ކުއްލި ޚަބަރު

ކައުންސިލް އިންތިޚާބު: ސުންގަޑި ހަމަވިއިރު ޖުމްލަ 3،547 ފޯމު ހުށަހަޅާފައިވޭ

ވައިގެމަގުން ކުޑަހުވަދުއަށް މަސްތުވާތަކެތި ގެންދަން އުޅުނު މީހަކު ހައްޔަރުކޮށްފި

ޑރ. ޒާހިރު ކޮށްދެއްވި ޚިދުމަތްތައް ފާހަގަކުރައްވައި ރައީސް ޝުކުރުއަދާކުރައްވައިފި

އިޞްލާޙީ މަރުކަޒުތަކުގެ ޤަވާއިދު އާންމުކޮށްފި

ކުޑަކުދިންގެ އަދުލުގެ ޤާނޫނުގެ ދަށުން ޤާއިމުކުރެވޭ އިޞްލާޙީ މަރުކަޒުތަކުގެ ޤަވާއިދު ދައުލަތުން ވަނީ އާންމުކޮށްފައެވެ. މި ޤަވާއިދަކީ އިޞްލާޙީ ފިޔަވަޅުތަކުގެ ދަށުން ދިގު މުއްދަތަކަށް ބަންދުގައި ބަހައްޓަންޖެހޭ ކުޑަކުދިން ބޭތިއްބުމަށް ޤާއިމުކުރެވޭ މަރުކަޒުތަކާ ގުޅޭ ޤަވާއިދެވެ.

މި ޤަވާއިދުގެ ދަށުން ޤާއިމުކުރެވޭ މަރުކަޒުތައް ހިންގުމުގެ ޒިންމާ އުފުލާނީ މޯލްޑިވްސް ކަރެކްޝަނަލް ސަރވިސަސްއިންނެވެ. ޤަވާއިދުގައި ބަޔާންކޮށްފައިވާ ގޮތުގައި، ދެ ބާވަތެއްގެ މަރުކަޒު ޤާއިމުކުރެވޭނެއެވެ. އެއީ ޖުވެނައިލް ޑިޓެންޝަން ސެންޓަރާއި ދިގު މުއްދަތުގެ ރައްކާތެރި މަރުކަޒެވެ.

ޖުވެނައިލް ޑިޓެންޝަން ސެންޓަރުތަކަކީ ދިގު މުއްދަތަކަށް ބަންދުކުރުމަށް ކޯޓުން ޙުކުމްކުރާ ކުދިންގެ ތެރެއިން، ނުރައްކާތެރި ކުށްތައް ކުރާ ކުދިން ފިޔަވައި އެހެން ކުދިން ބޭތިއްބުމަށް ހަދާ މަރުކަޒުތަކެވެ. އަދި ދިގު މުއްދަތުގެ ރައްކާތެރި މަރުކަޒުތަކަކީ ދިގު މުއްދަތަކަށް ބަންދުކުރުމަށް ކޯޓުން ޙުކުމްކުރާ ކުދިންގެ ތެރެއިން، ޖިނާއީ ބޮޑެތި ކުށްތައް ކުރާ އަދި މުޖުތަމަޢުން އެކަހެރިކޮށްގެން ބަލަހައްޓަންޖެހޭ ކުދިން ބޭތިއްބުމަށް ހަދާ މަރުކަޒުތަކެވެ.

ޤަވާއިދުގައި ބަޔާންކޮށްފައިވާ ގޮތުގައި، މި ދެ ބާވަތުގެ މަރުކަޒުތައް ޤާއިމުކުރަންވާނީ ބޮޑެތި މީހުން ބަންދުކުރާ ތަންތަނާ ވަކިންނެވެ. އަދި މި މަރުކަޒުތައް ހުންނަންވާނީ ކުއްޖާގެ އުމުރާއި ކޮށްފައިވާ ކުށާ އެކަށީގެންވާ ގޮތަށެވެ. މީގެ އިތުރުން، މި މަރުކަޒުތަކުގައި ތިބޭ ކުދިންނަށް ދީނީ، އިޖުތިމާޢީ، ތަޢުލީމީ، ނަފްސާނީ، ޞިއްޙީ އަދި ޖިސްމާނީ ގޮތުން އަޅާލުމާއި ރައްކާތެރިކަން ކަށަވަރުކުރަންވާނެއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Ii

ޖަލު ބަންދު ފިޔަވައި ކަނޑައެޅޭ އިތުރު އަދަބުތައް ތަންފީޒު ކުރުމަށް އެއްބަސްވުމެއް

މަސައްކަތްކުރާ ގައިދީންނަށް ދޭ އެލަވަންސް 25 އަހަރަށްފަހު ބޮޑުކޮށްފި

ޚިޔާނާތުގެ ތުހުމަތު ކުރެވުނު އޭސީޕީ އާސިފް ކަރެކްޝަނުން ވަކިކޮށްފި

ކަރެކްޝަންސްއާ ގުޅިގެން އައްޑޫ ސިޓީ ކައުންސިލުން ޚާއްޞަ މަސައްކަތްތަކެއް ކުރަނީ

TTH_advertisement