ކުއްލި ޚަބަރު

ރައީސް މުއިއްޒަށް މަރުގެ އިންޒާރުދިން މަސީހު 10 ދުވަހަށް ބަންދުކޮށްފި

ރައީސް މުއިއްޒަށް މަރުގެ އިންޒާރުދިން މީހާ ހައްޔަރުކޮށްފި

ރައީސް މުއިއްޒަށް މަރުގެ އިޒާރުދިން މައްސަލައެއް ބަލަނީ

ޝަރުތުހަމަނުވާ ފަރާތްތަކަށް ފްލެޓް ނުލިބޭކަން އަންގަން ފަށައިފި

ޖސ

ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙްގެ ސަރުކާރުން ކުރިއަށްގެންދިޔަ “ގެދޮރުވެރިޔާ” ސްކީމްގެ ދަށުން އިމާރާތްކޮށްފައިވާ 4،000 ފުލެޓު ލިބޭ ކަމަށް ކަނޑައަޅާފައިވާ ފަރާތްތަކުގެ ތެރެއިން، ޝަރުތު ހަމަނުވާ ފަރާތްތަކަށް ފުލެޓު ނުލިބޭކަން އަންގަން ފަށައިފިއެވެ.

އިމާރާތްކުރުމާއި، ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވުޒާރާގެ އޮފިޝަލަކު ވިދާޅުވީ، 4،000 ފުލެޓު ލިބޭ މީހުންގެ ލިސްޓުގައި މީގެ ކުރިން ހިންގި “ހިޔާ” އަދި “ވިނަރެސް” މަޝްރޫޢުތަކުންވެސް ފުލެޓު ލިބުނު މީހުން ހިމެނޭ ކަމަށެވެ. އެ ފަރާތްތައް އައު ފުލެޓުތައް ލިބޭ މީހުންގެ ލިސްޓުގައި އޮތަސް، ލިސްޓު ރިވިއުކުރުމަށްފަހު ޝަރުތު ހަމަނުވާކަން އެ ފަރާތްތަކަށް އެންގުމުގެ މަސައްކަތް މިހާރު އެ ވުޒާރާއިން ދަނީ ކުރަމުންނެވެ.

ގެދޮރުވެރިޔާ ސްކީމްގެ ފުލެޓު މައްސަލައިގައި އޭސީސީން ކުރި ތަޙުޤީޤަށް ފަހު ބުނެފައިވަނީ ފުރަތަމަ ބުރުގެ 4،000 ފުލެޓު ދިނުމަށް ކުރީ ސަރުކާރުން ކަނޑައެޅި މީހުންގެ ތެރެއިން ފުލެޓަށް ޝަރުތު ހަމަވަނީ އެންމެ 20 އިންސައްތަ މީހުން ކަމަށެވެ. އެކަމާ ގުޅިގެން އިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވުޒާރާއިން ވަނީ ފުލެޓު ލިސްޓް ރިވިއުކުރުމުގެ މަސައްކަތްވެސް ކޮށްފައެވެ.

ފުލެޓު ލިސްޓް ރިވިއު ކުރުމަށްފަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބް ވިދާޅުވީ 4،000 ފުލެޓު ލިބޭ ކަމަށް ޝަރުތު ހަމަވީ އެންމެ 1،820 މީހުން ކަމަށެވެ.

ނަމަވެސް، 4،000 ފުލެޓު ލިބޭ ފަރާތްތަކުގެ ފައިނަލް ލިސްޓުގެ ގޮތުގައި ދެން ބަލާނީ ރައީސް ޞާލިޙްގެ ސަރުކާރުން ނެރުނު ލިސްޓު ކަމަށާއި، މި ސަރުކާރުން އިތުރު ލިސްޓެއް ނުނެރޭނެ ކަމުގައި މި ފަހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވަޒީރު ޑރ. މުއްޠަލިބް ވަނީ ވިދާޅުވެފައެވެ. އެހެންނަމަވެސް، އެ ލިސްޓުގައި ހިމެނޭ ފުލެޓަށް ޝަރުތު ހަމަނުވާ ފަރާތްތައް ލިސްޓުން އުނިކުރާނެ ކަމަށް ވަޒީރު ވަނީ ވިދާޅުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Whatsapp image 2025 07 31 at 11.30.44

ރައީސް މުއިއްޒަށް މަރުގެ އިންޒާރުދިން މަސީހު 10 ދުވަހަށް ބަންދުކޮށްފި

Bml

ބޭސްފަރުވާއަށް ބޭރަށް ފުރާ ބަލިމީހުންނަށް މީގެފަހުން 2،000 ޑޮލަރު ވިއްކާނެ: ބީއެމްއެލް

ކުޅިވަރު ވަސީލަތްތައް ގާއިމުކުރުމުގެ 24 މަޝްރޫއެއް ދެ ކުންފުންޏަކާ ހަވާލުކޮށްފި

ނިއުޔޯކް ޑެކްލެރޭޝަނަކީ ފަލަސްޠީނުގެ ދައުލަތް ބަލައިގަތުމަށް ފާޅުކަން ބޮޑު ހެއްކެއް: ރައީސް

TTH_advertisement ELL Mobile Advertisement