ކުއްލި ޚަބަރު

ހިޔާ ޓަވަރެއްގައި ރޯވެގެން އިމާރާތުން މީހުން ނެރެފި

ބީއެމްއެލް އިން ތިލަފުށީގައި އޭޓީއެމްގެ ހިދުމަތް ފަށައިފި

ދެކުނުގެ ހަތަރު އަތޮޅު ވައިގެ ދަތުރުފަތުރުން ގުޅާލައިފި

ހާފްވޭ ހައުސްގައި ފަރުވާ ހޯދަމުން ދިޔަ ދެ މީހަކު މަސްތުވެގެން ތިއްބާ ހައްޔަރު ކޮށްފި

ހުޅުމާލޭގައި ހިންގަމުންދާ ފަރުވާދޭ މަރުކަޒެއްގައި ދެ ފަރުވާ ލިބިގަންނަ ފަރާތެއް މަސްތުވާތަކެތީގެ ނުފޫޒުގެ ދަށުގައި ތިބިކަމަށް ބެލެވި ހައްޔަރުކުރެވިއްޖެއެވެ.

ކްރިމިނަލް ކޯޓުން ނެރުނު ބަންދު އަމުރުގައިވާ ގޮތުން، ގއ. ކަނޑުހުޅުދޫ / ވިދާތަރި، އިކުލީލް އިބްރާހިމް އާއި، އދ. މަހިބަދޫ / ރެޑްރޯސް، އަބްދުﷲ ޝާފިއު ހައްޔަރުކުރެވުނީ ހުޅުމާލޭ ހާފްވޭ ހައުސް ބަލައި ފާސްކުރުމުގެ ތެރޭގައި މަސްތުވާތަކެތީގެ ނުފޫޒުގެ ދަށުގައި ތިބިކަމަށް ޝައްކުކުރެވިގެންނެވެ.

ނޭޝަނަލް ޑްރަގް އެޖެންސީން މި މައްސަލަ ފުލުހުންނަށް ހުށަހެޅުމާ ގުޅިގެން، ފުލުހުން ހާފްވޭ ހައުސްއަށް ދިޔައިރު، މި ދެ ފަރާތަށް ރަނގަޅަށް އިށީނދެ ނުތިބެވޭ ކަމަށާއި، އިށީނދެ ތިބޭއިރު ވެއްޓޭ ކަމަށް ފުލުހުންގެ ބަޔާނަށް ހަވާލާދީ ކޯޓު އަމުރުގައި ބަޔާންކޮށްފައިވެއެވެ.

މި ދެ ފަރާތް ހައްޔަރުކޮށް، ކުޑަކަމުދާ ތަކެތި ޓެސްޓުކުރުމުން އިކުލީލް ޕޮޒިޓިވްވެފައިވަނީ އޯޕީއައި އަދި ބެންޒޯއަށް ކަމަށާއި، ޝާފިއު ޕޮޒިޓިވްވެފައިވަނީ އޯޕީއައިއަށް ކަމަށް ފުލުހުން މަޢުލޫމާތު ދީފައިވެއެވެ.

މީގެ ކުރިން 27 ފަހަރު ހައްޔަރުކުރެވިފައިވާ އިކުލީލް ކޯޓުގައި ބުނެފައިވަނީ އޭނާއަކީ ސައިކޭޓްރިސްޓް ބޭސް ބޭނުންކުރާ މީހެއް ކަމަށާއި، މަސްތުވާތަކެތި ބޭނުން ނުކުރާ ކަމަށެވެ. އަދި މީގެ ކުރިން 42 ފަހަރު ހައްޔަރުކުރެވިފައިވާ ޝާފިއު ބުނެފައިވަނީ އޭނާއަކީ ކޮންޓްރޯލްޑް ޑްރަގްސް ބޭނުންކުރާ މީހެއް ކަމަށާއި، އެކަމުގެ ލިޔެކިޔުން އޮންނާނެ ކަމަށެވެ. އަދި ޑްރަގަށް ޕޮޒިޓިވްވެފައިވަނީ ބޭހުގެ ސަބަބުން ކަމަށް ވެދާނެ ކަމަށްވެސް އޭނާ ފާހަގަކޮށްފައިވެއެވެ.

މި މައްސަލައިގައި ކްރިމިނަލް ކޯޓުގެ ޤާޟީ ހުސައިން ފާއިޒު ރަޝާދު އަމުރުކުރައްވާފައިވަނީ، މި ދެ ފަރާތް ވެސް 10 ދުވަހުގެ މުއްދަތަށް ބަންދުގައި ބެހެއްޓުމަށެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Aqeel

އެފްއޭއެމްގެ ހިޔާނާތުގައި ދައުވާކުރާ މުހައްމަދު އަގީލް ބެންކޮކުން ހައްޔަރުކޮށްފި

8w

މީހެއްގެ އެކައުންޓުން ފައިސާ ނެގި މައްސަލާގައި އިތުރު ތިން މީހަކު ހައްޔަރުކޮށްފި

Thilafushi

ތިލަފުށިން ގެއްލިގެން ހޯދަމުންދިއަ މީހާ ނިޔާވެފައި އޮއްވައި ފެނިއްޖެ

Amaan

ތިލަފުށީ ސައިޓެއްގައި މަސައްކަތް ކުރާ ބިދޭސީއަކު ގެއްލިގެން ހޯދަނީ

TTH_advertisement