ކުއްލި ޚަބަރު

ބިދޭސީ މީހާގެ މަރާ ގުޅިގެން މީހަކު ހައްޔަރުކޮށްފި

އެކި ފިހާރަތަކަށް ސައްހަނޫން ސުލިޕް ފޮނުވައިގެން ވިޔަފާރިކުރި މީހަކު ހައްޔަރުކޮށްފި

ގުދަނެއްގައި ހިނގި އަލިފާނުގެ ހާދިސާއާ ގުޅިގެން 21 މީހަކަށް ވަގުތީ ބޯހިޔާވަހިކަން ހަމަޖައްސައިދީފި

ނަޝީދު އެމްޑީޕީއަށް ސޮއިކުރައްވާ ހަފުލާއަށް ސަލްޓަން ޕާކު ދޫކުރަން ނިންމައިފި

G30ybas5hi5m08q91zfz
ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ރައީސް މުހައްމަދު ނަޝީދު — ފޮޓޯ: ރައީސް އޮފީސް

އެމްޑީޕީއަށް އަލުން ސޮއިކުރައްވަން ނިންމަވާފައިވާ އެ ޕާޓީގެ ކުރީގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ސޮއިކުރައްވާ ހަފުލާ ބޭއްވުމަށް ސަލްޓަން ޕާކު ދޫކުރުމަށް ނިންމައިފިއެވެ.

އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް އިއްޔެ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވަނީ އެ ހަފުލާއަށް ސަރުކާރުން ތަނެއް ހަމަޖައްސައިދީފައި ނުވާ ކަމަށް ވިދާޅުވެފައެވެ. ނަމަވެސް މި ސަރުކާރުން ހުއްދަ ހޯދުމަކާ ނުލައި ގިނަ ސަރަހައްދުތަކެއް ސިޔާސީ ހަރަކާތް ހިންގުމަށް ބޭނުންކުރެވޭނެ ކަމަށް ވިދާޅުވެ، ރައީސް އޮފީހުގެ ތަރުޖާނު ހީނާ ވަލީދު އެކްސްގައި އިއްޔެ ކުރެއްވި ޕޯސްޓެއްގައި ފައްޔާޒަށް ވަނީ ރައްދުދެއްވައިފައެވެ.

ކޮންސްޓްރަކްޝަން، ހައުސިން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓަރު އަބްދުﷲ މުއްތަލިބު މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ސަލްޓަން ޕާކަކީ މަރާމާތުކުރުމަށް ކޮންސްޓްރަކްޝަން މިނިސްޓްރީން އެދިގެން މާލޭ ސިޓީ ކައުންސިލުން ހަވާލުކޮށްފައިވާ ތަނަކަށްވާތީ އެތަން އެ މިނިސްޓްރީން މިހާތަނަށް ކުއްޔަށް ދީފައިނުވާނެ ކަމަށެވެ. އަދި ކުއްޔަށް ދިނުމަށް އުސޫލެއް ކަނޑައަޅާފައިވެސް ނުވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

“ނަމަވެސް މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީން އިވެންޓެއް ބޭއްވުމަށް މާލެއިން ތަނެއް ހަމަނުޖެހިގެން އެތަން ހޯދުމަށް އެދިފައިވާތީ ސަލްޓަން ޕާކުގެ އިވެންޓް ބާއްވާ ތަން އެ ޕާޓީން އެދިފައިވާ ގޮތަށް ދިނުމަށް މިހާރު ވާނީ ނިންމައިފައެވެ..،” މިނިސްޓަރު ވިދާޅުވިއެވެ.

މިދިޔަ އަންގާރަ ދުވަހު ބޭއްވި ދަ ޑިމޮކްރެޓްސްގެ ނެޝަނަލް އެސެމްބްލީގައި ފާސްކުރި ގަރާރަކުން ވަނީ ނަޝީދު ހިމެނޭހެން އެ ޕާޓީގެ ހުރިހާ މެންބަރުން އެމްޑީޕީއާ ގުޅުމަށް ނިންމައިފައެވެ.

ރައީސް ނަޝީދާއި ޑިމޮކްރެޓްސްގެ މެންބަރުން އެމްޑީޕީއަށް ސޮއިކުރުމަށް ބާއްވާ ހަފުލާ ބޭއްވުމަށް ހަމަޖެހިފައިވަނީ މިމަހުގެ 23 ގައެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Amaan

ފުލުހުންނަށް އިންޒާރުދިން މައްސަލައަކާ ގުޅިގެން ޒާޔާ ފުލުސް އޮފީހަށް ހާޒިރުކުރަނީ

Amaan

ޗާގޯސްގެ ސިޔާދަތީ ބެލެނިވެރިކަން ރާއްޖެއަށް ލިބުމުގެ ފުރުސަތު އަދި އެބައޮތް: ނަޝީދު

Izaam

ތިނަދޫ ސިޓީގެ މޭޔަރު ކަމުގެ އެމްޑީޕީ ޓިކެޓް ކާމިޔާބު ކުރެއްވީ ސައުދު އަލީ

Mm

މާލޭގެ މޭޔަރު ކަމުގެ އެމްޑީޕީ ޓިކެޓް އާދަމް އާޒިމް ކަށަވަރުކުރައްވައިފި

TTH_advertisement