ކުއްލި ޚަބަރު

އަރަބިއްޔާ ސްކޫލް ހިންގި އިމާރާތް ތަޅާލައި ޕާކަކާއި ޕާކިން ޒޯނެއް ތަރައްގީކުރަނީ

ޒާތީ މައުލޫމާތު ހާމަކުރުމުގެ މަގްސަދެއް ނެތް، ޒަކާތު ފަންޑަށް އޮތް އިތުބާރު ގެއްލޭތީ ހަގީގަތް ހާމަކުރީ: ޝަހީމް

ގެމަނަފުށީ މިސްކިތުގެ މަސައްކަތް ނިންމަން އާރްޑީސީން ތައްޔާރުވެއްޖެ

އިސްރަށްވެހިންގެ ހަނދާންތަކާއި ވާހަކަތައް އެއްކުރަނީ

ދިވެހި ބަހާއި ސަޤާފަތާއި ތަރިކައާ ބެހޭ ވަޒީރު އާދަމް ނަޞީރު އިބްރާހީމް ވިދާޅުވެފައިވަނީ، އިސްރަށްވެހިންގެ ހަނދާންތަކާއި ވާހަކަތައް އެއްކުރުމުގެ މުހިންމު މަޝްރޫޢުގެ ޢަމަލީ މަސައްކަތް ފެށުމަށް ވަރަށް ގިނަ ތައްޔާރީތަކެއް މިހާރު ކުރެވެމުންދާ ކަމަށެވެ.

ވަޒީރު އިތުރަށް ތަފްޞީލުކޮށްދެއްވާފައިވާ ގޮތުގައި، މި މަޝްރޫޢަކީ “އޯރަލް ހިސްޓްރީ” އެއްކުރުމުގެ މަސައްކަތެއް ކަމަށާއި، މިކަމާ ގުޅޭ ޢިލްމީ މަޢުލޫމާތު ރާއްޖެއަށް ގެނައުމާއި، އެ މަޢުލޫމާތު ދިވެހި ބަހަށް ތަރުޖަމާކުރުމުގެ މަސައްކަތްތައް މިހާރު ކުރިއަށްދާ ކަމަށެވެ. މި މަޝްރޫޢުގެ މަޤްޞަދަކީ، ޢިލްމީ ހަމަތަކެއްގެ މަތިން، ވަކި ގޮތަކަށް ތަރުތީބުކުރެވިގެން، އިސްރަށްވެހިންނާ ބައްދަލުކޮށް، އެ ބޭފުޅުންގެ ހަނދާންތަކާއި ތަޖުރިބާތައް ރެކޯޑުކުރުމެވެ.

ވަޒީރު އާދަމް ނަޞީރު އިބްރާހީމް ފާހަގަކުރައްވާފައިވާ ގޮތުގައި، މި މަޝްރޫޢުގެ ސަބަބުން ދިވެހިރާއްޖޭގެ އިޖްތިމާޢީ އަދި ޘަޤާފީ ތާރީޚުގެ މުހިންމު މަޢުލޫމާތުތަކެއް އެއްކުރެވި، ކާބަފައިން ގެންގުޅުނު އުޞޫލުތަކާއި ހަރުދަނާ ސިފަތައް ދެނެގަނެވޭނެއެވެ. މީގެ އިތުރުން، މި މަޢުލޫމާތުތަކުގެ އަލީގައި މުސްތަޤްބަލަށް ފައިދާހުރި ގޮތްތަކެއް ރޭވުމަށް މަގުފަހިވެގެންދާނެ ކަމަށް ވަޒީރު ވިދާޅުވެފައިވެއެވެ.

އަދި ހަމައެހެންމެ، ދިވެހީންގެ ޘަޤާފީ ތަރިކަ ދެނެގަތުމަށްޓަކައި ޔުނިފޯމް ފްރޭމްވޯކްތަކެއް އެކުލަވާލުމުގެ މަސައްކަތްވެސް ފެށުމަށް ތައްޔާރުވަމުންދާކަން ވަޒީރު ހާމަކުރައްވާފައިވެއެވެ. މި މަސައްކަތުގެ ތެރެއިން ދިވެހީންގެ އަމިއްލަ ތަކެތި ކަނޑައެޅުމަށް ބޭނުންވާ މިންގަނޑުތަކާއި ލިޔެކިޔުންތައް އެކުލަވާލެވޭނެއެވެ.

ވަޒީރުގެ ވާހަކަފުޅުގައި އިތުރަށް ފާހަގަކުރައްވާފައިވަނީ، މި މަސައްކަތްތަކަކީ ދިވެހީންގެ ހުނަރުތަކާއި، ސިފަތަކާއި، އަދި އޭގެ ރީތި މޮޅު ގޮތްތައް ދެނެގަތުމަށް ކުރެވޭ މުހިންމު މަސައްކަތްތަކެއް ކަމަށެވެ. އަދި މިއަހަރުތެރޭގައި މި މަސައްކަތްތަކުގެ ޢަމަލީ މަރުޙަލާ ރަސްމީކޮށް ފަށައި، މުޅި ރާއްޖެއަށް ފުޅާކުރުމަށް ރޭވިފައިވާ ކަމަށް ވަޒީރު ވިދާޅުވެފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

އަމާޒަކީ މިދައުރު ނިމޭއިރު ދިވެހީންގެ ތަރިކައިގެ ދާއިރާއެއް އުފެދިގެންދިއުން: އާދަމް ނަޞީރު

TTH_advertisement