ކުއްލި ޚަބަރު

ޑރ. ޒާހިރު ކޮށްދެއްވި ޚިދުމަތްތައް ފާހަގަކުރައްވައި ރައީސް ޝުކުރުއަދާކުރައްވައިފި

ބިދޭސީ މީހާގެ މަރާ ގުޅިގެން މީހަކު ހައްޔަރުކޮށްފި

އެކި ފިހާރަތަކަށް ސައްހަނޫން ސުލިޕް ފޮނުވައިގެން ވިޔަފާރިކުރި މީހަކު ހައްޔަރުކޮށްފި

ކުޅުދުއްފުށީގެ ފެން އުފައްދާ ނިޒާމަށް ބޭނުންވާ ހަކަތަ އިރުގެ ހަކަތައަށް ބަދަލުކުރުމުގެ އެއްބަސްވުމުގައި ސޮއިކޮށްފި

ހދ.ކުޅުދުއްފުށީގެ ފެން އުފައްދާ ނިޒާމަށް ބޭނުންވާ ހުރިހާ ހަކަތައެއް އިރުގެ ހަކަތައަށް ބަދަލުކުރުމުގެ ޢަމަލީ މަސައްކަތުގެ އެއްބަސްވުމުގައި މާލެ ވޯޓަރ އެންޑް ސުވަރޭޖް ކޮމްޕެނީ (އެމް.ޑަބްލިޔު.އެސް.ސީ) އާއި ޖަޕާންގެ ކެނެޑޭވިއާ ކޯޕަރޭޝަން އާއި ދެމެދު މިއަދު ވަނީ ސޮއިކުރެވިފައެވެ.

މީރުމާ މާލަމުގައި ބޭއްވި ރަސްމިއްޔާތެއްގައި އެމް.ޑަބްލިޔު.އެސް.ސީގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިންގ ޑިރެކްޓަރ ޢަބްދުލް މަތީން މުހައްމަދެވެ. އަދި ކެނެޑޭވިއާ ކޯޕަރޭޝަންގެ ފަރާތުން ސޮއި ކުރެއްވީ އެ ކުންފުނީގެ ޖެނެރަލް މެނޭޖަރ ޓަކެށީ އައިބާ އެވެ. މިރަސްމިއްޔާތުގައި ޖަޕާން ސަރުކާރުން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައިވާ ސަފީރު އިށިގާމީ ރުމިކޯ، މާލެ ވޯޓަރ އެންޑް ސުވަރޭޖް ކޮމްޕެނީގެ ޗެއަރ ޕާރސަން ޝަމްހޫޒާ އަޙްމަދު، އަދި ކުންފުނީގެ ބޯޑް ޑިރެކްޓަރުންނާއި ދެ ކުންފުނީގެ އިސް މުވައްޒަފުންގެ އިތުރުން ސަރުކާރުގެ ބައެއް އިދާރާތަކުގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.

މި މަޝްރޫޢުގައި ދުވާލަކު 500 ކިޔުބިކް މީޓަރުގެ ފެން އުފެއްދުމުގެ ގާބިލުކަން ލިބިފައިވާ އާރ.އޯ ޕްލާންޓެއް ބެހެއްޓުމާއި، 500 ކިލޯވޮޓްގެ ސޯލާ ޕީވީ ސިސްޓަމެއް ޤާއިމްކުރުމާއި، 1450 ކިލޯވޮޓްއަވަރ ގެ ބެޓެރީ ސިސްޓަމެއް ހިމެނެއެވެ. ހދ.ކުޅުދުއްފުށީގެ ފެނުގެ ނިޒާމު 100% އިރުގެ ހަކަތައަށް ބަދަލުކުރުމަށް ހިންގޭ މި މަޝްރޫއަށް ދާނެކަމަށް ލަފާކުރެވޭ ޖުމްލަ ޚަރަދުގެ 27% އަކީ ޖަޕާނުގެ ގްލޯބަލް އެންވަޔަރަންމަންޓް ސެންޓަރ ފައުންޑޭޝަން (ޖީއީސީގެ) ހިލޭ އެހީއެވެ. މީގެ އިތުރުން ޖަޕާނުގެ ކުންފުންޏެއް ކަމުގައިވާ ކެނެޑޭވިޔާގެ ފަރާތުންވެސް މަޝްރޫޢަށް ބޭނުންވާ ޖުމްލަ ޚަރަދުގެ 27% ހިއްސާ ކުރާނެއެވެ. މަޝްރޫޢަށް ހިގާނެ ކަމަށް ލަފާކުރެވޭ ޖުމްލަ ޚަރަދުގެ 46% ހިއްސާ ކުރާނީ އެމް.ޑަބްލިޔު.އެސް.ސީ އިންނެވެ.

