމުގެ ޕްރޮގްރާމެއް ފަށަން ނިންމަވާފައިވާކަން ރައީސް ޑރ. މުހައްމަދު މުއިއްޒު ވެސް މީގެ ކުރިން ވަނީ އިއުލާންކުރައްވައިފައެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ސީޕްލޭން ކަމަދުއަށް ޖައްސައިފި، ރަށުން ހޫނު މަރުހަބާއެއް

majilis

ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ މާލީ ބަޔާންތައް އާންމުކޮށްފި

ޗައިނާގެ ވިކްޓްރީ ޑޭ ފާހަގަކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ރައީސް ބައިވެރިވެވަޑައިގެންފި

Rtl

އާރުޓީއެލް ހިދުމަތް 5 އަތޮޅެއްގައި ފެށުމަށް ދިރާސާތަކުގެ މަސައްކަތް މި މަހު ފަށަނޭ

TTH_advertisement ELL Mobile Advertisement