ކުއްލި ޚަބަރު

ސްޓެލްކޯގެ ވިއުގަ އަޕްގްރޭޑް ކުރާތީ މިއަދުވެސް މާލެއިން ކަރަންޓް ދާނެ

އައްޑޫ ސިޓީގައި ވަޤުފް އިމާރާތެއް ބިނާކުރަން އަމިއްލަ ކުންފުންޏަކާ ހަވާލުކޮށްފި

ފޭދޫގައި 500 މީހުންގެ ޖާގައިގެ މިސްކިތެއް އިމާރާތް ކުރުމުގެ އަމަލީ މަސައްކަތް ފަށައިފި

އީރާނަށް ވާގިވެރިވާ ކުންފުނިތަކާއި ދެކޮޅަށް އެމެރިކާއިން ފިޔަވަޅު އަޅައިފި

އީރާނުގެ ދިފާޢީ ދާއިރާއަށް ސެންސިޓިވް މެޝިނަރީ ފޯރުކޮށްދިނުމުގައި އެހީތެރިވެފައިވާ ކަމަށް ތުހުމަތުކުރެވޭ 8 ކުންފުންޏަކާއި، އެއް އުޅަނދަކާއި އަދި އެއް ފަރުދަކާ ދެކޮޅަށް ފިޔަވަޅު އަޅާފައިވާ ކަމަށް އެމެރިކާ ސަރުކާރުން ރަސްމީކޮށް އިޢުލާނުކޮށްފިއެވެ.

އެމެރިކާގެ ޚަޒާނާގެ ވަޒީރު ސްކޮޓް ބެސެންޓް ވިދާޅުވެފައިވަނީ، އީރާނުގެ ބެލިސްޓިކް މިސައިލް، އަންމޭންޑް އޭރިއަލް ވެހިކަލް އަދި ހަތިޔާރު ޕްރޮގްރާމްތަކަށް ބޭނުންވާ ސެންސިޓިވް އަދި ޑުއަލް-ޔޫސް ޓެކްނޮލޮޖީ ހޯދުމަށް އީރާނުން ކުރާ މަސައްކަތްތަކަށް ހުރަސްއެޅުމަށް އެމެރިކާއިން ދެމިތިބޭނެ ކަމަށެވެ. އިތުރަށް އޭނާ ވިދާޅުވެފައިވަނީ، ބައިނަލްއަޤްވާމީ ސަލާމަތާއި ސަރަޙައްދީ ސްޓެބިލިޓީއަށް ނުރައްކާވާފަދަ ޑެސްޓްރަކްޓިވް ވެޕަންސް އުފެއްދުމާއި ޕްރޮލިފަރޭޓްކުރުމުގެ އީރާނުގެ ޤާބިލުކަން ހަނިކުރުމަށް އެމެރިކާގެ ޓްރެޜަރީން މަސައްކަތްކުރަމުންދާނެ ކަމަށެވެ.

އެމެރިކާއިން ފިޔަވަޅު އަޅާފައިވާ ފަރާތްތަކުގެ ތެރޭގައި ހޮންކޮންގުގައި ރަޖިސްޓަރީކޮށްފައިވާ ދެ ޝިޕިންގ ކުންފުނި ކަމަށްވާ ޔުނިކޯ ޝިޕިންގ ލޯ ލިމިޓެޑާއި އެތީނާ ޝިޕިންގ ކޯ ލިމިޓެޑް ހިމެނެއެވެ.

މީގެއިތުރުން، ކައުންޓަރ-ޓެރަރިޒަމް ފިޔަވަޅުތަކެއްގެ ގޮތުގައި، ޔަމަނުގެ މިލިޝިއާ ގްރޫޕެއް ކަމަށްވާ ޙޫޘީންނާ ދެކޮޅަށްވެސް އެމެރިކާއިން ވަނީ ފިޔަވަޅުތަކެއް އަޅާފައެވެ. އީރާނާ އެއްސަފުގައި ހިމެނޭ މި ޖަމާޢަތާ ދެކޮޅަށް ފިޔަވަޅު އަޅާފައިވަނީ، ޣައިރު ޤާނޫނީ ތެލުގެ ވިޔަފާރިއާއި ޝިޕިންގ އޮޕަރޭޝަންތަކުގައި އެ ޖަމާޢަތުން ބައިވެރިވާތީ ކަމަށް އެމެރިކާއިން ބަޔާންކޮށްފައިވެއެވެ. މި ފިޔަވަޅުތައް އަމާޒުކޮށްފައިވަނީ ހަތަރު ފަރުދުންނާއި، 12 ކުންފުންޏަކާއި އަދި ދެ އުޅަނދަކާ ދެކޮޅަށެވެ. މި ފަރާތްތައް މެދުވެރިކޮށް ޙޫޘީންނަށް އެހީތެރިވުމުގެ ގޮތުން ތެޔޮ އަދި އެހެނިހެން ޤާނޫނާ ޚިލާފު މުދާ އެތެރެކޮށްފައިވާ ކަމަށް އެމެރިކާއިން ތުހުމަތުކުރެއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

މަމްދާނީއާ ވާހަކަ ދައްކަން ތައްޔާރު، އެއްބާރުލުން ނުދޭނަމަ މަމްދާނީގެ މަސައްކަތަށް ހުރަސްއަޅާނަން: ޓްރަމްޕް

ނިއުޔޯކް ސިޓީގެ މޭޔަރުކަމުގެ އިންތިޚާބު ކާމިޔާބު ކުރެއްވި ޒޮހްރާން މަމްދާނީ

މަމްދާނީ ހޯއްދެވި ކާމިޔާބީއަށް ޔޫގަންޑާގެ ޒުވާނުންވެސް އުފާފާޅުކުރަނީ

މަމްދާނީގެ ސަޕޯޓަރުން މަގުތަކަށް ނުކުމެ އުފާފާޅުކުރަން ފަށައިފި

ނިއުޔޯކް ސިޓީގެ މޭޔަރުކަމުގެ އިންތިޚާބު ޒޮހްރާން މަމްދާނީ ކާމިޔާބު ކުރައްވައިފި

TTH_advertisement