ކުއްލި ޚަބަރު

ބިދޭސީން ވިޔަފާރިކުރާ 5 ތަނެއް ބަންދުކޮށް، 3 ބިދޭސީއަކު ހައްޔަރުކޮށްފި

މާލޭ ސިޓީ ކައުންސިލުން 98 މިލިއަން ރުފިޔާ ނުދޭތީ ވެމްކޯއަށް މާލީ ބޮޑު ގެއްލުމެއް

އިޖުތިމާއީ އެހީއަށް އެދުމަށް ޚާއްސަ ހެލްޕް ޑެސްކެއް ގާއިމްކޮށްފި

ތޮއްޑޫގައި ހިނގި އެކްސިޑެންޓެއްގައި ތުއްތު ކުއްޖަކަށް އަނިޔާ ވެއްޖެ

Thodd

އއ. ތޮއްޑޫގައި ރޭ ބާރު ސްޕީޑުގައި ދުއްވި ސައިކަލެއްގައި ޖެހި ދެ އަހަރުގެ ތުއްތު ކުއްޖަކަށް އަނިޔާވެއްޖެއެވެ.

މި ހާދިސާ ހިނގާފައިވަނީ ރޭ 19:30 ހާއިރުއެވެ.

މި ހާދިސާ ހިނގި މަންޒަރު ފެންނަ ސީސީޓީވީ ފުޓޭޖެއް މިހާރު ވަނީ ސޯޝަލް މީޑިއާގައި ދައުރުވާން ފަށާފައެވެ. އެ ވީޑިއޯއިން ފެންނަ ގޮތުގައި ތިން އަންހެނަކާ އެކު މަގުމަތިން ހިނގާފައިދިޔަ ތުއްތު ކުއްޖަކު މަގުމައްޗަށް ދުއްވައިގަތް ވަގުތު، ބާރު ސްޕީޑުގައި އެ މަގުން ދުއްވާފައި އައި ސައިކަލެއްގައި ޖެހި، ވިއްސައިގެން ގޮސްފައިވެއެވެ. މި މަންޒަރުތަކަކީ ހިތާމަވެރި މަންޒަރުތަކެކެވެ.

ތޮއްޑޫ ކައުންސިލްގެ މެންބަރަކު ވިދާޅުވީ، މި ހާދިސާގައި އަނިޔާވި ކުއްޖާގެ ހާލަތު މިހާރު ވަނީ ސްޓޭބަލްވެފައި ކަމަށެވެ.

މި މައްސަލަ ފުލުހުންނަށް ރިޕޯޓު ކުރުމުން، ފުލުހުން ވަނީ މި ހާދިސާގައި ބޭނުންކުރި ސައިކަލު ޓޯކޮށްފައެވެ. އަދި މި މައްސަލައިގެ ތަހުގީގު މިހާރު ދަނީ ކުރިއަށް ކަމަށް ފުލުހުން މައުލޫމާތު ދެއްވައެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

414874 e950498c 3

ތޮއްޑޫގައި ހޮސްޕިޓަލެއް ތަރައްގީކުރަން ރައީސް ނިންމަވައިފި

ބީއެމްއެލް ޑޮލަރު އޭޓީއެމްގެ ޚިދުމަތް ތޮއްޑޫގައި ފަށައިފި

ތޮއްޑޫ ކައުންސިލް އައު އިމާރާތުގެ ބިންގާ އަޅައިފި

Qopgqd2u8msrt8fegt15djuvhqsf7gh6wihvdkag

ތޮއްޑޫގައި ބަރަހަނާ ހާލުގައި އުޅުނު ފަތުރުވެރިޔަކު، ފުލުހުންގެ އަމުރަށް ނުކިޔަމަންތެރިވުމުން ހައްޔަރުކޮށްފި

TTH_advertisement