ކުއްލި ޚަބަރު

ބިދޭސީން ވިޔަފާރިކުރާ 5 ތަނެއް ބަންދުކޮށް، 3 ބިދޭސީއަކު ހައްޔަރުކޮށްފި

މާލޭ ސިޓީ ކައުންސިލުން 98 މިލިއަން ރުފިޔާ ނުދޭތީ ވެމްކޯއަށް މާލީ ބޮޑު ގެއްލުމެއް

އިޖުތިމާއީ އެހީއަށް އެދުމަށް ޚާއްސަ ހެލްޕް ޑެސްކެއް ގާއިމްކޮށްފި

ސަމާލުވޭ، ކުރިއަށްއޮތް ފަސް ދުވަހު މޫސުން ވަރަށް ގޯސްވާނެ

Mooooooooooooooooooooooooo

ރާއްޖޭގެ ސަރަޙައްދުގައި ހުޅަނދު މޫސުމުގެ ބާރުގަދަވާނެކަމަށް ބެލެވެތީ ކުރިއަށް އޮތް 5 ދުވަހު ރާއްޖޭގެ އެކި ހިސާބުތަކަށް މޫސުން ގޯސްވާނެކަމަށް މޫސުމާ ބެހޭ ޤައުމީ އިދާރާއިން ހާމަކޮށްފިއެވެ.

މޫސުމާ ބެހޭ ޤައުމީ އިދާރާއިން ނެރުނު ނޫސްބަޔާނެއްގައި ވަނީ މާދަމާއިން ފެށިގެން މިމަހުގެ 31 އަށް އުތުރާއި މެދުރާއްޖެތެރޭގެ ބައެއް އަތޮޅުތަކަށް ވައިގަދަވެ ކަނޑުތައް ގަދަވެ އުދައަރާނެކަމަށް ލަފާކުރެވޭކަމަށެވެ. އަދި އުތުރާއި މެދުރާއްޖެތެރޭގެ ބައެއް ރަށްތަކަށް ވިއްސާރަކޮށް ގުގުރުންވެސް އެކަށީގެންވާކަމަށް އެ އިދާރާއިން ހާމަކުރިއެވެ.

އަދި ވައިގަދަވެ ކަނޑުތައްގަދަވާނެކަމަށް ބެލެވޭތީ ހުރިހާ ފަރާތްތަކުން ޚާއްސަކޮށް ކަނޑު ދަތުރުކުރާ ފަރާތްތަކުން ދަތުރަށް ފެށުމުގެ ކުރިން މޫސުމާއި ބެހޭ އެންމެ ފަހުގެ މަޢުލޫމާތު ހޯދުމަށް މޫސުމާ ބެހޭ ޤައުމީ އިދާރާއިން އިލްތިމާސްކުރެއެވެ.

ރާއްޖޭގެ ހުރިހާ ހިސާބަކަށް މިހާރު ވަނީ ހުޅަނގު މޫސުން ވެސް ފެށިފައެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

އަނެއްކާވެސް ރާއްޖޭގެ ވައި ނުސާފުވެ ޢާންމުން ސަމާލުވާން އެދިއްޖެ

ކުރިއަށް އޮތް ފަސް ދުވަހުވެސް ވައި ނުސާފުވާނެ: މެޓް އޮފީސް

މާލެ ސަރަހައްދުގައި އާދަޔާ ޚިލާފަށް ވައި ނުސާފުވެ، ރެޑް އެލާޓްގައި

moosun

އަންގާރައިން ފެށިގެން މޫސުން އަލިވާނެ

TTH_advertisement