ދަތުރުފަތުރާއި މަދަނީ އުދުހުންތަކާ ބެހޭ ވަޒީރު މުޙައްމަދު އަމީން ވިދާޅުވެފައިވަނީ، އާންމު ރައްޔިތުންގެ އުޅަނދުތަކުގެ ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އެކަށީގެންވާ ނިޒާމެއް ތަޢާރަފުކުރުމަށް ސަރުކާރުން މަސައްކަތްކުރަމުން ގެންދާ ކަމަށެވެ.
ވަޒީރު އަމީން ފާހަގަކުރެއްވި ގޮތުގައި، ރާއްޖޭގައި ގިނަ އަދަދެއްގެ އުޅަނދުތައް ބޭނުންކުރަމުން ދިޔަ ނަމަވެސް، މި އުޅަނދުތަކަށް އެކަށީގެންވާ ރައްކާތެރިކަމެއް ފޯރުކޮށްދެވިފައި ނުވެއެވެ. މި ކަމަކީ ގިނަ ބައެއްގެ ކަންބޮޑުވުން އޮތް މައްސަލައެއް ކަމުގައި ވަޒީރު ފާހަގަކުރެއްވިއެވެ.
“މިހާރު ރާއްޖޭގައި ބޭނުންކުރެވޭ ގިނަ އަދަދެއްގެ އެއްގަމާއި ކަނޑު އުޅަނދުތަކުގެ ވެރިފަރާތްތަކަށް އެކަށީގެންވާ ސެކިއުރިޓީއެއް ލިބިފައެއް ނުވޭ. މި ހާލަތުގައި އުޅަނދުތައް ވަގަށް ނެގުމާއި ގެއްލުން ދިނުމުގެ ފުރުޞަތު އެބައޮތް. ފުލުހުންނަށް މި ހުރިހާ އުޅަނދެއް ބެލެހެއްޓުމަކީ ޢަމަލީގޮތުން ކުރެވޭނެ ކަމެއް ނޫން. ނަމަވެސް، ދުނިޔޭގައި މިހާރު ބޭނުންކުރެވޭ ޓެކްނޮލޮޖީގެ އެހީގައި އުޅަނދުގެ ވެރިފަރާތަށް އެ އުޅަނދު ހަރަކާތްތެރިވާ ގޮތް ދެނެގަނެވޭނެ. މި ޓެކްނޮލޮޖީ ރާއްޖެއަށް ގެނެސް ރައްޔިތުންނަށް ފޯރުކޮށްދިނުމަކީ ސަރުކާރުގެ ޒިންމާއެއް,” ވަޒީރު ވިދާޅުވިއެވެ.
ވަޒީރު އަމީން އިތުރަށް ފާހަގަކުރެއްވި ގޮތުގައި، މި ޓެކްނޮލޮޖީ ރާއްޖެއަށް ތަޢާރަފުކުރެވިއްޖެނަމަ ގިނަގުނަ ފައިދާތަކެއް ކުރާނެއެވެ. މީގެ ތެރޭގައި ޤާނޫނުތައް ތަންފީޒުކުރުމަށް ކަމާބެހޭ އިދާރާތަކަށް ލުއިފަސޭހަކަން ލިބުމާއި، އާންމު ފަރާތްތަކުގެ އުޅަނދުތަކަށް ގެއްލުމެއް ދޭން އުޅޭނަމަ އެކަން ދެނެގަތުމުގެ ފުރުޞަތު ލިބިގެންދިއުން ހިމެނެއެވެ.
“އާރްއެފްއައިޑީ ޓެކްނޮލޮޖީގެ ބޭނުންކޮށްގެން ނަންބަރު ޕްލޭޓްގެ މައްސަލަތައް ޙައްލުކުރެވޭނެ. އަދި އުޅަނދުތަކާމެދު ހުއްދަނޫން ޢަމަލެއް ހިންގާނަމަ އެލާޓް ސިސްޓަމްތައް ޤާއިމުކުރެވޭނެ. މީގެ އިތުރުން، ބާރު ސްޕީޑުގައި ދުއްވުން ފަދަ ކަންކަން ތަންފީޒީ އިދާރާތަކަށް ފާހަގަކުރެވޭނެ. މި ޓެކްނޮލޮޖީ ދުނިޔޭގައި މިހާރުވެސް ބޭނުންކުރެވެމުންދޭ. އެހެންކަމުން، މިހާރު ރާއްޖެއަށްވެސް މި ޓެކްނޮލޮޖީ ތަޢާރަފުކުރަން ޖެހިއްޖެ,” ވަޒީރު ވިދާޅުވިއެވެ.
