ކުއްލި ޚަބަރު

މޫސުމީ ދޫނިތައް ހިފާނަމަ ރިޕޯޓްކުރަން ހާއްސަ ހޮޓްލައިނެއް

މާލެ ސަރަހައްދުގައި އާދަޔާ ޚިލާފަށް ވައި ނުސާފުވެ، ރެޑް އެލާޓްގައި

ގައުމީ ފުޓްބޯޅަ ޓީމުތަކުގެ ސްޕޮންސަރަކަށް ބޭންކް އޮފް މޯލްޑިވްސް ހަމަޖައްސައިފި

މައްސަލައެއްގެ ތުހުމަތުވާ މީހަކު ތަހުގީގަށް ހާޒިރުވުމަށް އަންގައި އިއުލާންކޮށްފި

1 suspect 8 20ab240ab7

މައްސަލައެއްގެ ތުހުމަތުވާ މީހަކު އުޅޭ ތަނެއް ނޭނގުމުގެ ސަބަބުން ތަހުގީގަށް ހާޒިރުވުމަށް އަންގައި އިއުލާންކޮށްފިއެވެ.

އެ މައްސަލައިގައި ތުހުމަތުކުރަނީ ނ. މަނަދޫ / ރީހުއްސަބާ، އަހުމަދު ހިޝާމް (35އ)ގެ މައްޗަށެވެ. ނަމަވެސް އެއީ ކޮން މައްސަލައެއްގެ ތުހުމަތުގައި ކަމެއް ފުލުހުން ބުނެފައެއް ނުވެއެވެ.

ފުލުހުން މިއަދު ބުނީ މ. މުލީ ޕޮލިސް ސްޓޭޝަނުން ތަހުގީގު ކުރަމުންދާ މައްސަލައެއްގެ ތަހުގީގަށް މީހަކު ހާޒިރުކުރަން ބޭނުންވެ، އުޅޭ ވަކިތަނެއް ނޭނގުމުގެ ސަބަބުން ތަހުގީގަށް ހާޒިރުވުމަށް ޗިޓު ރައްދުކުރެވިފައި ނުވާ ކަމަށެވެ.

އެހެންކަމުން ޖިނާއީ މައްސަލަތައް ތަހުގީގުކުރުމުގައި ފުލުހުން އަމަލުކުރާނެ އިޖުރާއަތުގެ ގަވާއިދުގެ 27 ވަނަ މާއްދާގައިވާ ގޮތުގެމަތިން ތަހުގީގަށް ހާޒިރުވުމަށް އަންގައި އިއުލާނުކުރާ ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ މައްސަލައިގެ ތަހުގީގަށް ތުހުމަތުގައި ސުވާލުކުރުމަށް އަހުމަދު ހިޝާމް، މ. މުލީ ޕޮލިސް ސްޓޭޝަނަށް ނުވަތަ އެންމެ ކައިރި ޕޮލިސް ސްޓޭޝަނަކަށް، މިމަހުގެ 15 ވަނަ ދުވަހުގެ 14:00 އަށް ހާޒިރުވުމަށް އަންގާ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

police

ގެއްލިގެން ހޯދަމުންދިޔަ 15 އަހަރުގެ ކުއްޖާވަނީ ފެނިފައި، ހާލު ރަނގަޅު

ސައިކަލެއް ވަގަށް ނަގައިގެން ދުއްވިކަމުގެ ތުހުމަތުގައި ހުޅުމާލެއިން ދެ މީހަކު ހައްޔަރުކޮށްފި

ދެ މީހުން ހައްޔަރުކުރި ތުހުމަތުތައް ފުލުހުން ސާފުކޮށްދީފި

އިންސްޕެކްޓަރ ކޯހުގެ ހަތަރު ވަނަ ބުރު ފަށައިފި

TTH_advertisement