ކުއްލި ޚަބަރު

ނޭޝަނަލް ސާވިސް ޕްރޮގްރާމުގެ ނަފާ ވަރަށް ފުރިހަމައަށް ލިބޭނެކަމުގެ ޔަގީންކަން އެބައޮތް: ރައީސް

އެހީ ހޯދިޔަސް، އެހެން ބަޔަކު އައިސް ގައުމުގެ ކަންކަމާ ހަވާލުވުމަކީ ސަރުކާރުގެ ސިޔާސަތެއް ނޫން: ރައީސް 

ރައީސް ތަކުރާރުކޮށް ވިދާޅުވަނީ ގައުމުގެ ކޮންމެ އަކައިންޗިއެއް ބަހަލައްޓާނީ ދިވެހީން އަމިއްލައަށް ކަމަށް! 

ގާޑިއަން ކްލާސް ޕެޓްރޯލް ބޯޓެއް އޮސްޓްރޭލިއާއިން ރާއްޖެއަށް ހަދިޔާކުރަނީ

89

އޮސްޓްރޭލިއާ ސަރުކާރުން ދިވެހި އަސްކަރިއްޔާއަށް “ގާޑިއަން ކްލާސް” ޕެޓްރޯލް ބޯޓެއް ހަދިޔާކުރުމަށް ނިންމައިފިއެވެ.

މި ކަން އިއުލާން ކުރައްވާފައިވަނީ މިހާރު ރާއްޖެއަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅެއްގައި އޮސްޓްރޭލިއާގެ ބޮޑުވަޒީރުގެ ނައިބު އަދި ޑިފެންސް މިނިސްޓަރު ރިޗާޑް މާލްސްއެވެ.

ބަންޑާރަ ކޮށީގައި ރާއްޖޭގެ ޑިފެންސް މިނިސްޓަރު ޣައްސާން މައުމޫންއާއެކު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރިޗާޑް މާލްސް ވިދާޅުވި ގޮތުގައި މިހާރު ކުރިއަށްދަނީ އެ ބޯޓު ބަނުމުގެ މަސައްކަތެވެ. އަދި އަންނަ އަހަރު އެ މަސައްކަތް ނިންމައި، އެމްއެންޑީއެފްއާ ހަވާލުކުރެވޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

“މިއީ ހަމައެކަނި އަސްކަރީ އުޅަނދެއް ނޫން. މީގެން އެނގިގެންދަނީ ރާއްޖެއާއި އޮސްޓްރޭލިއާއާ ދެމެދު އޮތް ގުޅުން ބަދަހިވެގެންދާކަން،” ރިޗާޑް ވިދާޅުވިއެވެ.

މި ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު ޣައްސާން ވިދާޅުވީ މި ބޯޓަކީ ރާއްޖޭގެ އަސްކަރީ ގާބިލުކަން އިތުރުކޮށް، ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަށް ކުރާ މަސައްކަތަށް ލިބޭނެ ވަރަށް ބޮޑު ކުރިއެރުމެއް ކަމަށެވެ. އަދި އޮސްޓްރޭލިއާއިން ހަދިޔާކުރާ ވަސީލަތްތަކުގެ ސަބަބުން، ރައީސް ޑރ. މުހައްމަދު މުއިއްޒު ރާއްޖޭގެ އަސްކަރިއްޔާ ކުރިއެރުވުމަށް ކުރައްވާ މަސައްކަތަށް އިތުރު ބާރެއް ލިބިގެންދާނެ ކަމަށް ވެސް އެ މިނިސްޓަރު ފާހަގަކުރެއްވިއެވެ.

މި ބޯޓުގެ އިތުރުން، އޮސްޓްރޭލިއާ ސަރުކާރުން ވަނީ މަލްޓި-ބީމް އިކޯ ސައުންޑާ އާއި ހައިޑްރޯގްރެފިކް އިކުއިޕްމަންޓް ފޯރުކޮށްދިނުމަށާއި، ކެޕޭސިޓީ ބިލްޑިންގ ދާއިރާއިން އެހީތެރިކަން ފޯރުކޮށްދިނުމަށް ވެސް ހަމަޖެހިފައެވެ. ޑިފެންސް މިނިސްޓްރީން ފާހަގަކުރި ގޮތުގައި މި ވަސީލަތްތަކުގެ ސަބަބުން ރާއްޖޭގެ އިގްތިސާދީ ރައްކާތެރިކަން އިތުރަށް ކަށަވަރު ކުރެވިގެންދާނެއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

410072 e58451aa a

ނޭޝަނަލް ސާވިސް ޕްރޮގްރާމުގެ ނަފާ ވަރަށް ފުރިހަމައަށް ލިބޭނެކަމުގެ ޔަގީންކަން އެބައޮތް: ރައީސް

410132 c7e8ee7a 1

އެހީ ހޯދިޔަސް، އެހެން ބަޔަކު އައިސް ގައުމުގެ ކަންކަމާ ހަވާލުވުމަކީ ސަރުކާރުގެ ސިޔާސަތެއް ނޫން: ރައީސް 

410124 bc1870f3 9

ރައީސް ތަކުރާރުކޮށް ވިދާޅުވަނީ ގައުމުގެ ކޮންމެ އަކައިންޗިއެއް ބަހަލައްޓާނީ ދިވެހީން އަމިއްލައަށް ކަމަށް! 

410293 64c81031 f 850x548 1

ޓާމިނަލް ހުޅުވުމުގެ ރަސްމިއްޔާތަށް ސައުދީ ފަންޑުގެ ސީއީއޯ ރާއްޖެއަށް

ELL Mobile Advertisement TTH_advertisement