ކުއްލި ޚަބަރު

ބަދަލުގެ ގޮތުގައި މިދިޔަ ސަރުކާރުން އެއްވެސް ފައިސާއެއް ނުލިބޭ: ސައުދުﷲ

ދެ ކޮންޓެއިނަރުގެ ސިނގިރޭޓް ގެއްލުނު މައްސަލަ ތަހުގީގު ކުރަނީ

 ބީއެމްއެލް އިން ހިޔާވެހި ސްކީމްގެ ހައުސިންގ ޕްރޮޖެކްޓްތަކަށް ފައިނޭންސިންގ އެޕްރޫވްކުރަން ފަށައިފި

އައިޔޫއެމްއާ ޖެހިގެން އޮތް ޕާކްގެ ހިމެނޭ ބިން އެ ޔުނިވާސިޓީއަށް ލިބިއްޖެ

Ium

ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވާސިޓީ ހިންގަމުން އަންނަ އިމާރާތާ ޖެހިގެން އޮތް ޕާކު ނުވަތަ ދޮންހުރާ ގޯޅީގައި އޮތް ހުސްބިމުގެ ރަޖިސްޓްރީ އެ ޔުނިވާސިޓީ އަށް ލިބިއްޖެ އެވެ.

އައިޔޫއެމްގެ ޑެޕިއުޓީ ވައިސް ޗާންސެލަރ ޑރ. އަލީ ޒާހިރު ބިން ސައީދު ވިދާޅުވީ މިހާރު ޕާކެއް ހިންގަމުންދާ އެ ބިމަކީ މީގެ އަހަރުތަކެއް ކުރިން އިސްލާމީ ޔުނިވަސިޓީން ގަނެފައިވާ ބިމެއް ނަމަވެސް މިހާތަނަށް އައިރުވެސް އެތަނުގެ ރަޖިސްޓްރީ ލިބިފައިނުވާކަމަށެވެ.

މި ބިން ލިބުނީ މި ސަރުކާރު އައި ފަހުންކަން ފާހަގަކުރައްވަމުން ޑރ. އަލީ ޒާހިރު ވިދާޅުވީ ޔުނިވަރސިޓީއަށް ބޭނުންވާ ވަސީލަތްތައް ހޯދައިދިނުމުގައި ސަރުކާރުން ވަރަށް ބޮޑު މަސައްކަތްތަކެއް ކުރަމުންދާކަމަށާއި ޔުނިވަރސިޓީއަށް ވެހިކަލެއް ހޯދުމުގެ މަސައްކަތްވެސް ސަރުކާރުގެ އެހީތެރިކަމާއެކު ލިބިގެންދާނެ ކަމަށެވެ.

“އެއީ އަސްލު ހަޤީގަތުގައި ޔުނިވަރސިޓީގެ މިލްކެއް. އެހެންވީމާ ޔުނިވަރސިޓީއަށް ބޭނުންވާ ވަޞީލަތްތައް ހޯދައިދިނުމުގައި ސަރުކާރުން ވަރަށް ބޮޑު މަސައްކަތްތަކެއް އެބަކުރޭ. ޔުނިވަރސިޓީއަކަށް ވީ ހިސާބުން ފެށިގެން އަދި ޔުނިވަރސިޓީގައި ވެހިކަލްއެއް ނުވެއްނެތް. ވަރަށް އަވަހަށް އެކަންވެސް ސަރުކާރުގެ އެހީތެރިކަމާއެކު އަޅުގަނޑުމެންނަށް ހަމަޖެހިގެންދާނެ. ވަރަށް އަވަހަށް ޔުނިވަރސިޓީ ތެރޭގައި އެ ޚިދުމަތް ލިބޭނެ ގޮތް ވަނީ ފަހިވެފައި” ޑރ. އަލީ ޒާހިރު ބިން ސައީދު ވިދާޅުވި އެވެ.

ޔުނިވަރސިޓީއަށް ދެމެހެއްޓިނިވި ގޮތެއްގައި އާމްދަނީ ހޯދުމުގެ ގޮތުން ހިންގޭ ސަނާބިލް އިމާރާތުގެ މަސައްކަތްވެސް ކުރިއަށްދާ ކަމަށާއި މިކަމަށް ސަރުކާރުން އެ ޔުނިވަރސިޓީއަށް 35000 އަކަފޫޓުގެ ބިމެއް ހަމަޖައްސަވާދެއްވާފައިވާކަމަށް ޑރ.އަލީ ޒާހިރު ވިދާޅުވި އެވެ.

މި މަޝްރޫއުގެ ދަށުން ޔުނިވަރސިޓީގެ ބިމެއްގައި 7 ބުރީގެ “މިކްސްޑް-ޔޫޒް ކޮމްޕްލެކްސް” އެއް ބިނާކުރުމަށް ވަނީ ހަމަޖެހިފައިވާއިރު، މި އިމާރާތުގައި އޮފީސް ސްޕޭސްތަކާއި، ފުޑް ކޯޓާއި، މީޓިންގ ރޫމްތަކާއި، އޮޑިޓޯރިއަމް އަދި ކޮމާޝަން ޕާކިންގ ޖާގަތައް ހިމެނޭނެ އެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Mal

ބަދަލުގެ ގޮތުގައި މިދިޔަ ސަރުކާރުން އެއްވެސް ފައިސާއެއް ނުލިބޭ: ސައުދުﷲ

1234

ދެ ކޮންޓެއިނަރުގެ ސިނގިރޭޓް ގެއްލުނު މައްސަލަ ތަހުގީގު ކުރަނީ

Ameeeee

ނުހައްގުން ބަދަލުދިން ކަމުގެ ތުހުމަތުގައި ފައްޔާޒާއި އަމީރު އޭސީސީއަށް ހާޒިރުވާން އަންގައިފި

މާފަންނު ބޮޑުގެ މިސްކިތް ތަޅާލާ ޒަމާނީ ރީތި މިސްކިތެއް ބިނާކުރަނީ

TTH_advertisement