ކުއްލި ޚަބަރު

ބީއެމްއެލް މެދުވެރިކޮށް 3000 ހައުސިން ޔުނިޓު އަޅަން ބިން ހަވާލުކޮށްފި

55 ކައުންސިލް އިދާރާގެ އިމާރާތް އަންނަ ޖުލައި މަހު ނިމޭނެ: މިނިސްޓްރީ

ބީއެމްއެލްގެ ޓްރާންސެކްޝަން ތަކަށް ވަޓްސްއެޕް މެދުވެރިކޮށް އޯޓީޕީ ލިބޭގޮތް ހަދައިފި

ސްރީލަންކާގެ ޓީވެޓް ކޮލެޖްތައް ސަސްޕެންޑްކުރުން؛ ދަރިވަރުން އަވަހަށް އެމްކިއުއޭއަށް އެންގުމަށް އެދިއްޖެ

ސްރީލަންކާގެ ޓީވެޓްގައި ރަޖިސްޓްރީ ކޮށްފައިވާ ބައެއް ކޮލެޖްތައް ސަސްޕެންޑްކޮށްފައިވާކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ (އެމްކިއުއޭ) އިން ހާމަކޮށްފިއެވެ.  މަތީ ތަޢުލީމީ މަރުކަޒުތަކުގެ ހުއްދަ ވަނީ ހިފަހައްޓާފައެވެ.

އެމްކިއުއޭއިން ހާމަކުރިގޮތުގައި މިޙާތަނަށް ސަސްޕެންޑްކޮށްފައިވާކަން އެނގިފައިވާ އިންސްޓިޓިއުޓް ތަކަކީ ގިނަ އަދަދެއްގެ ދިވެހި ދަރިވަރުން ތައުލީމު ޙާސިލްކުރާ “މެޓްރޮޕޮލިޓަން ކޮލެޖް” އަދި “އީސޮފްޓް” އެވެ. އެހެންކަމުން، މި މަރުކަޒުތަކުގައި ކިޔަވަމުންދާ ދިވެހި ދަރިވަރުން ވީ އެންމެ އަވަހަކަށް އެމްކިއުއޭގެ އީމެއިލް އެޑްރެސް ([email protected]) މެދުވެރިކޮށް އެކަން އެ އޮތޯރިޓީއަށް އެންގުމަށް އެމްކިއުއޭއިން ވަނީ އެދިފައެވެ.

މީގެ އިތުރުން، މި ދެ މަރުކަޒުގައި އަލަށް ޕްރޮގްރާމްތަކަށް ދަރިވަރުން އެންރޯލް ނުވުމަށާއި އަދި މި މަރުކަޒުތަކުގައި ކިޔެވުމަށް ޝައުގުވެރިވާ ދަރިވަރުން އެ މަރުކަޒުތަކުގައި ރަޖިސްޓްރީ ނުވުމަށް އެމްކިއުއޭ އިން ވަނީ ލަފާ ދީފައެވެ.

މިކަމާއި ގުޅޭގޮތުން މި ކޮލެޖްތަކުން އަދި ވަކި އެއްޗެއް ބުނެފައެއް ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ގުޅުން ހުރި ލިޔުމެއް ނުފެނުނު
TTH_advertisement