ކުއްލި ޚަބަރު

ޑްރަގް އެތެރެ ކުރި މައްސަލައެއްގައި ޕާކިސްތާން މީހަކު އުމުރަށް ޖަލަށް

ކެންޑިޑޭޓުންގެ ނަންތައް ތަރުތީބުކުރުން ހުރިހާ ރަށެއްގައި މާދަމާ އޮންނާނެ: އީސީ

މޯލްޑިވްސް- ޖަރމަނީ ބިޒްނަސް ރައުންޑްޓޭބަލްގައި ރައީސް މުއިއްޒު ބައިވެރިވެވަޑައިގަންނަވައިފި

ހަމަލާތަށް ހުއްޓާލުމަށް އީރާނަށް ގިނަވެގެން ދެވޭނީ ދެހަފުތާ: ޓްރަމްޕް

trump

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެފައިވަނީ، ހަމަލާތަށް ހުއްޓާލުމަށް އީރާނަށް ގިނަވެގެން ދެވޭނީ ދެހަފުތާކަމަށާއި، އީރާނުގެ ބިމުއަޑީގައި ޤާއިމުކޮށްފައިވާ ނިއުކްލިއަރ ފެސިލިޓީ ހަލާކުކުރުމަކީ އިސްރާއީލުގެ ހަނގުރާމަވެރި ބާރުތަކަށް ކުޅަދާނަވެގެންވާ ކަމެއް ނޫން ކަމަށެވެ.

ނޫސޫސްވެރިންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުން ރައީސް ޓްރަމްޕް ވިދާޅުވީ، އެމަނިކުފާނަކީ އަބަދުވެސް ސުލްޙައަށް މަސައްކަތްކުރައްވާ ފަރާތެއް ކަމަށާއި، ނަމަވެސް ބައެއް ޙާލަތްތަކުގައި އެކަން ޙައްލުކުރުމުގައި ގޮންޖެހުންތަކެއް ހުރެދާނެ ކަމަށެވެ. އިންޑިއާ އާއި ޕާކިސްތާނުގެ މެދުގައި އުފެދުނު ހަމަނުޖެހުން ޙައްލުކޮށް، ދެފަރާތުގެ މެދުގައި ހިނގަމުންދިޔަ ހަމަލާތައް ހުއްޓުވުމަށް ކުރެއްވި މަސައްކަތްޕުޅުތައް ފާހަގަކުރެއްވިއެވެ.

އެމެރިކާގެ ހަނގުރާމަވެރި ބާރުތައް އީރާނަށް ފޮނުވުމާ ގުޅޭގޮތުން ކުރެވުނު ސުވާލަކަށް ޖަވާބު ދެއްވަމުން ރައީސް ޓްރަމްޕް ވިދާޅުވީ، އެއީ އެންމެ ފަހު ވަގުތު މެނުވީ އިޚްތިޔާރު ކުރައްވާނެ ފިޔަވަޅެއް ނޫން ކަމަށެވެ.

އެމެރިކާ އާއި އިސްރާއީލް ގުޅިގެން އީރާނަށް ހަމަލާ ދިނުމާ ގުޅޭގޮތުން ގޮތެއް ނިންމުމަށް ދެ ހަފްތާއެއްހާ ދުވަސް ނަގާނެ ކަމަށް ބުނެވޭތީ، އެކަމާ ގުޅޭގޮތުން ކުރެވުނު ސުވާލަކަށް ޖަވާބު ދެއްވަމުން ރައީސް ޓްރަމްޕް ވިދާޅުވީ، އެފަދަ މުއްދަތެއް ދެވެނީ އީރާނަށް ފުރުޞަތު ދިނުމުގެ ގޮތުން ކަމަށެވެ.

“އަޅުގަނޑު ދަންނަވާނީ ދެ ހަފްތާއަކީ އެންމެ ގިނަވެގެން ދެވޭނެ މުއްދަތޭ،” ރައީސް ޓްރަމްޕް ވިދާޅުވިއެވެ.

ރައީސް ޓްރަމްޕް ވިދާޅުވީ، އީރާނުގެ ބިމުއަޑީގައި ހުންނަ ފޯޑޯ ނިއުކްލިއަރ ފެސިލިޓީއަށް ހަމަލާ ދިނުމަށް އިސްރާއީލުން ބޭނުންވި ނަމަވެސް، އެއީ އިސްރާއީލަށް އެކަނި ކުޅަދާނަވެގެންވާ ކަމެއް ނޫން ކަމަށެވެ. އަދި އިސްރާއީލަށް އެކަނި އެ ތަން މުޅިން ހަލާކެއް ނުކުރެވޭނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

“އެ ފަރާތްތަކަށް ކުޑަ މިންވަރެއް ހަލާކުކޮށްލެވިދާނެ. ނަމަވެސް، އެހާ ފުންމިނަކަށް ގޮސް މިފަދަ ަދަ ޢަމަލެއް ހިންގުމުގެ ޤާބިލުކަން އެފަރާތްތަކަކަށް ލިބިގެނެއް ނުވޭ،” ރައީސް ޓްރަމްޕް ވިދާޅުވިއެވެ.

ރައީސް ޓްރަމްޕްގެ ވިދާޅުވެފައިވަނީ، އިސްރާއީލުން ހަނގުރާމަ ކާމިޔާބުކުރަމުންދާ ކަމަށާއި އީރާނުންބަލިވަމުންދާ ކަމަށެވެ. އޫރަޕުގެ ޤައުމުތަކުން ކިތަންމެ މަސައްކަތެއް ކުރި ނަމަވެސް، އީރާން-އިސްރާއީލް ހަނގުރާމަ ހުއްޓުވުމަކީ އެފަރާތްތަކަށް ކުޅަދާނަވެގެންވާ ކަމެއް ނޫން ކަމަށާއި، އެކަން ކުރެވޭނީ ހަމައެކަނި އެމެރިކާއަށް ކަމަށްވެސް ރައީސް ޓްރަމްޕް ވިދާޅުވިއެވެ.

މީގެއިތުރުން، ރައީސް ޓްރަމްޕް ވަނީ މި ހަނގުރާމައާ ގުޅިގެން އީރާނާ މަޝްވަރާކުރަމުންދާ ކަމަށްވެސް ހާމަކުރައްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ނަތަންޔާހޫ މިނަށްވުރެ އަނގަގަދައީ: އީރާނު އަސްކަރިއްޔާގެ ޗީފް އޮފް ސްޓާފް

ކިތަންމެ ބިރެއް ދެއްކިޔަސް މިނިވަންކަމާ ގުޅޭ ކަމެއްގައި ދޫދިނުމެއްނެތް: އީރާނުގެ ޚާރިޖީ ވަޒީރު

އަވަސްއަރުވާލައިގެން އީރާނަށް ހަމަލާދޭކަށް ނޫޅެން: އެމެރިކާގެ ރައީސް ޓްރަމްޕް

ޓްރަމްޕް އީރާނަށް ދޫނުދިން، އީރާނުންވެސް ދޫނުދޭ، މާދަމާއަށްފަހު އީރާނަށް ހަމަލާދޭން ފަށާފާނެ

TTH_advertisement