ކުއްލި ޚަބަރު

ޑރ. ޒާހިރު ކޮށްދެއްވި ޚިދުމަތްތައް ފާހަގަކުރައްވައި ރައީސް ޝުކުރުއަދާކުރައްވައިފި

ބިދޭސީ މީހާގެ މަރާ ގުޅިގެން މީހަކު ހައްޔަރުކޮށްފި

އެކި ފިހާރަތަކަށް ސައްހަނޫން ސުލިޕް ފޮނުވައިގެން ވިޔަފާރިކުރި މީހަކު ހައްޔަރުކޮށްފި

ލޭގެ ރައްކާތެރިކަން ކަށަވަރުކުރުމަށް އެންމެ ފަހުގެ ޓެސްޓިން މެތަޑް ބޭނުން ކުރަނީ

ހަދިޔާ ކުރާ ލޭގެ ރައްކާތެރިކަން ކަށަވަރުކުރުމަށް އެންމެ ފަހުގެ ޓެސްޓިން މެތަޑް ބޭނުން ކުރަން ނިންމާފައިވާ ކަމަށް ހެލްތް މިނިސްޓްރީން ބުނެފި އެވެ.

އެ މިނިސްޓްރީން އެކަން ހާމަކޮށްފައި ވަނީ ދުނިޔޭގެ ލޭ ހަދިޔާ ކުރާ މީހުންގެ ދުވަހާއި ގުޅިގެން މިއަދު ބޭއްވި ރަސްމިއްޔާތުގަ އެވެ. ޤައުމީ ޔުނިވާސިޓީގައި އޮތް މި ރަސްމިއްޔާތަކީ ލޭ ހަދިޔާ ކުރުމާއި އެކަމަށް ހޭލުންތެރިކަމުގެ ޕްރޮގްރާމްތައް ހިންގުމަށް އެކި ފަރާތްތަކާއެކު އެއްބަސްވުން ޤާއިމު ކުރުމަށް ބޭއްވި ރަސްމިއްޔާތެކެވެ.

މިއަދުގެ ރަސްމިއްޔާތުގައި ހެލްތް މިނިސްޓްރީން ބުނީ ހަދިޔާ ކުރާ ލޭގެ ރައްކާތެރިކަން ކަށަވަރުކުރުމަށް އެންމެ ފަހުގެ ޓެސްޓިން މެތަޑް ބޭނުން ކުރަން ނިންމާފައިވާ ކަމަށެވެ. އަދި ލޭގެ ޚިދުމަތް ދޭ ހުރިހާ ތަނެއްގެ ތަފާސްހިސާބު ޑިޖިޓަލައިޒްކޮށް ބެލެހެއްޓުމުގެ މަސައްކަތް މިހާރު ފަށާފައިވާ ކަމަށް އެ މިނިސްޓްރީން ވަނީ ބުނެފަ އެވެ.

އެކަމުގެ ބޭނުމަކީ ރާއްޖޭގައި ލޭ އެޅުމުގެ ޚިދުމަތް ދެވޭ މިންވަރު ދެނެގަތުން ކަމަށް ހެލްތް މިނިސްޓްރީން ބުނެ އެވެ. މިނިސްޓްރީން ބުނީ އެކަން ކުރަން ފެށުމުން ކަމާގުޅޭ ސިޔާސަތުތައް އެކުލަވާލަން ފަސޭހަ ވެގެންދާނެ ކަމަށެވެ.

މިއަދުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ހެލްތް މިނިސްޓަރު ޢަބްދުﷲ ނާޒިމް އިބްރާހިމް ވަނީ ލޭ ހަދިޔާ ކުރުމުގެ މުހިންމު ކަން ފާހަގަ ކުރައްވާފަ އެވެ. އަދި ލޭ ހަދިޔާ ކުރުމަށް ވީހާވެސް ގިނައިން ހޭލުންެތެރިކުރުވާ އެކަމަށް ބާރު އަޅުވައި ދެއްވުމަށް އެދިވަޑައިގެންނެވި އެވެ.

ލޭ ހަދިޔާ ކުރުމާއި އެކަމަށް ހޭލުންތެރިކަމުގެ ޕްރޮގްރާމްތައް ހިންގުމަށް މިއަދު ވަނީ ޤައުމީ ޔުނިވަރސިޓީ އާއި އިސްލާމީ ޔުނިވަރސިޓީ އާއި ވިލާ ކޮލެޖާއި ޒިކުރާ އިންޓަރނޭޝަނަލް ކޮލެޖާއި މޯލްޑިވްސް ބިޒްނަސް ސްކޫލުގެ އިތުރުން އައިލެންޑް އިންސްޓިޓިއުޝަން އޮފް އެޑިއުކޭޝަންއާއެކު އެއްބަސްވުން ޤާއިމުކޮށްފަ އެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Ii

ދ. އަތޮޅު ހޮސްޕިޓަލްގައި ޑަޔަލިސިސްގެ ޚިދުމަތް ފަށައިފި

Ii

ލެބޯޓަރީގެ ޚިދުމަތް ފަށައި ހުޅުދެލީ ސިއްހީ މަރުކަޒުގެ ޚިދުމަތް 16 ގަޑިއިރަށް ބަދަލުކޮށްފި

778

އަތޮޅު ހޮސްޕިޓަލްތަކަށް ލޯންޗުތައް ފޮނުވައި މި މަހުގެ ނިޔަލަށް ނިންމަނީ

Image 20

ރާއްޖޭގައި ކެންސަރު ބަލި ގިނަވާ ސަބަބު ހޯދަން ދިރާސާއެއް ހެދިފައެއް ނެތް: ނާޒިމް

TTH_advertisement