ކުއްލި ޚަބަރު

މިފްކޯގެ ފިހާރައެއް ލަންކާގައި ހުޅުވަން މަޝްވަރާކުރަނީ

ބުޅާ ފެސިލިޓީއަށް އިތުރު ބުޅާ ގެންދަން ފަށައިފި

އުއްތަމަފަނޑިޔާރު ކަމަށް ޣަނީ އައްޔަންކުރަން ރައީސުލްޖުމްހޫރިއްޔާއަށް ލަފާދޭން ނިންމައިފި

އިސްކަންދެނީ ޙާޖީންގެ ރައްކާތެރިކަމަށް، ޚިދުމަތް ދިނުމަށް އެއްވެސް ދަތިކަމެއް ނެތް: ޝަކީލް

މިއަހަރުގެ ޙައްޖުގެ މަތިވެރި އަޅުކަން އަދާކުރުމަށް މައްކާގައި ޙާޟިރުވެ ތިއްބެވި ދިވެހިރާއްޖޭގެ 1000 ޙައްޖާޖީންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރެވޭނެ ކަމަށާއި، ޙައްޖާޖީންނަށް ޚިދުމަތް ފޯރުކޮށްދިނުމުގައި އެއްވެސް ދަތިކަމެއް ނެތްކަމަށް ޙައްޖު ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ޝަކީލް ވިދާޅުވެއްޖެއެވެ.

ޝަކީލް ވިދާޅުވީ، ކުރީގެ އަހަރުތަކުގައިވެސް ގިނަ ޢަދަދެއްގެ ޙައްޖުވެރިންނަށް ޚިދުމަތް ދިނުމުގެ ތަޖުރިބާއާއި ޤާބިލުކަން ލިބިފައިވާތީ، މިއަހަރުވެސް 1000 ޙައްޖުވެރިންނަށް ޚިދުމަތް ދިނުމަކީ ދަތިކަމަކަށް ނުވާނެ ކަމަށެވެ. އެ މަނިކުފާނު އިތުރަށް ވިދާޅުވީ، ހުރިހާ ގޮތަކުންވެސް ޙައްޖުވެރިންނަށް ޚިދުމަތް ދިނުމަށް ފުރިހަމައަށް ތައްޔާރުވެފައިވާ ކަމަށާއި، ކުރިއަށް އޮތް ހަތަރު ދުވަހެއްހާ ދުވަހުގެ ތެރޭގައި މަޝާޢިރު ނުވަތަ ޙައްޖުގެ އަޅުކަން ފެށޭއިރު، މިނާއަށް ދިއުމަށް ކުރަންޖެހޭ އެންމެހައި މަސައްކަތްތައް ކުރިއަށްދާ ކަމަށެވެ.

“އަޅުގަނޑުމެން ހުރިހާ ޙައްޖުވެރިންނާއެކު މިނާއަށް ދިއުމަށް ތައްޔާރުވަމުންދަނީ. އެހެންކަމުން، މުޠައްވިފުންނާ ގުޅިގެން ކުރަންޖެހޭ އެންމެހައި ތައްޔާރީތައް ވަމުންދަނީ. މީގެ އިތުރުން، އަރަފާތު ބިމަށް ދިއުމަށްފަހު އިޞްލާޙު ކުރަންޖެހޭ ކަންކަމެއް ހުރިނަމަ، ޙައްޖު ދުވަހުގެ ކުރިން އެ ހުރިހާ ކަމެއް އިރާދަކުރެއްވިއްޔާ ފުރިހަމަ ކުރާނަމެވެ.”

އެހެން އަހަރުތަކާ އަޅާބަލާއިރު، މިއަހަރަކީ ޙައްޖާޖީންނަށް ބޮޑެތި ލުއިފަސޭހަތަކެއް ހަމަޖައްސައިދެމުންދާ އަހަރެއްކަން ފާހަގަކުރައްވަމުން،  ޝަކީލް ވިދާޅުވީ ޙައްޖުވެރިންނަށް ފޯރުކޮށްދޭ ޚިދުމަތުގެ ފެންވަރު ރަނގަޅުކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވަރަށް ބޮޑު އެދިވަޑައިގަތުމެއް ކަމަށެވެ. މިގޮތުން، އެ މަނިކުފާނުގެ އެދިވަޑައިގަތުމަށް، ދިވެހިރާއްޖޭގެ ތާރީޚުގައި ފުރަތަމަ ފަހަރަށް މައްކާއިން މަދީނާއަށް ހައި ސްޕީޑު ޓްރެއިންގައި ދަތުރުކުރުމަށް ހަމަޖެހިފައިވާ ކަމަށާއި، އެކަމަށް ވާންޖެހޭ އެންމެހައި ތައްޔާރީތައްވެސް ނިމިފައިވާ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

health ministry

ދުންފަތުގެ ބާވަތްތައް ވިއްކަން 209 ލައިސެންސް ދޫކޮށްފި

igmh

މާލޭ ސަރަޙައްދުގެ ހޮސްޕިޓަލްތަކަށް 500އަށްވުރެ ގިނަ މުވައްޒަފުން އިތުރުކުރެވިއްޖެ: ޙަލީމް

އުރީދޫން ސަބްމެރިން ކޭބަލް އެޅި ފުރަތަމަ ރިސޯޓަކަށް ވަލްޑޯފް އެސްޓޯރިއާ މޯލްޑިވްސް އިތާފުށި

މާރާމާރީ

މާލޭގައި މާރާމާރީއެއް، ފުލުހުން ދިޔައިރު އެމީހުން ފެންނާކަށް ނެތް! 

TTH_advertisement ELL Mobile Advertisement