ކުއްލި ޚަބަރު

ރާއްޖެއަށް މެޑިކަލް ސާމާނު އެތެރެކުރަން ސަރުކާރު ކުންފުންޏެއް އުފައްދައިފި

މަޑިފުށީގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްގީކުރަން އާރްޑީސީއާ ހަވާލުކޮށްފި

މާލޭގެ މަގުތަކަށް ކުނިއަޅާ ބިދޭސީންނާ މެދު ފިޔަވަޅު އެޅުމާ ގުޅޭގޮތުން މޭޔަރު އާޒިމް އިމިގްރޭޝަން ކޮންޓްރޯލާއާ މަޝްވަރާކުރައްވައިފި

މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ދަށުން އައިނު ހެއްދުމުގެ ޚިދުމަތް ފަށަނީ

މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ދަށުން އައިނު ހެއްދުމުގެ ޚިދުމަތް ފަށަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ނިންވައިފިއެވެ. ރައީސް މިކަން އިއުލާންކުރެއްވީ ޕީއެސްއެމް ނިއުސްއަށް ދެއްވި ޚާއްސަ ބަސްދީގަތުމެއްގައެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ އާސަންދައިގެ ދަށުން އައިނު ހެއްދުމަށް ދޭ އެހީ ބޮޑުކޮށްދިނުމަށް ރިޔާސީ އިންތިޚާބުގެ ދުވަސްވަރު ވަރަށް ގިނަ ރައްޔިތުން އެދިފައިވާ ކަމަށެވެ. އެކަން ކުރެވޭނެ ގޮތްތަކެއް ބެއްލެވުމަށްފަހު އަންނަ ޖޫން މަހުން ފެށިގެން އައިނު ހެއްދުމަށް އާސަންދައިން ދޭ 1000 ރުފިޔާގެ އެހީގެ ބަދަލުގައި 2000 ރުފިޔާ ދިނުމަށް ނިންމަވާފައިވާކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

އާސަންދައިގެ އަގަށް ބަދަލު ގެނައުމުން ބައެއް ފަރާތްތަކުން އޭގެ ނާޖާއިޒު ފައިދާ ނަގަން މަސައްކަތްކޮށްފާނެކަން ފާހަގަކުރައްވައި ރައީސް ވަނީ އެ ފުރުޞަތު ނުދެއްވާނެކަމަށް ވިދާޅުވެފައެވެ. އަދި އެކަން ކަށަވަރު ކުރުމަށް މާލެސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ދަށުން ހިންގާ ސަރުކާރު ހޮސްޕިޓަލުތަކުގައި އައިނު ހެއްދުމުގެ ޚިދުމަތް ދޭން ފަށަން ނިންމަވާފައިވާާ ކަމަށާއި އެއަށްފަހު، ޕްރައިވެޓް ވިޔަފާރިތަކަށްވެސް ކޮލިޓީ ރަނގަޅު އައިނު ހެޔޮ އަގުގައި ރައްޔިތުންނަށް ފޯރުކޮށްދޭން ޖެހޭނެކަމަށްވެސް ރައީސް ވިދާޅުވިއެވެ.

“ޕްރައިވެޓް ސެކްޓަރގައި އައިނު ވިޔަފާރި ކުރާ މީހުން ކިތަންމެ ހިތްހަމަ ނުޖެހުނަސް އަޅުގަނޑުގެ މައްސަލައެއް ނެތް. އަޅުގަނޑަށް މުހިންމީ ވިޔަފާރިވެރިން ރައްޔިތުންނަށް ދެރަނިކަމެތިކަން ދިނުމުގެ އާދަ މި ޤައުމުން ފިލުވައިލުން. އެހެންވެ މި ދެންނެވީ ސިނގިރޭޓް ބިޒްނަސްވެސް ހުއްޓާލާފައި އެހެން ކަމަކަށް ވަޑައިގަންނަވާށޭ. އަޅުގަނޑަށް މުހިންމީ ރައްޔިތުންގެ ސިއްޙަތު. ދެން ޕްރައިވެޓް ސެކްޓަރގައި މަސައްކަތް ކުރާ ފަރާތްތައްވެސް ޖެހޭނީ އައިޖީއެމްއެޗާ ވާދަކުރަން” ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ސިއްޙީ ދާއިރާ ތަރައްގީ ކުރެއްވުމަކީ އެމަނިކުފާނުގެ އެންމެ އިސްކަންދޭ ދެވަނަ ސިޔާސަތު ކަމަށާއި އެއީ ހުރިހާ ދާއިރާއަކާވެސް ގުޅިލާމެހިފައިވާ ދާއިރާއެއް ކަމަށެވެ. އަދި އިންސާނީ ވަސީލަތްތަކާއި އުމްރާނީ ވަސީލަތްތައް ތަރައްގީކޮށް ވަށައިޖެހޭ ތަރައްގީއެއް ގެންނަވާނެ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.

ޞިއްޙީ ޚިދުމަތް ހޯދުމަށް ބުރަ އުފުލާފައި ރާއްޖެއިން ބޭރަށް ކުރަންޖެހޭ ދަތުރުތައް ނިމުމަކަށް ގެނެސް ޤައުމުގައި ތިބެގެން އެންމެމަތީ ފެންވަރުގެ ޞިއްޙީ ފަރުވާ ލިބޭނެގޮތް ހެދުމަށްވެސް ގިނަ މަސައްކަތްތަކެއް ކުރައްވަމުން އަންނަކަންވެސް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

112

ރާއްޖެއަށް މެޑިކަލް ސާމާނު އެތެރެކުރަން ސަރުކާރު ކުންފުންޏެއް އުފައްދައިފި

112

މަޑިފުށީގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްގީކުރަން އާރްޑީސީއާ ހަވާލުކޮށްފި

66

މާލޭގެ މަގުތަކަށް ކުނިއަޅާ ބިދޭސީންނާ މެދު ފިޔަވަޅު އެޅުމާ ގުޅޭގޮތުން މޭޔަރު އާޒިމް އިމިގްރޭޝަން ކޮންޓްރޯލާއާ މަޝްވަރާކުރައްވައިފި

11

އޭވިއޭޝަން ދާއިރާ ހަރުދަނާކުރަން ރާއްޖެ އާއި އިންޑިއާ އިން މަޝްވަރާކޮށްފި

ELL Mobile Advertisement TTH_advertisement