ކުއްލި ޚަބަރު

އީރާނުގެ ރައްދު ހަމަލާ: ތަލްއަވީވުގައި ދިފާއީ ވުޒާރާ އަމާޒުކޮށް ވަރުގަދަ ހަމަލާތަކެއް

މާފުށި ކައިރިން ފީނަން ފޭބި ފަހުން ގެއްލުނު މީހާ މަރުވެފައި އޮއްވާ ފެނިއްޖެ

އީރާނުން ދޭނޭ ރައްދު ހަމަލާތަކަށް ބިރުން ނަތަންޔާހޫ އިސްރާއީލުން ބޭރުވެ، ފިލައިފި

ޓްރަމްޕާ “ޚިޔާލުތަފާތުވެ” އީލާން މަސްކް މާދަމާ ސަރުކާރުން ވަކިވަނީ

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕާ ޚިޔާލުތަފާތުވުން އުފެދި، ބިލިއަނަރ އީލާން މަސްކް، ޓްރަމްޕްގެ ސަރުކާރުން މާދަމާ ވަކިވާނެއެވެ.

ޓްރަމްޕް މިފަހަރު ވެރިކަމަށް ވަޑައިގެން “ޑިޕާޓްމަންޓް އޮފް ގަވަރމަންޓް އެފިޝަންސީ” ގެ ނަމުގައި ސަރުކާރުގެ އިދާރާއެއް އުފައްދަވައި “ސަރުކާރުގެ ޚާއްސަ މުވައްޒަފެއްގެގޮތުން” ވެރިޔަކަށް ލެއްވީ އީލާން މަސްކެވެ.

ޓްރަމްޕް، މަސްކްއާ ހަވާލުކުރެއްވީ ފެޑެރަލް ޚަރަދުތައް ކުޑަކުރުމުގެ މަސައްކަތެވެ.

ޓްރަމްޕާއި، މަސްކާ ދެމެދު ޚިޔާލު ތަފާތުވުން އުފެދުނީ ސަރުކާރުގެ ޚަރަދާ ގުޅޭގޮތުން ޓްރަމްޕް ތައާރަފް ކުރެއްވި ބިލަކާ މެދުގައެވެ.

އޭނާގެ އަމިއްލަ އެކްސް ޕްލެޓްފޯމްގައި ޕޯސްޓްކުރި މެސެޖެއްގައި އީލާން މަސްކް ވަނީ، ސަރުކާރުން އިސްރާފުކުރާ ހަރަދުތައް މަދުކުރުމަށް މަސައްކަތް ކުރުމުގެ ފުރުސަތު ދެއްވި ކަމަށްޓަކައި ޓްރަމްޕަށް ޝުކުރު އަދާކޮށްފައެވެ.

މަސްކް ބުނެފައިވަނީ، އޭނާ ފެށި މަސައްކަތް އިތުރަށް ވަރުގަދަވެ ކާމިޔާބުވަމުންދާނީ، މިކަމަކީ، މުޅި ސަރުކާރުގެ މުޅި ސަރުކާރުގެ ދިރިއުޅުމުގެ ވައްޓަފާޅިއަކަށް ޚަރަދު ކުޑަކުރުން ހަދައިގެން ކަމަށެވެ.

އެމެރިކާ ސަރުކާރުން ބުނެފައިވަނީ “ޑިޕާޓްމަންޓް އޮފް ގަވަރމަންޓް އެފިޝަންސީ” އިން ކުރިއަށްއޮތް ތާނގައިވެސް ފެޑެރަލް ސަރުކާރުގެ ޚަރަދުތައް އަލުން އެކުލަވާލައި ކުޑަކުރުމަށް ކުރާ މަސައްކަތްތައް ކުރިއަށްދާނެ ކަމަށެވެ.

ސަރުކާރުގެ ވަޒީފާއިން އީލާން މަސްކް މާދަމާ ވަކިވާކަން އޭނާ އިއުލާން ކުރެއްވިއިރު، ޓްރަމްޕް އޭނާއާ ބައްދަލު ކުރައްވާފައެއްވެސް ނުވެއެވެ. ވާހަކަ ދައްކަވާފައިވެސް ނުވާ ކަމަށް ވެއެވެ.

އީލާން މަސްކް އަންގާރަ ދުވަހުވަނީ، ވެރިކަންކުރާ ރިޕަބްލިކަން ޕާޓީން ހައުސްއަށް ހުށަހަޅައި ފާސްކޮށް މިހާރު ސެނޭޓަށް ވައްދާފައިވާ ޓެކްސް އާއި ބަޖެޓް ގާނޫނުގެ ބިލުގައި ކަނޑައަޅާފައި ހުރި އަގުތަކަށް ވަރަށް ބޮޑަށް ފާޑުކިޔާފައެވެ.

މަސްކް ބުނެފައިވަނީ، އެ ބިލުގެ ސަބަބުން ދައުލަތުގެ ޑެފިސިޓް އިތުރުވެ، އޭނާ ހިންގާ އޮފީހުގެ މަސައްކަތްތަކަށް ބުރޫއަރާނެ ކަމަށެވެ.

ރިޔާސީ އިންތިޚާބު ކާމިޔާބު ކުރެއްވުމަށް ޓްރަމްޕަށް އެންމެ ބޮޑަށް އެހީތެރިވެދީ، އެންމެ ވަރުގަދައަށް ކެމްޕެއިން ކޮށްދިން އެކަކީ މަސްކެވެ.

ކިޔުންތެރިންގެ ހިޔާލު

0 ކޮމެންޓް
Inline Feedbacks
View all comments

ގުޅުންހުރި

ޓްރީ ޓޮޕް ހޮސްޕިޓަލާއި އިންޑިއަން ހައި ކޮމިޝަންގެ ފަރާތުން ލޭ ހަދިޔާކުރުމުގެ ހަރަކާތެއް ކުރިޔަށް ގެންގޮސްފި

އިންވޭސިވް މެނިންގޯކޮކަލް ޖެހުނު މީހާއާ ދިމާވި އެއްވެސް މީހެއްގެ ކިބައިން ބަލީގެ އަލާމާތެއް ނުފެނޭ: އެޗްޕީއޭ

ޑރ. މަޖީދު ބަޔަކު ވަނީ ޝަހީދުކޮށްލާފައި: ޝައިޚް އިމްރާން

Focusarea=100110000

އުތުރާއި މެދު ރާއްޖެތެރޭގެ ރަށްތަކަށް މޫސުން ގޯސްވާނެ: މެޓް

ELL Mobile Advertisement TTH_advertisement