ކުއްލި ޚަބަރު

ކެންޑިޑޭޓުންގެ ނަންތައް ތަރުތީބުކުރުން ހުރިހާ ރަށެއްގައި މާދަމާ އޮންނާނެ: އީސީ

މޯލްޑިވްސް- ޖަރމަނީ ބިޒްނަސް ރައުންޑްޓޭބަލްގައި ރައީސް މުއިއްޒު ބައިވެރިވެވަޑައިގަންނަވައިފި

ނާރުގެ ބަލިތަކަށް ފަރުވާދޭ ސެންޓަރެއް އައިޖީއެމްއެޗްގައި ހުޅުވައިފި

މެރކް ފައުންޑޭޝަންގެ “މޯރ ދޭން އަ މަދަރ” ކެމްޕޭންގެ އެމްބެސެޑަރަކަށް މެޑަމް ސާޖިދާ

މެރކް ފައުންޑޭޝަންގެ “މޯރ ދޭން އަ މަދަރ” ކެމްޕޭންގެ އެމްބެސެޑަރަކަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އަނބިކަނބަލުން، މެޑަމް ސާޖިދާ މުޙައްމަދު ހަމަޖައްސަވައިފި އެވެ.

“މޯ ދޭން އަ މަދަރ” ކެމްޕޭންގެ އެމްބެސެޑަރަކަށް އެކަމަނާ ހަމަޖައްސަވާފައިވާކަން ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫ.އޭ.އީ)ގެ ދުބާއީގައި މިހާރު ކުރިއަށްދާ މެރކް ފައުންޑޭޝަން ފަސްޓް ލޭޑީސް އިނިޝިއޭޓިވް (އެމް.އެފް.އެފް.އެލް.އައި) ސަމިޓް ގައި ވަނީ އިޢުލާނު ކުރައްވާފަ އެވެ. އެ ބައްދަލްވުމުގައި އެކަމަނާ ދަނީ ބައިވެރިވެވަޑައިގަންނަވަމުންނެވެ.

ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫ.އޭ.އީ)ގެ ދުބާއީގައި މިހާރު ކުރިއަށްދާ މެރކް ފައުންޑޭޝަން ފަސްޓް ލޭޑީސް އިނިޝިއޭޓިވް (އެމް.އެފް.އެފް.އެލް.އައި)ގެ 7 ވަނަ ސަމިޓު ގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ބައިވެރިވެވަޑައިގަންނަވަނީ ޝަރަފުވެރި މެހެމާނާއެއްގެ ހައިސިއްޔަތުންނެވެ.

އެކަމަނާ ވަނީ މެރކް ފައުންޑޭޝަން ފަސްޓް ލޭޑީސް އިނިޝިއޭޓިވް (އެމް.އެފް.އެފް.އެލް.އައި) ގެ 7 ވަނަ ސަމިޓު ގެ އިފްތިތާޙީ ސެޝަންގައި ތަޤުރީރު ވެސް ކުރައްވާފަ އެވެ.

ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ދެއްކެވި ވާހަކަފުޅުގައި، ޚައިރާތު ފައުންޑޭޝަނެއްގެ ގޮތުގައި 8 އަހަރު، އަދި ފައުންޑޭޝަންގެ 13 އަހަރު ދުވަހުގެ ދިގު ތާރީޚުގައި އިޖުތިމާޢީ ތަރައްޤީގެ ތަފާތު ޕްރޮގްރާމްތައް، މެރކް ފައުންޑޭޝަނުން ހިންގާފައިވާތީ އެކަމަށް މަރުޙަބާ ވިދާޅުވިއެވެ. އަދި މެރކް ފައުންޑޭޝަންގެ “މޯ ދޭން އަ މަދަރ” ކެމްޕޭންގެ އެމްބެސެޑަރަކަށް އެކަމަނާ ޢައްޔަންކުރެއްވިކަމަށްޓަކައި، އެ ފައުންޑޭޝަނަށް ޝުކުރު އަދާކުރެއްވިއެވެ. ހަމަ މިއާއެކު، ދަރިމައިވުމާއި އެމްބްރިޔޮލޮޖީގެ ރޮނގުން ދިވެހި ޑޮކްޓަރުން ތަމްރީނުކުރުމަށް، ފައުންޑޭޝަނުން ސްކޮލަރޝިޕްގެ ފުރުސަތު ދޭކަން ފާހަގަކުރައްވައި، އެކަމަށްޓަކައިވެސް ޝުކުރު އަދާކުރެއްވިއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް އެހީވުމަކީ، ފަޚުރަކަށް ހަދަންޖެހޭ: ސާޖިދާ

ވިމެންސް ލީގު 2025 ގެ ފުރަތަމަ މެޗު މެޑަމް ސާޖިދާ ޝަރަފުވެރިކޮށްދެއްވައިފި

ޑިޖިޓަލް ޕްލެޓްފޯމްތައް، އަންހެނުންނަށް ރައްކާތެރި ތަނަކަށް ހަދަންޖެހޭ: ސާޖިދާ

އަންހެނުންނަށް ހުނަރު ދަސްކޮށްދިނުމަކީ މުޖުތަމަޢަށް ބޮޑެތި ބަދަލުތައް ގެނުވާނެ ކަމެއް: ސާޖިދާ

TTH_advertisement