މިމަޝްރޫޢުގެ ސަބަބުން ރާއްޖޭގެ މޫސުމަށް އަންނަ ބަދަލުތަކާއި ހަކަތައާއި ބެހޭ ސިޔާސަތުތަކުގެ އިތުރުން، އ.ދގެ ދެމެހެއްޓެނިވި ތަރައްޤީގެ ލަނޑުދަނޑިތައްވެސް ހާސިލުކުރުމަށް މަގުފަހިވެގެންދާނެއެވެ. އަދި ދިވެހިރާއްޖެއަށް އިމްޕޯޓްކުރާ ފޮސިލް ފިއުލް އެތެރެކުރާ މިންވަރު ދަށްކޮށް، ކުންފުނިން ދެމުން ގެންދާ ޔޫޓިލިޓީ ޚިދުމަތްތަކާއި އަދި އޮޕަރޭޝަން ތަކުގައި ތެލަށް ބަރޯސާވާ މިންވަރު ކުޑަ ކުރުމަށް އެހީތެރިވެދޭނެއެވެ. މިއާއެކު، ކުޅުދުއްފުށީގައި ފެން އުފެއްދުން ތިމާވެއްޓާއި ރައްޓެހި އަދި ދެމެހެއްޓެނިވި ގޮތަކަށް ބަދަލުކުރެވި، އޭގެ އިޖްތިމާޢީ އަދި އިޤްތިޞާދީ މަންފާ އެންމެހާ ރައްޔިތުންނަށް ލިބިގެން ދާނެއެވެ. އަދި ޤުދުރަތީ ވަސީލަތްތައް ބެލެހެއްޓުމާއި ތިމާވެށި ހިމާޔަތްކުރުމުގެ އަމާޒުތައް ހާސިލްކުރުމަށްވެސް މިމަޝްރޫޢު މުހިންމު ދައުރެއް އަދާކުރާނެއެވެ.

މި މަޝްރޫޢުގެ ސަބަބުން އަހަރެއްގެ މައްޗަށް ދެ ލައްކަ ލީޓަރގެ ޑީސަލް ސަލާމަތް ކުރެވޭނެ ކަމަށް ލަފާ ކުރެވޭއިރު މި ކަމުގެ ސަބަބުން އަހަރަކު 573 ޓަނުގެ ކާބަން ޑައި އޮކްސައިޑް ޖައްވަން ދިޔުން ހުއްޓުވޭނެއެވެ. އެމް.ޑަބްލިޔު.އެސް.ސީ ގެ އަމާޒަކީ މެދުކެނޑުމެއްނެތި، ދެމެހެއްޓެނިވި ގޮތެއްގައި ސާފު ބޯފެނާއި ރައްކާތެރި ނަރުދަމާގެ ޚިދުމަތް އެންމެހައި ރައްޔިތުނަށް ފޯރުކޮށްދިނުމެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

mwsc

ހުޅުމާލޭގައި ޤާއިމުކުރާ 5000 ޓަނުގެ އައު ފެން ޕްލާންޓް އަންނަ މަހު ޚިދުމަތް ދޭން ފެށޭނެ

މާލެއާއި ހުޅުމާލޭގެ ފެނުގެ ވިއުގަ: އެމަރޖެންސީގައި ދުވާލަކު ކޮޅަކަށް 2000 ޓަނުގެ ފެން

Matheen Mwsc

މާލޭގައި 13،000 ޓަނުގެ 2 ތާނގި ބެހެއްޓުމަށްވަނީ ނިންމާފައި: މަތީން

Matheen Mwsc

އެމްޑަބްލިއުއެސްސީ، ހަރަދުން 160 މިލިއަން ސަލާމަތްކޮށް ފައިދާ %90 މައްޗަށް

TTH_advertisement