ކުއްލި ޚަބަރު

ނަފުސާނީ ބަލިތަކުގެ ހުރިހާ ހަރަދެއް އާސަންދައިން ހަމަޖައްސަން ރައީސް ނިންމަވައިފި

ރާއްޖޭގައި މިހާރު ގޭންގެއް ނެތް: ރައީސް

އިނާޒު ދެއްވި ޔަގީންކަން: ގަވާއިދާ ޚިލާފު އެއްވެސް ކަމެއް ޕެންޝަން އޮފީހުން ނުކުރޭ

އޭދަފުށީ ފަތާ ސަރަޙައްދު ތަރައްޤީކުރުމުގެ މަސައްކަތް އެމްޓީސީސީއާއި ހަވާލުކޮށްފި

ބ. އޭދަފުށީގައި ފަތާ ސަރަހައްދެއް ތަރައްޤީކުރުމަށް އެމްޓީސީސީއާ ހަވާލުކޮށްފިއެވެ.

މި އެއްބަސްވުމުގައި، އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރު، ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް (ރިޓަޔަރޑް) އަޙުމަދު ސަޢުދީއެވެ. އަދި އޭދަފުށި ކައުންސިލުގެ ފަރާތުން ސޮއިކުރެއްވީ ކައުންސިލުގެ ރައީސް، މުޙައްމަދު ފާތިޙްއެވެ. މި ރަސްމިއްޔާތުގައި އޭދަފުށީ ދާއިރާގެ މަޖިލިސް މެންބަރު، އަޙްމަދު ސަލީމްވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

މި މަޝްރޫޢުގެ ދަށުން ފަތާ ސަރަހައްދު ތަރައްޤީކުރުމަށް 15,914 ކިއުބިކް މީޓަރުގެ ސަރަހައްދެއް ފުންކުރުމާއި، 160 މީޓަރުގެ ސަރަހައްދެއްގައި ޖިއޯބޭގް ރިވެޓްމަންޓް ޖެހުމާއި، 60 މީޓަރުގެ ބޮޑުހިލައިގެ ބޭރުތޮށި ޖެހުމާއި، 70 މީޓަރުގެ ގްރޮއިން ޖެހުމުގެ މަސައްކަތް ކުރިއަށްދާނެއެވެ. މި މަޝްރޫޢަށް 4.63 މިލިއަން ރުފިޔާ ޚަރަދުވާނެއެވެ. މި މަޝްރޫޢުގެ މަސައްކަތް ނިންމުމަށް އެމްޓީސީސީ އާ ހަވާލުކޮށްފައިވަނީ 150 ދުވަހުގެ ތެރޭގައެވެ.

3,500 މީހުންގެ އާބާދީއެއް އޮންނަ ބ. އޭދަފުއްޓަކީ އަތޮޅުގެ ވެރިކަން ކުރާ ރަށެވެ. އެމްޓީސީސީން ވިދާޅުވީ، އޭދަފުށީގެ ރައްޔިތުން މޫދަށް އެރުމަށް ޚާއްޞަ ސަރަހައްދަކަށް ބޭނުންވެފައިވާތާ ގިނަ ދުވަސްތަކެއް ވެފައިވާއިރު، މި މަޝްރޫޢު ނިމުމުން ރަށުގެ ކުދިބޮޑު އެންމެހައި ރައްޔިތުންނަށް އިޖުތިމާޢީ ގޮތުން ގިނަގުނަ ފައިދާތަކެއް ކުރާނެކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ޓެކްސީ ލައިންގެ ހިދުމަތް ފެބްރުއަރީ މަހު ފަށަނީ

މަންދޫ ޒުވާނުންގެ ފުޓްސަލް ދަނޑު ހުޅުވައިދެއްވައިފި

ގުޅީ ބަނދަރު ތަރައްޤީކުރުމުގެ މަސައްކަތް އެމްޓީސީއާ ހަވާލުކޮށްފި

ގުޅިއަށް 10 ހެކްޓަރުގެ ބޮޑު ބިމެއްް އުފައްދައިފި، ރައްޔިތުން ތިބީ އުފަލުން

TTH_advertisement