ކުއްލި ޚަބަރު

އިސްލާމިކް ފައިނޭންސްގެ ދާއިރާއިން މަތީ ތަޢުލީމު ހާސިލުކުރުމަށް އެމްއެމްއޭގެ 15 ސްކޮލާޝިޕް

ވިޒިޓް މޯލްޑިވްސްއަށް ޒަމާނީ ޓޫރިޒަމް އިންސައިޓް ޑޭޓާ ޕްލެޓްފޯމެއް ތައާރަފުކޮށްފި

ފިއްލަދޫގެ މަގުތައް ތަރައްގީކުރަން އާރްޑީސީއާ ހަވާލުކޮށްފި

ކަރެކްޝަންސްއާ ގުޅިގެން އައްޑޫ ސިޓީ ކައުންސިލުން ޚާއްޞަ މަސައްކަތްތަކެއް ކުރަނީ

މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް (އެމްސީއެސް) އިން ޖަލު ބަންދު ފިޔަވައި ކަނޑައެޅޭ އިތުރު އަދަބުތައް ތަންފީޛު ކުރުމަށް އައްޑޫ ސިޓީ ކައުންސިލްއާއެކު ފަހުމްނާމާއެއްގައި ސޮއިކޮށްފިއެވެ.

އައްޑޫ ސިޓީ ކައުންސިލުން ކަރެކްޝަނަލް ސަރވިސްއާ އެކު ފަހުމުނާމާގައި ސޮއިކުރީ ބުރާސްފަތި ދުވަހެވެ. އައްޑޫ ސިޓީ ކައުންސިލްގައި އޮތް ރަސްމިއްޔާތުގައި ދެ އިދާރާގެ އިސް ބޭފުޅުން ބައިވެރިވެވަޑައިގަތެވެ. މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ ފަރާތުން ފަހުމްނާމާގައި ކޮމިޝަނަރ އޮފް ޕްރިޒަންސް ޙަސަން ޒަރީރު ސޮއިކުރައްވާފައިވާ އިރު، އައްޑޫ ސިޓީ ކައުންސިލްގެ ފަރާތުން ސޮއިކުރެއްވީ އައްޑޫ ސިޓީގެ މޭޔަރ އަލްފާޟިލް ޢަލީ ނިޒާރެވެ.

މި ފަހުމުނާމާއަކީ ޤާނޫނު ނަންބަރު: 2014/09 (ދިވެހިރާއްޖޭގެ ޤާނޫނުލްއުޤޫބާތު) ގެ 1005 ވަނަ މާއްދާގައިވާ “ތަފާތު އަދަބު އެއްހަމަ ކުރާ ތާވަލު” ގައިވާ ގޮތުގެ މަތީން ކަނޑައެޅޭ އަދަބުތައް ތަންފީޛު ކުރުމުގައި ޢަމަލު ކުރާނޭ ގޮތްތަކާ ގުޅޭ ގޮތުން އެކުލަވާ ލެވިފައިވާ ޤަވާއިދު ނަންބަރު: 2022/R-13 (ޖަލު ބަންދު ފިޔަވައި ކަނޑައެޅޭ އިތުރު އަދަބުތައް ތަންފީޛު ކުރުމުގައި މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްއިން ޢަމަލުކުރާނެ ގޮތުގެ ގަވާއިދު) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން އަދަބު ތަންފީޛު ކުރުމުގައި، އަތޮޅު ކައުންސިލް ނުވަތަ ސިޓީ ކައުންސިލް ނުވަތަ ރަށު ކައުންސިލްއިން މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް އަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމުގައި ޢަމަލުކުރާނޭ ގޮތްތަކާގުޅޭގޮތުން ސޮއިކުރެވުނު ފަހުމުނާމާއެކެވެ.

ފަހުމުނާމައިގެ ދަށުން އައްޑޫ ކައުންސިލުން ކުރާނެ މުހިއްމު މަސައްކަތްތައް؛

ކޯޓުތަކުން ކަނޑައަޅާ އަދަބުގެ ބާވަތާ ގުޅިގެން ޤައިދީ ވަކި ތަޢުލީމީ ޕްރޮގްރާމެއް ނުވަތަ އެނޫން ޕްރޮގްރާމެއްގައިވެސް ބައިވެރިކުރުމަށް އަމުރު ކުރާ ޙާލަތުގައި، އައްޑޫ ސިޓީ ކައުންސިލް މެދުވެރިކޮށް ސަރުކާރުގެ އިދާރާތަކުންނާއި ކުންފުނިތަކުން އެއިރަކު ކުރިއަށް ގެންދާ ޕްރޮގްރާމެއްގައި ބައިވެރިކުރުމަށް ކަރެކްޝަނަލް ސަރވިސްއަށް އެހީތެރިކަން ފޯރުކޮށްދިނުން.

މުޖުތަމަޢުއަށް ޚިދުމަތް ކުރުމަށް ކުރެވިދާނެ އެކި މަސައްކަތްތައް ދެނެގަތުމަށްޓަކައި އައްޑޫ ސިޓީ ކައުންސިލުންނާއި، ގުޅުން ހުރި ޖަމިއްޔާތަކުން އަދި މިނޫންވެސް އެކި ދާއިރާތަކުގެ މަޢުލޫމާތު ހޯދާ ކަރެކްޝަނަލް ސަރވިސްއާ ހިއްސާކުރުމާއި، އެކަން ހަމަޖެއްސުމުގައި އެ ސަރވިސްއަށް އެހީތެރިކަން ފޯރުކޮށްދިނުން.

ޖަލު ބަންދު ފިޔަވައި ކަނޑައެޅޭ އަދަބުތައް ތަންފީޛު ކުރުމުގެ މުއްދަތުގައި، ޤައިދީން މުޖުތަމަޢުއިން ބަލައިގަންނަ ފަރާތްތަކެއްގެ ގޮތުގައި ހެދުމަށާއި، މުޖުތަމަޢަށް އަލުން ގުޅިގެން ދިއުމަށްޓަކައި މުޖުތަމަޢުގެ ދައުރު ބަޔާންކޮށްދީ، އާންމުން ހޭލުންތެރި ކުރުމަށް ކަރެކްޝަނަލް ސަރވިސްއަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުން.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

mwsc

އެމްޑަބްލިޔުއެސްސީން ހުޅުމާލޭގައި ދުވާލަކު 10،000 ޓަނުގެ ފެން އުފައްދާ ޕްލާންޓުގެ އަމަލީ މަސައްކަތް ފަށައިފި

Hiii

އައްޑޫގައި އެކްސިޑެންޓެއް، ދެ ކުއްޖަކާއި މީހަކަށް އަނިޔާވެގެން ފަރުވާދެނީ

aik

ފުލުހުންގެ ސައިކަލެއްގައި ޖެއްސުމަށްފަހު، ފިލަންވެގެން ކާރު ދުއްވި މީހާ ކޯޓުން ދޫކޮށްލައިފި

112

ފިއްލަދޫގެ މަގުތައް ތަރައްގީކުރަން އާރްޑީސީއާ ހަވާލުކޮށްފި

TTH_advertisement ELL Mobile Advertisement