ކުއްލި ޚަބަރު

ކޮންމެހެން ދާންޖެހިގެން ނޫނީ ނޭޕާލަށް ނުދިޔުމަށް ފޮރިން މިނިސްޓްރީން އިލްތިމާސްކޮށްފި

ދިވެހި ޤައުމީ ޓީމު ހޯދި ކާމިޔާބީއަށް ފަޚުރުވެރިވަން: ރައީސް

ރާއްޖެއަށް މެޑިކަލް ސާމާނު އެތެރެކުރަން ސަރުކާރު ކުންފުންޏެއް އުފައްދައިފި

ކަރަންޓު ވިއުގަ އަޕްގްރޭޑް ކުރާތީ، މާލެ އާއި ހުޅުމާލޭގެ ބައެއް ސަރަހައްދުތަކުން މާދަމާ ކަރަންޓު ކެނޑޭނެ

stelco

ކަރަންޓު ވިއުގަ އަޕްގްރޭޑް ކުރުމުގެ މަސައްކަތަށް މާދަމާ މާލެ އާއި ހުޅުމާލޭގެ އެކި ސަރަހައްދުތަކުން ކަރަންޓު ކެނޑުމަށް ހަމަޖެހިފައިވާ ކަމަށް ސްޓެލްކޯއިން މިއަދު ބުނެފިއެވެ.

ސްޓެލްކޯއިން މިއަދު އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ މާލޭގެ އެކި ސަރަހައްދުތަކުން މާދަމާ ހެނދުނު 9:00 އިން ފެށިގެން ހަވީރު 4:00އާ ދޭތެރޭގެ ވަގުތެއްގައި ކަރަންޓު ކެނޑިދާނެ ކަމަށެވެ.

އަދި ހުޅުމާލޭގެ އެކި ސަރަހައްދުތަކުން މާދަމާ ހެނދުނު 10:00 އިން 11:00 އާ ދެމެދުގެ ވަގުތެއްގައި ކަރަންޓު ކެނޑިދާނެ ކަމަށެވެ.

މާލެއިން ކަރަންޓު ކެނޑިދާނެ ސަރަހައްދުތައް:
ބޮޑުތަކުރުފާނު މަގު، ހަވީރީ ހިނގުން، ލައިނޫފަރު ހިނގުން އަދި މީރުބަހުރު ހިނގުން – ހެނދުނު 09:00 އާއި މެންދުރު 12:00 އާ ދެމެދު
ބުރުޒު މަގު އަދި އައިމިނާރަނި ހިނގުން – ހެނދުނު 10:00 އާއި މެންދުރު 12:00 އާ ދެމެދު
ގުލޭނޫރަން މަގު، ސިއްކަގޯޅި، އަދި ކަރަންކާ މަގު – މެންދުރު 2:00 އާއި ހަވީރު 4:00 އާ ދެމެދު
ހުޅުމާލެެއިން ކަރަންޓު ކެނޑިދާނެ ސަރަހައްދުތައް:
ހުޅުމާލެ ފޭސް އެކެއް، ނިރޮޅު މަގު، ދިއްގާ މަގު، ހިރުނދު މަގު އަދި ނިރޮޅު މަގު ގޯޅި 11،12،13 ހިމެނޭ ސަރަހައްދުން ހެނދުނު 10:00 އާއި 11:00 އާ ދެމެދު

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

އަމިއްލަ ފަރާތްތަކުން އަޅާ މިސްކިތްތަކުގެ މަސައްކަތް އަވަހަށް ނިންމުމަށް އާ ސިޔާސަތުތަކެއް ކަނޑައަޅައިފި

haleem igmh

ރާއްޖޭގެ ފުރަތަމަ ނިއޮނޭޓަލް ނަރސެސް ކޮންފަރެންސް ފަށައިފި

madam saajida

އަލަށް އުފަންވާ ކުދިންގެ ފަރުވާއާ ގުޅިފަވާ ޚާއްސަ ޢިލްމީ ޓެކްނޮލޮޖީތައް ބޭނުންވޭ: ސާޖިދާ

66

ކޮންމެހެން ދާންޖެހިގެން ނޫނީ ނޭޕާލަށް ނުދިޔުމަށް ފޮރިން މިނިސްޓްރީން އިލްތިމާސްކޮށްފި

TTH_advertisement ELL Mobile Advertisement