ކުއްލި ޚަބަރު

ޓޫރިޒަމް ޓްރަސްޓް ފަންޑް ހިންގަން 7 މެންބަރުންގެ ކޮމިޓީއެއް އެކުލަވާލަނީ

ހުޅުމާލޭ ހޮސްޕިޓަލުގައި މެޑިކަލް އިންޓާންޝިޕް ޕްރޮގްރާމް ފަށަން ތައްޔާރުވެއްޖެ

މަސްތުވާތަކެތީގެ ވިޔަފާރިކުރާ ކަމުގެ ތުހުމަތުގައި ދެބެއިން ހައްޔަރުކޮށްފި

އިސްރާއީލުން ފަލަސްތީނުގެ މިނިވަން ދައުލަތް ގަބޫލުކޮށްފިނަމަ އިސްރާއީލާ ގުޅުން ގާއިމްކުރާނަން: އިންޑޮނޭޝިޔާގެ ރައީސް

އިސްރާއީލުން ފަލަސްތީނުގެ މިނިވަން ދައުލަތް ގަބޫލުކޮށްފިނަމަ، އިސްރާއީލަކީ ދައުލަތެއް ކަމަށް ގަބޫލުކޮށް އިސްރާއީލާ ޑިޕްލޮމެޓިކް ގުޅުން ގާއިމްކުރުމަށް ތައްޔާރަށް އޮތްކަމަށް އިންޑޮނޭޝިޔާގެ ރައީސް ޕްރަބޯވޯ ސުބިއާންޓޯ ވިދާޅުވެއްޖެއެވެ.

އިންޑޮނޭޝިޔާއަކީ ދުނިޔޭގެ މުސްލިމުންގެ އެންމެ ބައިބޯ ގައުމެވެ. އިންޑޮނޭޝިޔާއާއި އިސްރާއީލާ ދެމެދު މިހާރު އެއްވެސް ކަހަލަ ގުޅުމެއް ނޯވެއެވެ.

އިންޑޮނޭޝިޔާއަށް މިހާރު ވަޑައިގެން އުޅުއްވާ ފްރާންސްގެ ރައީސް އިމެނުއެލް މެކޯންއާ ޖަކާޓާގައި ބައްދަލު ކުރެއްވުމަށްފަހު ދެ ލީޑަރުން އެކުގައި ނޫސްވެރިންނާއެކު ބޭއްވި ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން އިންޑޮނޭޝިޔާގެ ރައީސް ވިދާޅުވީ، އިސްރާއީލުގެ ސަލާމަތަށް ގެރެންޓީއެއް ދޭންޖެހޭ ކަމަށާއި، އެކަން ވާނީ އިސްރާއީލުންވެސް ފަލަސްތީނުގެ ދައުލަތް ގަބޫލުކޮށްގެން ކަމަށެވެ.

މިކަމުގައި އިންޑޮނޭޝިޔާއިން އަޅާ ފިޔަވަޅުތަކަށް ފްރާންސުގެ ތާއީދު ލިބޭނޭ ކަމަށްވެސް، އިންޑޮނޭޝިޔާގެ ރައީސް ވިދާޅުވިއެވެ.

ފްރާންސްގެ ރައީސް އިމެނުއެލް މެކޯން ވިދާޅުވީ، އިސްރާއީލާއި ފަލަސްތީނުގެ މައްސަލައިގެ ހައްލުގެގޮތުގައި “ދެ ދައުލަތް” ވުޖޫދުވުން ދެކިވަޑައިގަންނަވަން ބޭނުންފުޅުވާ ކަމަށެވެ.

ހަމަ އެއާއެކު، މެދުއިރުމަތީގައި ފްރާންސުން ދެފުށްދެގޮތް ސިޔާސަތެއް ނުގެންގުޅޭ ކަމަށްވެސް މެކޯން ވިދާޅުވިއެވެ.

ފްރާންސްގެ ރައީސް މެކޯން ވިދާޅުވީ، މެދުއިރުމަތީގެ މައްސަލައަށް އޮތް ދާއިމީ ހައްލަކީ ސިޔާސީގޮތުން ގެނެވޭ ހައްލެއް ކަމަށާއި، ސަރަހައްދުގައި ސުލްހަ ގާއިމްވާނީ މައްސަލައަށް ސިޔާސީ ހައްލެއް ގެނެވިގެން ކަމަށެވެ.

ކުރިއަށްއޮތް ޖޫންމަހު ފްރާންސުން ފަލަސްތީނުގެ މިނިވަން ދައުލަތް ރަސްމީގޮތުން ގަބޫލުކުރަން ތައްޔާރުވަމުންދާ ކަމަށް ރިޕޯޓްތައް ބުނެފައި ވެއެވެ.

މިއީ، ފްރާންސާއި އިސްރާއީލާ ދެމެދު ވަރަށް ބޮޑަށް މައްސަލަ ޖެހޭނޭ ކަމެއް ކަމަށް ވެއެވެ. އަދި ޔޫރަޕްގައިވެސް ބައިބައިވުން އުފެދިގެންދާނޭ ކަމެއް ކަމަށް ވެއެވެ.

ފްރާންސުން ފަލަސްތީނުގެ މިނިވަން ދައުލަތް ގަބޫލުކުރަން އުޅޭކަމުގެ އަޑުތަކާއި، އެކަމާ ގުޅޭގޮތުން ފްރާންސްގެ ރައީސް ދާދިފަހުން ދެއްކެވި ވާހަކަތަކާ ގުޅިގެން މިހާރުވެސް އިސްރާއީލާއި ފްރާންސްގެ ގުޅުމުގައި އޮތީ ކުނިޖެހިފައެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

saeed

ވީއައިއޭގެ ދަރަނީގެ ހިއްސާދާރުންނަކީ އެމްޑީޕީ: ސައީދު

sujaa

އެސްއޯއީ ކޮމެޓީންވެސް ޝުޖާއު ވަކިކޮށްފި

local shops

އަސާސީ ކާބޯތަކެތީގެ އަގު ދެނެގަތުމަށް އިންޑެކްސްއެއް ތާރަފްކުރަނީ

އުތުރަށް ރީނދޫ ސަމާލު، ދެކުނަށް ހުދު ސަމާލު

ELL Mobile Advertisement TTH_advertisement