ކުއްލި ޚަބަރު

އީރާނުގެ ރައްދު ހަމަލާ: ތަލްއަވީވުގައި ދިފާއީ ވުޒާރާ އަމާޒުކޮށް ވަރުގަދަ ހަމަލާތަކެއް

މާފުށި ކައިރިން ފީނަން ފޭބި ފަހުން ގެއްލުނު މީހާ މަރުވެފައި އޮއްވާ ފެނިއްޖެ

އީރާނުން ދޭނޭ ރައްދު ހަމަލާތަކަށް ބިރުން ނަތަންޔާހޫ އިސްރާއީލުން ބޭރުވެ، ފިލައިފި

ލައިސަންސް ދޫކުރާނީ ޤާނޫނީ ގޮތުން ފުރިހަމަ ކުރަން ޖެހޭ ހުރިހާ ކަމެއް ފުރިހަމަވުމުން: އެމްއެމްއޭ

ބޭންކިންގ ލައިސަންސް ދޫކުރުމުގައި މޯލްޑިވްސް މަނިޓަރީ އޮތޯރިޓީން ޢަމަލުކުރާ އިޖުރާއަތުތަކާގުޅޭ ގޮތުން ޢާންމުންނަށް އޮޅޭ ގޮތަށް އަދި އެ އޮތޯރިޓީން ހިންގާ ލައިސަންސިންގ ނިޒާމުގެ ނަޒާހަތްތެރިކަން ގެއްލޭ ގޮތަށް ތެދު ނޫން ވާހަކަތައް ފަތުރަމުންދާތީ އެކަން ކުށްވެރިކޮށް އެމްއެމްއޭ އިން ހަޤީޤަތް ސާފުކޮށްދީފި އެވެ.

އެމްއެމްއޭ އިން ބުނީ ދިވެހިރާއްޖޭގެ ބޭންކިންއާ ބެހޭ ޤާނޫނުގެ ދަށުން މި އޮތޯރިޓީން ބޭންކެއް ހިންގުމަށް ލައިސަންސް ދޫކުރުމުގައި ޢަމަލުކުރަނީ ތިން މަރުޙަލާ އަކަށް ކަމަށެވެ. އެއީ، ލައިސަންސް ނަގަން ބޭނުންވާ ފަރާތަށް ފުރިހަމަކުރަންޖެހޭ ކަންކަމުގެ މަޢުލޫމާތު ފޯރުކޮށްދިނުމުގެ މަރުޙަލާ އާއި، ލައިސަންސްއަށް އެދި ހުށަހަޅާ ހުށަހެޅުން ވަޒަންކުރުމުގެ މަރުޙަލާ އާއި، ލައިސަންސް ދިނުމުގެ މަރުޙަލާ އެވެ.

ލައިސަންސްއަށް އެދި ހުށަހަޅާ ހުށަހެޅުން ވަޒަންކުރުމުގައި އެ އޮތޯރިޓީން ބަލާނީ، ލައިސަންސަށް އެދި ހުށަހަޅާ ފަރާތުގެ މާލީ ޤާބިލުކަމަށާއި، ސޯސް އޮފް ކެޕިޓަލްއަށާއި، ޙިއްސާދާރުންނާއި ސީނިއަރ މެނޭޖްމެންޓްގެ ފިޓް އެންޑް ޕްރޮޕަރ އަށާއި، ހުށަހަޅާފައިވާ ބިޒްނަސް ޕްލޭން އަށް ކަމަށާއި މި މަރުޙަލާގައި ހުށަހެޅުން ފުރަތަމަ ވަޒަންކުރާނީ، މި އޮތޯރިޓީގެ ލައިސަންސިންގ ސެކްޝަނުންނެވެ. މި ސެކްޝަނުން ހުށަހެޅުން ވަޒަންކުރުމަށްފަހު، އެ ހުށަހެޅުމާއި އެ ސެކްޝަނުގެ ލަފާ ގެންދާނީ މި އޮތޯރިޓީގެ “އެޑްވައިޒަރީ ކޮމިޓީ އޮން ފައިނޭންޝަލް އިންސްޓިޓިއުޝަން ލައިސަންސިންގ” އަށް ކަމަށް ބުންޏެވެ. އަދި މި ކޮމިޓީން ހުށަހެޅުން ވަޒަންކުރުމަށްފަހު، އެ ކޮމިޓީގެ ލަފަޔާއެކު ގަވަރުނަރަށް ހުށަހެޅުމުން، އެ ހުށަހެޅުން އޮތޯރިޓީގެ ބޯޑަށް ހުށަހަޅައި، ލައިސަންސް ދިނުމާގުޅޭ ގޮތުން ގޮތެއް ނިންމާނީ އޮތޯރިޓީގެ ބޯޑުން ކަމަށް އެމްއެމްއޭ އިން ވަނީ ބުނެފަ އެވެ.

