ކުއްލި ޚަބަރު

ޣައްޒާގެ ހިސާރު ފޫއަޅުވާލަން އަންނަ ކަނޑުމަތީގެ ގާފިލާގައި ހިމެނޭ އެންމެ ބޮޑު ބޯޓަށް އިސްރާއީލުން ޑްރޯން ހަމަލާއެއް ދީފި

ދޮންފަނުގެ ބިން ނުހިއްކަން ރައީސް މުއިއްޒު ނިންމަވައިފި

ރާއްޖޭގެ ކުރިއެރުމާއި އިޤްތިޞާދުގައިވެސް ޒަމާންތަކަށް ދެމިހުންނާނެ ޚިދުމަތްތަކެއް ޕޯސްޓުން ވަނީ ފޯރުކޮށްދީފައި: ރައީސް

އައު ޓެރިފް ރޭޓާއިއެކު ކަރަންޓު ބިލަށް އައިސްފައިވާ ބަދަލު ސާފުކޮށް ފެންނާން ގޮތް ސްޓެލްކޯ އިން ބުނެދީފި

stelco

‏އަގުހެޔޮ ކުރެވުނު ޓެރިފް ރޭޓުން 2025 މެއި މަހުގެ ބިލް ހެދުމުންވެސް ބައެއް ކަސްޓަމަރުންނަށް އޭޕްރީލް މަހުގެ ބިލަށްވުރެ މެއި މަހުގެ ބިލް ބޮޑުވެފައިވާ ކަމަށް ފެންނަނީ ވޭތުވެދިޔަ އޭޕްރީލް މަހު ޑިސްކައުންޓް ލިބިފައިވާތީ ކަމަށް ސްޓެލްކޯ އިން މިރޭ ބުނެފި އެވެ. އެ ކުންފުނިން މިހެން ބުނީ ރޭ އެކްސްގައި ކުރި ޕޯސްޓެއްގަ އެވެ.

ސްޓެލްކޯ އިން ބުނީ އައު ޓެރިފް ރޭޓާއިއެކު ކަރަންޓު ބިލަށް އައިސްފައިވާ ބަދަލު ސާފުކޮށް ފެންނާނީ ވޭތުވެދިޔަ 3 ބިލް (ރަމަޟާން ޑިސްކައުންޓް ހިމަނާފައިވާ 2 ބިލާއި ކުރު މުއްދަތަކަށް ބިލްކޮށްފައިވާ ބިލް) ގެ ކުރިން އެ ގޭބިސީއަކަށް ބިލްކޮށްފައިވާ ބިލާއި އަޅައި ކިޔުމުން ކަމަށެވެ.

އެގޮތުން ޑިސެމްބަރ 2024 ނުވަތަ ޖަނަވަރީ 2025 ގެ ބިލާއި، އައު ޓެރިފް ރޭޓުން ބިލްކުރެވިފައިވާ ބިލް އަޅާ ކިޔުމުން ބިލުގެ ހަޤީޤީ ފަރަޤު ސާފުވާނެ ކަމަށް ބުންޏެވެ.

ރައީސް މުއިއްޒު ވަނީ މި މަހުގެ ފުރަތަމަ ދުވަހުން ފެށިގެން ޑޮމެސްޓިކް ކެޓެގަރީގެ ކަރަންޓު ޓެރިފް ރޭޓް ކުޑަކުރަން ނިންމާފައިވާ ކަމަށް ޢިއުލާނު ކުރައްވާފަ އެވެ.

ކުޑަ ކުރަން ނިންމާފައިވާ މިންވަރު ވެސް އެމަނިކުފާނު ހިއްސާ ކުރެއްވި އެވެ.

އަދި ވިދާޅުވީ އެކަން ތަންފީޒު ކުރުމުގައި ދެމެހެޢްޓެނިވި ގޮތެއްގައި މެނޭޖްކުރުމަށް ކަމާބެހޭ ފަރާތްތަކުން ކުރައްވަން ޖެހޭ އެންމެހާ ކަންކަން ކުރެއްވުމަށް ދަންނަވާފައިވާނެ ކަމަށެވެ.

ރައީސްގެ މި ނިންމެވުމާއެކު ކަރަންޓްގެ އަގު ބޮޑުތަނުން ހެޔޮ ވެގެންދާނެ އެވެ.

ކަރަންޓްގެ ޚިދުމަތް ހޯދުމަށް އާންމުން ކުރަން ޖެހޭ ހޭދަ ކުޑަކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވައުދުފުޅެކެވެ. ރިޔާސީ އިންތިޚާބުގައި ރައްޔިތުންގެ ފަރާތުން އެމަނިކުފާނަށް ހުށައެޅި އެންމެ ބޮޑު އެއް ޝަކުވާ އަކީ އެއީ އެވެ.

ރައީސް ވަނީ އެމަނިކުފާނުގެ ވެރިކަމުގައި އެ ޝަކުވާތަކަށް ޙައްލެއް ހޯއްދަވައި ދެއްވާނެ ކަމުގެ ޔަގީންކަން ދެއްވާފަ އެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

އަމިއްލަ ގޯތީގައި ގެދޮރުއަޅަން ބޭނުންވާ 43 ރަށެއްގެ މަޢުލޫމާތު ފޮނުވައިފި

Dhonfanu

ދޮންފަނުގެ ގޮނޑުދޮށް ހިމާޔަތްކުރުން ކުރިއަށްދާނެ: މުއްތަލިބު

މާލޭ ސަރަހައްދުގައި ކުރިއަށްގެންދިޔަ ލޭބަރ ފޯސް ސަރވޭ ލޯންޗްކޮށްފި

ޣައްޒާގެ ހިސާރު ފޫއަޅުވާލަން އަންނަ ކަނޑުމަތީގެ ގާފިލާގައި ހިމެނޭ އެންމެ ބޮޑު ބޯޓަށް އިސްރާއީލުން ޑްރޯން ހަމަލާއެއް ދީފި

TTH_advertisement ELL Mobile Advertisement