ވަޒީރު އަމީން އިތުރަށް ވިދާޅުވީ، މި ޓެކްނޮލޮޖީ ރާއްޖެއަށް ތަޢާރަފުކވަޒީރު އަމީން އިތުރަށް ވިދާޅުވީ، މި ޓެކްނޮލޮޖީ ރާއްޖެއަށް ތަޢާރަފުކުރެވިއްޖެނަމަ، ރާއްޖޭގެ ދަތުރުފަތުރުގެ ނިޒާމުގައި ބޭނުންކުރެވޭ އުޅަނދުތަކަށް އެކަށީގެންވާ ރައްކާތެރިކަމެއް ފޯރުކޮށްދެވޭނެ ކަމަށެވެ. އަދި މިކަމުގެ ސަބަބުން ރައްޔިތުންނަށް އެ ފަރާތްތަކުގެ މުދަލުގެ ރައްކާތެރިކަން ކަށަވަރުވެގެންދާނެ ކަމަށްވެސް ވަޒީރު ފާހަގަކުރެއްވިއެވެ.
ދަތުރުފަތުރުގެ ނިޒާމުގައި ހުރި ގޮންޖެހުންތައް ޙައްލުކުރުމަށް ސަރުކާރުން މަސައްކަތްކުރަމުންދާއިރު، މާލެ ސަރަހައްދުގައި މި މައްސަލަ ޙައްލުކުރުމަށްޓަކައި “މާލެފަހި” ނަމުގައި ޚާއްޞަ ޕްރޮގްރާމެއް ވަނީ ފަށާފައެވެ. ސަރުކާރުން ޢާންމުކޮށްފައިވާ ފަހުގެ ތަފާސްހިސާބުތަކަށް ބަލާއިރު، މާލެ ސަރަހައްދުގައި އެކަނިވެސް 118,000 އަށްވުރެ ގިނަ އުޅަނދު ރަޖިސްޓްރީކުރެވިފައިވެއެވެ. މީގެ ތެރެއިން ގިނައީ ދެ ފުރޮޅުލީ އުޅަނދުތައް ކަމަށްވާއިރު، ރާއްޖޭގައި ރަޖިސްޓްރީކޮށްފައިވާ ދެ ފުރޮޅުލީ އުޅަނދުތަކުގެ 70 އިންސައްތައަކީ މާލެ ސަރަހައްދަށް ރަޖިސްޓްރީކުރެވިފައިވާ އުޅަނދުތައްކަން ތަފާސްހިސާބުތަކުން ދައްކައެވެ.
ރާއްޖޭގެ ދަތުރުފަތުރުގެ ނިޒާމު ހަރުދަނާކޮށް، އުޅަނދުތަކުގެ ރައްކާތެރިކަން ކަށަވަރުކުރުމަކީ ވަރަށް މުހިންމު ކަމެކެވެ. ސަރުކާރުން މި ދާއިރާއަށް ގެންނަން ގަސްދުކުރާ ޓެކްނޮލޮޖީގެ ސަބަބުން، އުޅަނދުތަކުގެ ވެރިފަރާތްތަކަށާއި ތަންފީޒީ އިދާރާތަކަށް ގިނަގުނަ ފައިދާތަކެއް ކުރާނެ ކަމަށް އުންމީދުކުރެވެއެވެ. މި ކަމުގެ ސަބަބުން ދަތުރުފަތުރުގެ ނިޒާމު އިތުރަށް ހަރުދަނާވެ، ރައްޔިތުންނަށް އިތުރު ހިތްހަމަޖެހުމަކާއި ރައްކާތެރިކަމެއް ލިބިގެންދާނެ ކަމެކެއެވެ.
ކިޔުންތެރިންގެ ހިޔާލު