އޮތޯރިޓީގެ ބޯޑުން ލައިސަންސް ދިނުމަށް ނިންމައިފިނަމަ، ލައިސަންސްއަށް އެދި ހުށަހެޅި ފަރާތަށް ފުރަތަމަ ދޫކުރާނީ “ކޮންޑިޝަނަލް” ހުއްދަ އެކެވެ. މީގެ ބޭނުމަކީ، ވަކި ކަންކަމެއް ފުރިހަމަ ކުރުމަށް (މިސާލަކަށް، ކުންފުނި ރަޖިސްޓަރ ކުރުމަށާއި، އައިޓީ އިންފްރާސްޓްރަކްޗަރ ޤާއިމުކުރުމަށާއި، ތަން އޮޕަރޭޝަނަލައިޒްކުރުމަށް) މުއްދަތެއް ދިނުމެވެ. އަދި މި މުއްދަތުގެ ތެރޭގައި، ބޭންކުގެ އޮޕަރޭޝަން ކުރިއަށް ގެންދިއުމަށް ބޭނުންވާ ހުރިހާ ކަމެއް ފުރިހަމަކޮށްފިނަމަ، އޮތޯރިޓީން އެތަނެއް އެސެސްކުރުމަށް ފަހު އޮޕަރޭޝަން ފެށުމަށް ލައިސަންސް ދޫކުރާނެ ކަމަށް އެމްއެމްއޭ އިން ބުނެ އެވެ.

ބޭންކިންގ ލައިސަންސްއަކަށް އެދި އެ އޮތޯރިޓީއަށް ހުށަހަޅާ ހުށަހެޅުމަކަށް އެ މަރުޙަލާގެ ދަށުން ބޯޑުން ހުއްދަ ނުދިނުމަށް ނިންމި ނަމަވެސް، އަލުން ލައިސަންސަށް އެދި ހުށަހެޅުމުގެ ކުރިން “ކޫލިންގ އޯފް ޕީރިއަޑް” އެއް ޤާނޫނުން ލާޒިމުނުކުރާތީ، އަލުން ލައިސަންސްއަށް އެދި ހުށަހެޅުމުގެ ފުރުޞަތު އޮންނަ ކަމަށް ވަނީ ބުނެފަ އެވެ.

މިގޮތުން، އަލުން ލައިސަންސްއަށް އެދި ހުށަހެޅުމުން އައު އެޕްލިކޭޝަނެއްގެ ގޮތުގައި އެ ހުށަހެޅުން ވަޒަންކުރުމަށް ޓަކައި، މުޅި އިވެލުއޭޝަން މަރުޙަލާ އަލުން ހިންގޭނެއެވެ. އަދި ލައިސަންސް ދޫކުރެވޭނީ، އިވެލުއޭޝަންގެ ހުރިހާ މަރުޙަލާތަކެއް ފުރިހަމަކުރުމަށްފަހު، ހުށަހެޅުމުގައި ފުރިހަމަވާންޖެހޭ ކަންކަން ފުރިހަމަވާކަމަށް ބޯޑުން ނިންމައި، ލައިސަންސް ދިނުމަށް ބޯޑުން ނިންމުމުންނެވެ.

މާލީ ދާއިރާ ހަރުދަނާކަންމަތީ ކުރިއަށް ގެންދިއުމަށާއި، މި ދާއިރާގެ ނަޒާހަތްތެރިކަން ހުރިހާ ހަރުފަތެއްގައި ވެސް ޤާއިމްކުރާކަން ކަށަވަރު ކުރުމަކީ އެމްއެމްއޭ އިން އަބަދުވެސް އެންމެ އިސް އަހަންމިއްޔަތު ކަމެއްދޭ ކަންކަން ކަމަށާ މިގޮތުން، ދިވެހިރާއްޖޭގައި އޮޕަރޭޓުކުރުމަށް މާލީ އިދާރާއަކަށް މި އޮތޯރިޓީން ލައިސަންސް ދޫކުރާނީ ޤާނޫނީ ގޮތުން ފުރިހަމަކުރަންޖެހޭ ހުރިހާ ކަމެއް ފުރިހަމަވުމުން ކަމުގައި ޔަޤީންކަން އަރުވާ ކަމަށް އެމްއެމްއޭގެ ބަޔާނުގައިވެ އެވެ.

ކިޔުންތެރިންގެ ހިޔާލު

0 ކޮމެންޓް
Inline Feedbacks
View all comments

ގުޅުންހުރި

ޓްރީ ޓޮޕް ހޮސްޕިޓަލާއި އިންޑިއަން ހައި ކޮމިޝަންގެ ފަރާތުން ލޭ ހަދިޔާކުރުމުގެ ހަރަކާތެއް ކުރިޔަށް ގެންގޮސްފި

އިންވޭސިވް މެނިންގޯކޮކަލް ޖެހުނު މީހާއާ ދިމާވި އެއްވެސް މީހެއްގެ ކިބައިން ބަލީގެ އަލާމާތެއް ނުފެނޭ: އެޗްޕީއޭ

ޑރ. މަޖީދު ބަޔަކު ވަނީ ޝަހީދުކޮށްލާފައި: ޝައިޚް އިމްރާން

Focusarea=100110000

އުތުރާއި މެދު ރާއްޖެތެރޭގެ ރަށްތަކަށް މޫސުން ގޯސްވާނެ: މެޓް

TTH_advertisement ELL Mobile Advertisement