ކުއްލި ޚަބަރު

އުތުރަށް މޫސުން ގޯސް، ބޮޑު ސަރަޙައްދަކަށް ހުދު ސަމާލު

ޙައްޖަށް މީހުން ފުރާ ދުވަސްތަކުގަ އެއަރޕޯޓް ސަރަހައްދު ބާރުބޮޑުވާނެތީ ސަމާލުވުމަށް ފުލުހުން އެދިއްޖެ

ސުޕްރީމް ކޯޓްގެ ފަނޑިޔާރު ކަމަށް 12 ބޭފުޅަކު ކުރިމަތިލައްވައިފި

ފީވަކުގައި ބީއެމްއެލް އޭޓީއެމް ޚިދުމަތް ފަށައިފި

ށ. ފީވަކުގައި ބޭންކް އޮފް މޯލްޑިވްސްގެ އޭޓީއެމް ޚިދުމަތް ފަށައިފިއެވެ.

ފީވަކުގައި އޭޓީއެމް ޚިދުމަތް ފަށްޓަވައި ދެއްވީ އެ ރަށުގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި ޢާންމު މަސައްކަތްތަކާ ބެހޭ ވަޒީރު އާދަމް ޝަރީފް ޢުމަރެވެ. މި ރަސްމިއްޔާތުގައި ބީއެމްއެލްގެ ސީއީއޯ މުހައްމަދު ޝަރީފާއި، ބޭންކުގެ އިސްވެރިން އަދި އެރަށު ކައުންސިލުގެ މެންބަރުން ބައިވެރިވެވަޑައިގެންނެވިއެވެ.

ފީވަކުގައި އޭޓީއެމް ޚިދުމަތް ފަށްޓަވައިދެއްވުމުގެގޮތުން ވަޒީރު އާދަމް ޝަރީފް ވަނީ އޭޓީއެމުން ފައިސާ ނަންގަވާފައެވެ. އޭޓީއެމް ހުޅުވައިދެއްވުމަށްފަހު ބީއެމްއެލްއިން ވަނީ ފީވަކު ކައުންސިލަށް ހަނދާނީ ފިލައެއް ދެއްވާފައެވެ.

އޭޓީއެމްގެ ޚިދުމަތް ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި ޢާންމު މަސައްކަތްތަކާ ބެހޭ ވަޒީރު އާދަމް ޝަރީފް ޢުމަރު ވިދާޅުވީ އަމިއްލަ ވަޒަނުގައި ތިބެގެން އޭޓީއެމްގެ ޚިދުމަތް ލިބޭނެ މަގު ހުރިހާ ދިވެހިންނަށް ފަހި ކުރުމަކީ ރައީސް މުޢިއްޒުގެ ޚާއްސަ އިސްނެންގެވުމެއް ކަމަށެވެ. އަދި ކުރިއަަށް އޮތް ދެތިން މަސް ދުވަހުގެ ތެރޭގައި ރާއްޖޭގެ ހުރިހާ ރަށެއްގައި އޭޓީއެމްގެ ޚިދުމަތް ޤާއިމުކުރުމަށް ބީއެމްއެލްއިން ކުރަމުންދާ މަސައްކަތްތަކަށް ވަޒީރު ޝުކުރުއަދާކުރެއްވިއެވެ.

ވަޒީރު ވިދާޅުވި މި ޒަމާނުގައި ބޭންކިންގެ އެކިއެކި ޚިދުމަތްތަޖަށް ވަރަށް ބޮޑަށް ބަރޯއްސާވެފައިވާ ކަމަށެވެ. އެހެންކަމުން މިފަދަ މުހިންމު ޚިދުމަތްތައް ރައްޔިތުންނާ ގާތުން ފޯރުކޮށްދިނުމަކީ ސަރުކާރުގެ ބޮޑު އަމާޒެއްކަމަށް ވަޒީރު ވިދާޅުވިއެވެ.

ފީވަކުގައި ޤާއިމުކޮށްފައިވަނީ 24 ގަޑިއިރު ފައިސާ ނެގުމާއި ޖަމާކުރުމުގެ ޚިދުމަތް ލިބޭ ސެލްފް ސާވިސް އޭޓީއެމެކެވެ.

ށ އަތޮޅުގެ ހުރިހާ ރަށެއްގައި އޭޓީއެމް ޚިދުމަތް ފެށުމުގެ ގޮތުން މި ބުރުގައި 10 ރަށެއްގައި ޚިދުމަތް ފެށުމަށް ހަމަޖެހިފައިވާއިރު، އިއްޔެ ވަނީ އޭގެ ތެރެއިން 5 ރަށެއްގައި ޚިދުމަތް ޤާއިމުކޮށްފައެވެ. މި ބުރު ނިމޭއިރު، މި އަތޮޅުގެ ހުރިހާ ރަށެއްގައި އޭޓީއެމްގެ ޚިދުމަތް ޤާއިމުކުރެވޭނެއެވެ.

ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އޭޓީއެމް ޚިދުމަތް ދިނުމަށް ބޭންކް އޮފް މޯލްޑިވްސް އަދި ސަރުކާރު ގުޅިގެން ކުރިއަށް ގެންދާ މަޝްރޫޢުގެ ތެރެއިން މިހާތަނަށް ހއ. އަތޮޅާއި ދ. އަތޮޅާއި ނ. އަތޮޅާއި މ. އަތޮޅުގެ އިތުރުން ކ. އަތޮޅުގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އޭޓީއެމް ޚިދުމަތް ދޭން ވަނީ ފަށާފައެވެ.

ބޭންކް އޮފް މޯލްޑިވްސްގެ އަމާޒަކީ މިއަހަރުގެ ތެރޭގައި 100 އަށް ވުރެ ގިނަ ރަށްރަށުގައި ބެހެއްޓުމެވެ.

ކިޔުންތެރިންގެ ހިޔާލު

0 ކޮމެންޓް
Inline Feedbacks
View all comments

ގުޅުންހުރި

Immiiiiiiiiii2i22w

އިމިގްރޭޝަންގެ ވަޒީފާއަށް 800 އަށްވުރެ ގިނަ މީހުން ކުރިމަތިލައިފި

Kkkkkkkkkkdffffffff

ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒުގައި ގައިދީންގެ ހުނަރު ދައްކާލައިފި

Bbbbbbbbbbbbbbbbbbbbbbbbbbbbbbbbb

އިމިގްރޭޝަންގެ އޮފިސަރުން ބޮޑީ ކެމެރާ ބޭނުންކުރަން ފަށައިފި

Yumn

ފުލުހުންގެ ވާހަކަތައް ޔުމްނުގެ އާއިލާ އިން ދޮގުކޮށްފި

TTH_Advertisement ELL Mobile Advertisement