ކުއްލި ޚަބަރު

50 މޭލަށް ވައިގަދަވާނެ ކަމަށް ލަފާކޮށް ބޮޑު ބަޔަކަށް ރީނދޫ ސަމާލު ނެރެފި

މާލެއާއި ވިލިމާލޭގެ މަގުތަކުގެ ޑިޒައިން މަރުހަލާ ފެށުމަށް ޗައިނާއާއެކު އެލްއޯއީގައި ސޮއިކޮށްފި

މީޑިއާ ކޮމިޝަނުގެ ރައީސް ކަމަށް ފަރުޝަތު އައްޔަންކުރަނީ

ޒުންނަވާރާއި މެހެނާޒް ގާނޫނީ މަސައްކަތްތައް ކުރުމުން ސަސްޕެންޑުކޮށްފި

Zunna

ގާނޫނީ ވަކީލުންގެ ސުލޫކީ ގަވާއިދާ ހިލާފުވުމާއި ގުޅިގެން ދެ ވަކީލަކާމެދު ރާއްޖޭގެ ބާ ކައުންސިލުން ފިޔަވަޅު އަޅައިފިއެވެ. މި ފިޔަވަޅު އެޅުމަށް ނިންމާފައިވަނީ ބާ ކައުންސިލްގެ އެގްޒެކެޓިވް ކޮމިޓީގެ ކުއްލި ޖަލްސާއަކުންނެވެ.

ބާ ކައުންސިލުން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވާ ގޮތުގައި، 2021 ވަނަ އަހަރު އެއްބަސްވުމެއް ނޯޓަރައިޒްރައިޒްކޮށްދިނުމުގައި ވަކީލް މެހެނާޒް ހުސައިނަށް ބާ ކައުންސިލުން ދޫކޮށްފައިވާ ޕަބްލިކް ނޯޓަރީ ސިއްކަ ބޭނުންކޮށް، ވަކީލު ޒުންނަވާރު ސަލީމް އެ ސިއްކައިގައި މެހެނާޒްގެ ސޮއިކޮށް އެއްބަސްވުން ނޮޓަރައިޒްކޮށްފައިވާކަމަށް ބަޔާންކޮށް، ދެ ވަކީލުންނަށް ރައްދުވާގޮތަށް ހުށަހަޅާފައިވާ ސުލޫކީ ޝަކުވާއަކާ ގުޅިގެން މި ފިޔަވަޅު އަޅާފައިވަނީއެވެ.

ބާ ކައުންސިލުން ބުނިގޮތުގައި، މި ދެ ވަކީލުންގެ ޢަމަލަކީ ޕަބްލިކް ނޯޓަރީގެ ޚިދުމަތުގެ ސައްޙަކަމާމެދު އާންމުންގެ މެދުގައި ސުވާލު އުފެދޭނެފަދަ ޢަމަލުތަކެކެވެ. އަދި މި ޢަމަލުތަކުގެ ސަބަބުން އާންމު މުޖުތަމަޢުގައި ގާނޫނީ ވަކީލުންނާއި ގާނޫނީ ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކާމެދު އިތުބާރު ގެއްލިދާނެކަމަށް ބާ ކައުންސިލުން ވަނީ ބަޔާންކޮށްފައެވެ.

މައްސަލަ ބެލި ޕެނަލުން ނިންމާފައިވަނީ މި އަމަލުތަކަކީ ގާނޫނީ ވަކީލެއްގެ ނަޒާނަޒާހަތްތެރިކަމާމެދު ސުވާލު އުފެދޭފަދަ އަދި ގާނޫނާ ޚިލާފު އަމަލުތަކެއް ކަމަށެވެ. މިކަމާ ގުޅިގެން ބާ ކައުންސިލްގެ އެގްޒެކެޓިވް ކޮމިޓީން ވަނީ މެހެނާޒް ހުސައިންގެ ވަކީލުކަމުގެ ހުއްދަ 12 މަސްދުވަހަށް އަދި އަލްއުސްތާޛު ޒުންނަވާރު ސަލީމްގެ ވަކީލުކަމުގެ ހުއްދަ 15 މަސްދުވަހުގެ މުއްދަތަށް ހިފެހެއްޓުމަށް ނިންމާފައެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

މިހާތަނަށް 641 ފަރާތަކުން ބާ ކައުންސިލުގެ އިމްތިޙާނު ފުރިހަމަކޮށްފި

112

ގާނޫނީ ވަކީލަކަށް ހެދިގެން އުޅުނު މީހެއްގެ މައްސަލަ ފުލުސް އޮފީހަށް ހުށަހަޅައިފި

Shameel

ބާ ކައުންސިލްގެ ނައިބު ރައީސަކަށް ޝަމީލް

Baaa

ބާ ކައުންސިލްގެ އެގްޒެކެޓިވް ކޮމިޓީއަށް އަޒްމީ އާއި ޝަފީއު

TTH_advertisement